މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ބޮޑުތިލަދުންމަތިން

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ބޮޑުތިލަދުންމަތިން

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖް 2024” ގައި ބޮޑު ތިލަދުންމަތިން 29 ޓީމް ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 29 ރަށަކުން ވަނީ ބައިވެރިވެފައެވެ. ހއ އަތޮޅުން 12 ރަށަކުން މި މުބާރާތުގައި ވާދަކުރެއެވެ. އެ ރަށްތަކަކީ ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، އުތީމް، ވަށަފަރު، މާރަންދޫ، މުރައިދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫގެ އިތުރުން ތުރާކުނެވެ. […]

އިބްރާހިމް ޚަލީލް
ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި

ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއ...

އިބްރާހިމް ޚަލީލް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވާތީ މެންބަރު ޔާސިރު ސުވާލުއުފައްދަވައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވާތީ މެންބަރު ޔާސިރު ސުވާލުއުފައްދަވައިފި

އާ ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރައްވައި، އެކަމާމެދު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ސުވާލުއުފައްދަވައިފިއެވެ. ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މި ސަރުކާރުން އިންޑިއާއެކުވި އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައް...

ޔުމްނާ ޢަލީ
ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ އަންހެން ބަޔާއި ފިރިހެންބައި ހިމެނޭހެންނެވެ. ކޮންމެ އޮފީހަކުން އަންހެން އަދި ފިރިހެން ޓީމް ބައިވެރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ […]

އިބްރާހިމް ޚަލީލް
އަހުލީއާއި ޔޫތު ފްރެންޑްސް މެޗުން، އެޗްޒެޑްޖޭގެ "30 ޗެމްޕިއަންޝިޕް" ފެށުން މިމަހު 15 ގައި 📍 ހދ. ހަނިމާދޫ

އަހުލީއާއި ޔޫތު ފްރެންޑްސް މެޗުން، އެޗްޒެޑްޖޭގެ "30 ޗެމްޕިއަންޝިޕް" ފެށުން މިމަހު 15 ގައި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މުބާރާތުގެ ގުތުއަތުލުން ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ވާދަކުރާނީ އަހުލީއާއި ޔޫތު ފްރެންޑްސްއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ބައިވެރިވި ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށްފަހު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް […...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ބާއްވާ ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބާއްވާ ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ” ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ދެ ޓީމަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 […]

އިބްރާހިމް ޚަލީލް
ކުމުންދޫ ޔޫތު ސްޕޯޓްސް އިން އެ ރަށު ބަނދަރު ސަރަހައްދުގައި ޖޯލިއެލުވައި ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސް އިން އެ ރަށު ބަނދަރު ސަރަހައްދުގައި ޖޯލިއެލުވައި ނިންމާލައިފި

ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އެ ރަށު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ބަނދަރު ސަރަހައްދުގައި ޖޯލި އެލުވައި ނިންމާލައިފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން ކޭވައިއެސްގެ ފަރާތުން މައުލޫމާތު ދެމުން އެ ކުލަބުގެ ރައީސް ޖައިލަމް ސާހް ބުނީ އެ ރަށު ބަނދަރު ސަރަހައްދަކީ ހަވީރު ވަގުތުގައި ރަށު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ނުކުންނަ ސަރަހައްދެއް ކަމަށެވެ. މިގޮތުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ޑިމާންޑް މިހާރު އެ ޖޯލިތަކަށް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ

ހދ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް އެ ކައުންސިލާއި ހދ.ނޮޅިވަރަމް، ގުލްހަޒާރުގެ އައިމިނަތު ހުސެއިންއާއި އެކު މިއަދު ވަނީ އެގްރިމެންޓްގައި ސޮއި ކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިދިޔަ އޮކްޓޯބަރ މަހު މި ކްލާހަށް ބައިވެރިން ހޯދަން އިއުލާން ކުރިއިރު، އެ ފުރުޞަތުގެ ދަށުން 91 ދަރިވަރުން ވަނީ ކްލާހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި، ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުންނެވި މަރިޔަމް ހަބީބު (މަރީ) ހަމަޖައްސައިފިއެވެ. މަރީ އަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ނޮޅިވަރަމް ސިއްހީ މަރުކަޒަށް ޢައްޔަނުކުރައްވާފައި ހުންނެވި ސިޔާސީ ވެރިޔާއެވެ. ކުރީ ސަރުކާރުގައި މަރީ ހުންނެވީ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސްގެ މަގާމުގައެވެ. ރައީސް ޞާލިޙްގެ ސަރުކާރު ނިމުމާއެކު މަރީ ޢައްޔަނުކޮށްފައިވާ މަޤާމުވެސް ނިމުމަކަށް އައިސްފައިވަނިކޮށް، މަރީ އަލުން ނޮޅިވަރަމް ސިއްހީ މަ...

ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެ ރަށުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައި އަދި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމެވެ. މި މަސްރޭހުގައި 18 އަހަރުން މަތީގެ ދެ ޖިންސްގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރ...

އިބްރާހިމް ޚަލީލް
މަޖިލީހަށް ވާދައެއް ނުކުރާނަން، ތާއީދު ކުރަނީ ޕީއެންސީ ކެންޑިޑޭޓަށް: ވައްޑޭ 📍 ހދ. ހަނިމާދޫ

މަޖިލީހަށް ވާދައެއް ނުކުރާނަން، ތާއީދު ކުރަނީ ޕީއެންސީ ކެންޑިޑޭޓަށް: ވައްޑޭ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، މަޖިލީހުގެ އިންތިޚާބުގައި ތާއީދު ކުރާނީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓަށް ކަމަށް ހދ. ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދު (ވައްޑޭ) މިއަދު ވިދާޅުވެއްޖެއެވެ. ވިދިވިދިގެން ހަތަރު ވަނަ ދައުރު ހިރިމަރަދޫ ރައީސްކަން ކުރައްވަމުންގެންދަވާ ވައްޑޭ މިހެން ވިދާޅުވީ، އޭނާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓްގައި ހ...

ޔުމްނާ ޢަލީ
ވާދަވެރި ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ކަނޑިތީމުން ކާމިޔާބުކޮށްފި 📍 ށ. ކަނޑިތީމު

ވާދަވެރި ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ކަނޑިތީމުން ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ގެ ޗެމްޕިއަންކަން ކަނޑިތީމުން ކާމިޔާބު ކޮށްފިއެވެ. ގޮއިދޫގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ގޮއިދޫއެވެ. އަތޮޅުގެ ހުރިހާ ރަށަކުންހެން ފައިނަލް މެޗުބަލަން ގޮއިދޫއަށް އެތައްބަޔަކު ޖަމާވިއިރު، ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކަނޑިތީން އުފުއްލައިލިއެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑ...

އިބްރާހިމް ޚަލީލް
ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްގެ ނަފާ މިހާރުން މިހާރަށް ހޯދުމަށް، މޭޔަރު އާތިފްގެ ތަފާތު ހިޔާލެއް 📍 ހދ. ކުޅުދުއްފުށި

ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްގެ ނަފާ މިހާރުން މިހާރަށް ހޯދުމަށް، މޭޔަރު އާތިފްގެ ތަފާތު ހިޔާލެއް

ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑުތިލަދުންމައްޗަށް އެކަށީގެންވާ ނަފާ ހޯދުމަށް މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލެއް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ހިއްސާ ކުރައްވައިފިއެވެ. އާތިފް ވިދާޅުވީ ރާއްޖެއަށް އަންނަ ސުޕަރޔޮޓްތަކަށް ދޫކުރާ ހުއްދައިގެ ތެރެއިން ވަކި އަދަދެއްގެ ކޯޓާ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހާއްސަކޮށްގެން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށާއި، މިއީ ވަގުތުން ވަގުތައް ވެސް ގެނެވިދާނެ ބަދަލެއް ކަމަށެވެ. މިވަގުތުވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ބޭރުގެ ސުޕަރ...

އިބްރާހިމް ޚަލީލް
ވައިކަރަދޫ ދާއިރާއަށް ޘަޤީފް ވާދަކުރަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ދާއިރާއަށް ޘަޤީފް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް، މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފް ވާދަކުރަން ނިންމާ އެކަން އިޢުލާން ކުރައްވައިފިއެވެ. 2024 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީ (އޭޕީ) ގެ ފަރާތުން ވާދަކުރައްވާނެ ކަން ޘަޤީފް ހާމަކުރައްވާފައި ވަނީ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ޘަޤީފް ކުރެއްވި އެޕޯސްޓުގައި ވިދާޅުވެފައިވަނީ، މާތް ﷲ ގެ ވާގިފުޅާއި […]

ތިލަދުން
ނޮޅިވަރަމުން ގޯއްޗަށް އެދުނު މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ގޯއްޗަށް އެދުނު މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ހދ. ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލުމަށް އެރަށު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ނޮޅިވަރަމުން މި ފަހަރު ދޫކުރަން ނިންމާފައި ވަނީ ދިރިއުޅުމަށް 2000 އަކަފޫޓުގެ 160 ބަންޑާރަ ގޯއްޗެވެ. މި ގޯތިތަކަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް ޝަކުވާ […]

ޔުމްނާ ޢަލީ