ހއ.ދިއްދޫ ޗޭނު ޖަމިއްޔާގެ ފާރާތުން އެ ރަށުގައި ހިންގަމުން އަންނަ ޤުރުއާން ކުލާހުގައި ކިޔަވަން ފެށި ހިސާބުން ޤުރުއާން އުނގެނި ދަސްކުރުމަށް ހިތުގައި ބޮޑު ޝައުގެއް އުފެދުނު އެ ރަށު އޭޝިއާ، ނިލާމާ ރަޝީދަކީ ދަރިންނަށް ވެސް ޤުރުއާން ކިޔަވައި ދިނުމަށް ގިނަ ވަގުތު ހޭދަކުރަމުން އަންނަ ފަރާތެކެވެ.

ނިލާމާ މި މުބާރާތުގައި ބައިވެރިވި އެންމެ ބޮޑު މަގުސަދަކީ ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމެވެ. ފާއިތުވި ތަނުގައި އޭނާ ވަނީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދާފައެވެ. މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އެންމެ ފުރަތަމަ ބޭއްވި ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ވެސް އޭނާ ވަނީ ވާދަކޮށްފައެވެ.

Ad
rt

ލިބޭ ހުސް ވަގުތުތަކުގައި ކުދިންނަށް ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ނިލާމާ، މި މުބާރާތުގައި ބައިވެރިވީ ދެވުނު އެންމެ މައްޗަކަށް ދިޔުމަށް އަޒުމް ކޮށްގެންނެވެ.

ޤުރުއާން އުނގެނުމަށް ޝައުގުވެރިވެ އެ މަސައްކަތުގައި ކުރިއަށްދެވޭތީ އެކަމަށް ﷲ ގެ ހަޒްރަތަށް ޝުކުރުވެރިވާ ހާލު، އޭނާއަށް މިކަމުގައި އެހީތެރިވެ ދެއްވި އެންމެހާ ފާރާތްތަކަށް ޝުކުރު އަދާކުރެއެވެ.

ނިލާމާ ދެކޭގޮތުގައި ޤުރުއާން އުނގެނި ދަސްކޮށް އެ އިލްމުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން މިފަދަ މުބާރާތްތަކުގައި ވާދަކުރުމަކީ މުހިންމު ކަމެކެވެ. އެއީ މި އިލްމުގެ ތެރެއިން އިތުރު ކަންތައްތަކެއް ދަސްވެގެންދާނެތީއެވެ.