ހއ.ދިއްދޫ ޒުރިޔާނުގެ، ޔޫލީ މުހައްމަދު ލަތީފްއަކީ އެ އާއިލާގެ ހަތަރުވަނަ ކުއްޖާއެވެ. އާއިލާގައި ތިބި ބޭބެމެންނާއި ދައްތަމެން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާތަން ފެނުމާއި، މަންމައާއި ބައްޕަ އެ އިލްމު އޭނާއަށް އުނގައްނައި ދިނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން އޭނާ ހިތުގައި ޤުރުއާން އުނގެނި ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ޔޫލީއަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމަށް ހިތުގައި އޮންނަ ޝައުގުވެރިކަމުގެ ސަބަބުން މި މުބާރާތުގައި ވާދަކުރަން ނިންމި ޔޫލީ ދެކޭގޮތުގައި މި މުބާރާތަކީ މި އިލްމުގައި އޭނާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ މުބާރާތެކެވެ.

Ad
rt

ޕްރީސްކޫލް އުމުރުފުރާތަކުން ފެށިގެން މިހާހިސާބަށް ބައިވެރިވި މުބާރާތްތަކުން ޔޫލީ ވަނީ ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 1437 ވަނަ އަހަރު ކައުންސިލް ޤުރުއާން މުބާރާތުން 2 ވަނަ
  • 1437 ވަނަ އަހަރު ސްކޫލް ޤުރުއާން މުބާރާތުން 2 ވަނަ
  • 1438 ވަނަ އަހަރު ކައުންސިލް ޤުރުއާން މުބާރާތުން 2 ވަނަ
  • 1438 ވަނަ އަހަރު ސްކޫލް ޤުރުއާން މުބާރާތުން 2 ވަނަ
  • 2019 ވަނަ އަހަރު ސްކޫލް މުބާރާތުން 2 ވަނަ ލިބުން
  • 2021 ވަނަ އަހަރު ދިއްދޫ އަލިގަދަތަރި މުބާރާތަށް ހޮވުން
  • 2022 ވަނަ އަހަރު ހއ.އަތޮޅު ޤުރުއާން މުބާރާތުން 2 ވަނަ

ޤުރުއާން އިލްމު އުނގެނުމުގައި މިހާރު ހޯދިފައިވާ ކުރިއެރުންތަކަށް އޭނާ ﷲ އަށް ހަމްދުކުރެއެވެ. އަދި މިކަމުގައި މަންމައާއި ބައްޕަގެ އިތުރުން އާއިލާ މެމްބަރުން ފަރާތުން ލިބެމުން އަންނަ އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.

ލިބޭ ހުސް ވަގުތުތަކުގައި ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރާ ޔޫލީ މި މުބާރާތާއި ކުރިމަތިލަނީ ދެވުނު އެންމެ މައްޗަކަށް ދިއުމަށް އަޒުމް ކޮށްގެންނެވެ.