މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު

ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023ގެ ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓު ހޮވިއްޖެއެވެ. 82 ކޮޓަރި/ވިލާ ހުންނަ ފަސް ތަރީގެ މަނަފަރަށް ވަނީ 2021 ވަނަ އަހަރު ވެސް އެ މަގާމު ލިބިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ހަފްލާ ބާއްވާފައި ވަނީ ރޭ އެކުވެރި އިމާރާތުގެ ދުބާދީގެ “ބްރުޖް އަލް އެރެބް” ހޮޓެލް ގައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ވޯލްޑް ލީޑިން ހަނީމޫން […]

ޔުމްނާ ޢަލީ
އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި 📍 ހއ. އިހަވަންދޫ

އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023، ގެ ޗެމްޕިއަންކަން ޖަންގަލް އިން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އެންވީކޭއާއި ޖަންގަލް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި […]

އިބްރާހިމް ޚަލީލް
ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި 📍 ހދ. ކުޅުދުއްފުށި

ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި

ހިމަބިހި (މީސްލްސް) ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ލޯންޗްކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނިގޮތުގައި މިއީ ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ހިމަބިޖި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެކެވެ. މިކަމަށް ކުޅުދުއްފުށީ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް ވަޒީރު، އަޙްމަދު ޤާސިމްއެވެ. ދިވެހިރާއްޖޭގައި އެމްއާރު ވ...

ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް" ގައި ބައިވެރިވީ ނުވަ ޓީމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް" ގައި ބައިވެރިވީ ނުވަ ޓީމް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގަ ނުވަ ޓީމަކުން ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހަނިމާދޫ ދާއިރާގައި ހިމެނޭ ތިން ރަށަށަކަށް އެ ޖަމިއްޔާއިން ދައުވަތު ފޮނުވިއެވެ. މިގޮތުން ދެ ރަށަކުން މުބާރާތުގައި ޓީމް ބައިވެރި ކޮށްފައި ވެއެވެ. އެއީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ފިނޭ ޑެޒައާ ކްރޫ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގައި ހަނިމާދޫއިން ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފި

ށ. ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފިއެވެ. ނޫމަރާގެ ހުކުރު މިސްކިތް، މަސްޖިދުއް ނަޞްރުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކުރުމުން އެ މަސައްކަތް ކޮށްފައި ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޑެޑުންނެވެ. މި މަސައްކަތަކީ ނޫމަރާ ކައުންސިލުގެ އާމްދަނީން ކޮށްފައިވާ މަސައްކަތެއްކަމަށް އެ ކައުންސިލުން ބުނެއެވެ. ނޫމަރާ ކައުންސިލުން ވަނީ އެރަށު ހުކުރު މިސްކިތުގައި ފާޚާނާ ބަރިއެއް ޢިމާރާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 14 ނޮވެމްބަރު 2023 ގައި މި މަސައްކަތ...

ޔުމްނާ ޢަލީ
މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފި

މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފި

ހއ. މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް އެރަށު ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފިއެވެ. މުރައިދޫ ކައުންސިލުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި “އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުން” ހިމަނާފައިވާއިރު، މިކަމަކީ އެ މަގްސަދު ހާސިލްކުރުމަށް މުރައިދޫ ކައުންސިލުން ފެށި މަސައްކަތެކެވެ. މުރައިދޫ ކައުންސިލުން ބުނިގޮތުގައި އެކައުންސިލްގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައިވާ އަންހެނުން ބާރުވެރިކުރުމުގެ ލަނޑުދަނޑު ހާސިލު ކުރުމަށް އެ ރަށުގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަސް އަންހެން ދަނޑ...

ޔުމްނާ ޢަލީ
މާލޭގައި ނުރައްކާތެރި އެކްސިޑެންޓްއެއް، 2 މީހަކު ވެންޓިލޭޓަރުގައި

މާލޭގައި ނުރައްކާތެރި އެކްސިޑެންޓްއެއް، 2 މީހަކު ވެންޓިލޭޓަރުގައި

މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފައިވަނީ އަންހެނަކާއި ދެ ފިރިހެނުންނަށެވެ. އަނިޔާވި ތިން މީހުންނަށްވެސް ފަރުވާދެމުން އަންނަނީ އަައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އަނިޔާގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނީ ހދ. ކުރިނބީ، ދިލްބަހާރުގެ އަލީ ޢުވައިޝް އަށެވެ. އަނެއް ދެމީހުންގެ ވަނަވަރު ސާފެއް ނުވެެެވެ. Look at this post on Facebook https://www.facebook.com/100000105505450/po...

އަލީ އާދިލް
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކ...

އިބްރާހިމް ޚަލީލް
މޮޅަދޫ ކައުންސިލް ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ކައުންސިލް ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މޮޅަދޫ ކައުންސިލުން ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ، އެ ކައުންސިލުގެ ރަސްމީ އެކިއެކި ލިޔެކިޔުންތަކާއި ތަކެތީގެ އިތުރުން ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ބޭނުންކުރެވޭނެ ފަދަ އެ ރަށާއި ގުޅޭނެ ލޯގޯއެއް އޮތުމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކައުންސިލުން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ، ލޯގޯ ހުށަހަޅާ ފަރާތައް 3000.00 (ތިންހާސް) ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. ލޯގޯ ފަރުމާކުރަނ...

އިބްރާހިމް ޚަލީލް
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަލީ އަޙްސަން 📍 ހދ. ވައިކަރަދޫ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަލީ އަޙްސަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފި އެވެ. އަޙްސަން އަކީ، ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް އެވެ. އަދި އައިއޯސީސީ ނައިބު ރައީސްކަން ވެސް އެއިގެ ކުރިންކުރެއްވި އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސް ތަކެއް ހޭދަކުރެއްވި އަޙްސަން ވަނީ މޯލްޑިވްސް މީޑިޔ...

އަލީ އާދިލް
އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހޯދަނީ

އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި އަލަށް ހަދާފައިވާ މަގުތަކާއި، މިހާތަނަށް ރަސްމީކޮށް ނަމެއް ދެވިފައި ނުވާ ބައެއް މަގުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަލަށް ނަން ކިޔަން ބޭނުންވާ މަގުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ފެންސް މަގު، ގެސްޓް ހައުސް މަގު، ފުޓްބޯޅަ ދަނޑުގެ އުތުރުން ފެނަކައާއި ދެމެދު އޮންނަ މަގު، ފުޓްބޯޅަ ދަނޑުގެ […]

އިބްރާހިމް ޚަލީލް
މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި 📍 ހދ. ކުޅުދުއްފުށި

މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ. އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ. ވަރިވާން ކޯޓަށް ދިޔަ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގެ ޗެމްޕިއަންކަން ފައިވް އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި މަހު 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ފައިވް އާއި ކޭވައިއާރުސީ އެވެ. މި މެޗު 30 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބުކުރީ ފައިވް އެވެ. ފައިނަލް މެޗުގެ […]

އިބްރާހިމް ޚަލީލް
ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ 📍 ހއ. ބާރަށް

ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސިޓީ ހޮޓާ ހެދުމަށް 71832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ބައްތިރީސް) ސްކެއާ މީޓަރ ބިމެއް ދޫކުރަން ނިންމައި އެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ބިމުގައި ސިޓީ ހޮޓާ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހު (މާދަމާ) 11:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާއިރު، މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް ބީލަށް ހުށަހެޅުމުގ...

އިބްރާހިމް ޚަލީލް
ބާވީސް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ހޯރަފުށީ ކައުންސިލް ކަޕް ކާމިޔާބުކޮށްފި 📍 ހއ. ހޯރަފުށި

ބާވީސް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ހޯރަފުށީ ކައުންސިލް ކަޕް ކާމިޔާބުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި “އެޗްއާރުއެފް ސީސީ ކަޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބާވީސް ސްޕޯޓްސް ކްލަބް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުންއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 0-0 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ދަންމަރުން ކުރިހޯދީ 3-1 ގެ […]

އިބްރާހިމް ޚަލީލް