ވަރަށް ހަގު އުމުރުގައި ޤުރުއާން އުނގެނެން ފެށި ހއ.ދިއްދޫ ޝެހެނާއީ، ޢަބްދުالله ޒައިން ބިން މުޙައްމަދަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

ގިނަ ޤުރުއާން މުބާރާތްތަކެއްގައި މިހާތަނަށް ވާދަކޮށްފައިވާ ޒައިން މި މުބާރާތުގައި ބައިވެރިވާން ހިތުގައި ބޮޑު ޝައުގެއް އުފެދުނީ މި މުބާރާތަކީ އާންމުކޮށް ބޭއްވޭ މުބާރާތްތަކާއި ތަފާތު މުބާރާތަކަށްވެފައި، މި މުބާރާތުން ޤުރުއާނުގެ އިލްމު އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިގެންދާތީއެވެ.

Ad
rt

ފާއިތުވި މުއްދަތުގައި ޒައިން ވަނީ ބައިވެރިވި މުބާރާތްތަކުން ފާހަގަކޮށްލެވޭފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޒައިން ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • ޗޭނު ޖަމިއްޔާގެ 4 ވަނަ ޤުރުއާން މުބާރާތް 5 އަހަރުން ދަށް ބަލައިގެން 3 ވަނަ (2016)
  • ހއ.އަތޮޅު ތައުލީމީ މަރުކަޒު ޤުރުއާން މުބާރާތް 6 އަހަރުން ދަށް ބަލައިގެން 1 ވަނަ (2017)
  • ދިއްދޫ ކައުންސިލް 6 އަހަރުން ދަށް ބަލައިގެން 1 ވަނަ (2017)
  • ޗޭނު 6 ވަނަ ޤުރުއާން މުބާރާތް 7 އަހަރުން ދަށް ބަލައިގެން 1 ވަނަ (2019)
  • ޗޭނު 7 ވަނަ ޤުރުއާން މުބާރާތް 8 އަހަރުން ދަށް ނުބަލައި 3 ވަނަ (2020)
  • ޗޭނު 8 ވަނަ ޤުރުއާން މުބާރާތް 9 އަހަރުން ދަށް ބަލައިގެން 1 ވަނަ (2021)
  • ޗޭނު 9 ވަނަ ޤުރުއާން މުބާރާތް 10 އަހަރުން ދަށް ނުބަލައި 1ވަނަ (2022)
  • ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތް 11 އަހަރުން ދަށް ނުބަލައި 3 ވަނަ (2022)
  • ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 2 ވަނަ (2022)
  • އިދްރީސީ އިންޓަރނޭޝަނަލް ސްކޫލު މުބާރާތް [މެލޭޝިއާ] ނުބަލާ ކިޔެވުމުގެ ބައިން 12 އަހަރުން ދަށުގެ އުމުރު ފުރާއިން 3 ވަނަ (2022)
  • ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތް 13 އަހަރުން ދަށް 2 ވަނަ (2023)
  • ހއ.އަތޮޅު ތައުލީމީ މަރުކަޒު ކީސްޓޭޖް 2 އަކުން ނުބަލައި 3 ވަނަ (2023)
  • ހއ.އަތޮޅު ތައުލީމީ މަރުކަޒު ކީސްޓޭޖް 2 އަކުން މުޅި މުބާރާތުން 3 ވަނަ
  • ދިއްދޫ އެންމެ އަލިގަދަ ތަރި 5 ވަނަ (2023)

ކުރެހުމަށް ލޯބިކުރާ ޒައިންއަކީ ލިބޭ ހުސްވަގުތުގައި ފޮތްކިޔުމުގެ އިތުރުން އެކުވެރިންނާއިއެކު ވަގުތު ހޭދަކުރާ ކުއްޖެކެވެ. ޒައިން ކޮންމެ މުބާރާތެއްގައި ވެސް ވާދަކުރަނީ ހޯދުނު އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައި އެ އަޒުމުގައެވެ. ޒައިން މި މުބާރާތުން ވެސް ބޭނުންވަނީ ހިތްވަރާއިއެކު ގަދައަޅާ މަސައްކަތްކޮށް ހޯދުނު އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދުމެވެ. ޤުރުއާނުގެ އިލްމު އުނގެނުމުގައި މައިންބަފައިންނާއި އާއިލާގެ ފަރާތުންނާއި މުދައްރިސުންނާއި އެކުވެރިންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.