މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ފޯވާޑްގެ ހެޓްރިކުން ޔޫތު ފްރެންޑްސް ބަލިކޮށް ޑޮމިނޭޓާސް އިން އިތުބާރު ހޯދައިފި

ފޯވާޑްގެ ހެޓްރިކުން ޔޫތު ފްރެންޑްސް ބަލިކޮށް ޑޮމިނޭޓާސް އިން އިތުބާރު ހޯދައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުން މެޗު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް އިން ކާމިޔާބު ކޮށްފިއެވެ. މިއަދު ގްރޫޕް އޭގައި ޔޫތު ފްރެންޑްސްއާއި ޑޮމިނޭޓާސް ބައްދަލު ކުރި މެޗުގައި ޖުމްލަ ދިހަ ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގައި ޑޮމިނޭޓާސް އިން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޔޫތު ފްރެންޑްސްގެ މައްޗަށް ކުރި ހޯދީ 6-4 ގެ […]

އިބްރާހިމް ޚަލީލް
ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖް މި މަހު 25 ގައި ފަށަނީ

ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖް މި މަހު 25 ގައި ފަށަނީ

ށ.ފީވަކުގެ ކުންފުންޏެއް ކަމަށްވާ “ބަލްމާ މޯލްޑިވްސް” އިން އިންތިޒާމްކޮށްގެން ބާއްވާ “ބަލްމާ ފުޓްސަލް ޗެލެންޖް 23/24” މި ޑިސެމްބަރު މަހުގެ 25 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ، ހަކުރު އެފްސީ، ތިންބަތެރެ އެފްސީ، ފަޔަރ ބާޑްސްގެ އިތުރުން ހޮޓް ޝޮޓެވެ. ފީވަކު ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ މި […]

އިބްރާހިމް ޚަލީލް
ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން: އާބަންކޯ

ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން: އާބަންކޯ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އާބަންކޯ އިން ބުނެފިއެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު “ރަސްމާލެ” ބިންހިއްކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފައްޓަވައިދެއްވައިފައެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން ދޭން ނިންމާފައިވާ […]

މުޙައްމަދު
ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް 📍 ހދ. ކުޅުދުއްފުށި

ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް

ކުޅުދުއްފުށީ ސިޓީގައި އުޅޭ ބިދޭންތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވައިލައިފިއެވެ. ކުޅުދުއްފުށިން ފުރަތަމަ ފައިލޭރިއާ ކޭސްތަކެއް ފެނުނީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ތެެރެއިން 17 ބިދޭސީއަކު ޕޮޒިޓިވްކަން އެނގުނެވެ. އެހެންވެ އިތުރަށް ސްކްރީނިން ފުޅާކޮށް އިއްޔެގެ ނިޔަލަށް 200 އަށްވުރެ ގިނަ ބިދޭސީން ސ...

ޔުމްނާ ޢަލީ
އަހުލީ ބަލިކޮށް ޔުނީފޯމުން މުބާރާތް ފެށީ މޮޅަކުން 📍 ހދ. ހަނިމާދޫ

އަހުލީ ބަލިކޮށް ޔުނީފޯމުން މުބާރާތް ފެށީ މޮޅަކުން

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ހަވީރު ކުޅުނު މެޗު ޔުނީފޯމުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޔުނީފޯމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ޔުނީފޯމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަހުލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫތު ފްރެންޑްސް މައްޗަށް ކުރި ހޯދިނަމަވެސް ދެވަނަ މެޗުން މިވަނީ ބަލިވެފައެވެ. އިއްޔެގެ […]

އިބްރާހިމް ޚަލީލް
ޝިފާޢު އާއި ދެކޮޅަށް އިހަވަންދޫ ކައުންސިލްގެ ބަޔާނެއް 📍 ހއ. އިހަވަންދޫ

ޝިފާޢު އާއި ދެކޮޅަށް އިހަވަންދޫ ކައުންސިލްގެ ބަޔާނެއް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު  މުޙައްމަދު ޝިފާޢު ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވިންދާ ޝުޢޫރާއި ދެކޮޅަށްކަމަށް ބުނެ، އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލްގެ ހަ މެންބަރަކު ސޮއިކުރައްވާފައިވާ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޤާނޫނުއަސާސީގައި އޮންނަ އިޖުރާޢަތްތަކުގެ ބޭރުން ޢަމަލު ކުރައްވަމުންނެވެ. އެއީ ފިނ...

ޔުމްނާ ޢަލީ
ގުޅިފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރުން 50 ހެކްޓަރު ހިއްކަނީ

ގުޅިފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރުން 50 ހެކްޓަރު ހިއްކަނީ

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކ. ގުޅީފަޅުން އިތުރު 85 ހެކްޓަރާއި ގިރާވަރުފަޅުން 50 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. “ރަސްމާލެ” ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގެދޮރުވެރިކަމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގ...

މުޙައްމަދު
ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ބަޔަކާއި ހަވާލު ކޮށްފިއެވެ. އެ ކައުންސިލުން މި މަސައްކަތް ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ 1,888,380 (އެއް މިލިއަން އަށް ލައްކަ އައްޑިހަ އައްހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާއަށް، 129 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ކުރިން އެ ރަށުގައި މާރުކޭޓް ހިންގި އިމާރާތުގެ ބައެއްގައެވެ. […]

އިބްރާހިމް ޚަލީލް
ސްކޫލުތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ސްކޫލުތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ރާއްޖޭގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިޔުމެއްގައިވާ ގޮތުން އަންނަ މާޗު މަހުގެ އެކަކުން ފެށިގެން ސްކޫލުތަކުގައި ބުރުގާ އެޅުން މަޖޫބުރު ކުރަން އަންގާ ކަރުދާހެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައްޔާރުކޮށްފައެވެ. އޭގައިވާ ގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވީ ހިނދު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދީނުގައ...

މުޙައްމަދު
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ރަސްމާލެ" ރައީސް އިފްތިތާހުކޮށް ދެއްވައިފި

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ރަސްމާލެ" ރައީސް އިފްތިތާހުކޮށް ދެއްވައިފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ. “ރަސްމާލެ” ބިންހިއްކުމުގެ މި މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށިދިއްގަރު ފަޅުގައެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން […...

މުޙައްމަދު
އުލިގަމުގެ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް އަންނަ މަހު ދެވަނަ ދުވަހު

އުލިގަމުގެ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް އަންނަ މަހު ދެވަނަ ދުވަހު

ތިިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް ތައްޔާރީތައް ފަށައިފިއެވެ. މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މާދަމާ ރޭ ފައިލޭރިއާ އާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މާދަމާ ރޭ ފައިލޭރިއާ އާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް

ކުޅުދުއްފުށީ ސިޓީގައި މާދަމާ ރޭ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ބުނީ، ފައިލޭރިއާ ބައްޔާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އަންގާރަ ދުވަހު (19 ޑިސެމްބަރު)ގެ ރޭ އޮންނާނެ ކަމަށެވެ. އަދި އެ ސެޝަނަށް އެރަށުގެ ރައްޔިތުންނަށް އެ ހޮސްޕިޓަލުން ވަނީ ދައުވަތުދީފައެވެ. މި ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާރޭ 20:30ގައި ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އިތުރު 2 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އިތުރު 2 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން އަންނަނީ ކުރަމުންނެވެ. ކޭއާރުއެޗުގެ މީޑިއާ އޮ...

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ އޮޑިޝަން ނިންމައި މުބާރާތަށް ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން ފޯމް ހުށަހެޅި ފަރާތްތަކުގެ މެދުގައި އޮޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ހަފްތާ ބަންދުގައެވެ. މުބާރާތަށް ހޮވޭ ބައިވެރިންނަށް ޓިކެޓް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ހއ.އަތޮޅު ކައުންސިލް ހޯލުގައި ބާއްވާފައިވާއިރު، އެ ރަސްމިއަޔާތ...

އިބްރާހިމް ޚަލީލް
ޑެޒަޔަރ ކްރޫ އަތުން ރޫހަށް ފަސޭހަ މޮޅެއް

ޑެޒަޔަރ ކްރޫ އަތުން ރޫހަށް ފަސޭހަ މޮޅެއް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް އަތުން ރޫހް ޓީމުން ފަސޭހަ މޮޅެއް ހޯދައި ފެށުން ރަނގަޅު ކޮށްފިއެވެ. މި މެޗު ރޫހް ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޫހުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. […]

އިބްރާހިމް ޚަލީލް