މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބާރަށު މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބާރަށު މީހަކު ހައްޔަރުކޮށްފި

މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. ބާރަށް، ކާރނޭޝަންވިއު، އުމުރުން 35 އަހަރުގެ އިބްރާހީމް ކަލީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް...

ޔުމްނާ ޢަލީ
ކަނޑިތީމުން ގޯތި ދޫކުރާ އުސޫލު އާންމުކޮށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމުން ގޯތި ދޫކުރާ އުސޫލު އާންމުކޮށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި

ށ. ކަނޑިތީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން އެކުލަވާލި އުސޫލުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ކަނޑިތީމު ކައުންސިލުން ބުނި ގޮތުގައި، މި އުސޫލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ ހިޔާލާއި އިސްލާހުތައް ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ. ކައުންސިލުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރިއުޅ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމަކީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ފާހަގަކުރ...

ޝިއުނާ އާދަމް
ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް

ހދ. ފިނޭ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ”ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026” ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މި މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އީލާފް ޢަބުދުﷲ ޒިޢުނާދު އެވެ. 2 ވަނަ މަރިޔަމް މިޝްކާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު އައިރާ ޙަސަން ރަޝީދެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކިޔެވުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި މުބާރާތުހެ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސް ސްޓޭޖް 1 […]

ޔުމްނާ ޢަލީ
ކޭއާރުއެޗުގެ ހަށިހެޔޮ ޕްރޮގްރާމުގެ ބައިވެރިންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ ހަށިހެޔޮ ޕްރޮގްރާމުގެ ބައިވެރިންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ކުރިއަށްގެންދާ “ހަށިހެޔޮ ޕްރޮގްރާމް 2026” ގެ ބައިވެރިންނަށް އަމާޒުކޮށްގެން، ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ނަންގަވައިދެއްވީ ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. މާލިކެވެ. މި ސެޝަންގެ މައިގަނޑު މަގުސަދަކީ ބައިވެރިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އަޅާލުމުގެ އިތުރުން، ނަފްސާނީ އަދި އިހުސާސީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް...

ޔުމްނާ ޢަލީ
ފެނަކައިން ދެމުންދިޔަ ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ރަސްމީކޮށް ސްޓެލްކޯ އިން ހަވާލުވެއްޖެ

ފެނަކައިން ދެމުންދިޔަ ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ރަސްމީކޮށް ސްޓެލްކޯ އިން ހަވާލުވެއްޖެ

ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތް ދޭން ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މިހާރު އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ރަސްމީކޮށް ފަށައިގަނެ، ކުރިއަށް ގެންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. ޚިދުމަތާ ހަވާލުވުމަށްފަހ...

އަޙްމަދު ވަހީދު
ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި 📍 ހދ. ހަނިމާދޫ

ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުމާއި އާއިލީ ހަވީރު ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި […]

ޔުމްނާ ޢަލީ
އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި 📍 ށ. ފުނަދޫ

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ށ. ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ށ. ފުނަދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންގެ ތެރެއިން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ށ. ފ...

ޔުމްނާ ޢަލީ
އައިހަމްގެ ކާމިޔާބީގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ހާއްސަ ހަފުލާއެއް ބާއްވައިފި 📍 ހއ. އުތީމު

އައިހަމްގެ ކާމިޔާބީގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ހާއްސަ ހަފުލާއެއް ބާއްވައިފި

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އުތީމަށާއި ބޮޑުތިލަދުންމައްޗަށް ހޯދައިދިން ޝަރަފްގެ އަގުވަޒަންކޮށް އޭނާ އަށް ހިތްވަރު ދިނުމަށް ހާއްސަ ހަފްލާއެއް ރޭ އައިހަމްގެ އުފަން ރަށް ހއ. އުތީމުގައި ބާއްވައިފިއެވެ. ޚާއްސަ ޖާފަތަކާއެކު ކުރިއަށް ދިޔަ މި ހަފްލާއަކީ އުތީމު ކައުންސިލާއި، އުތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގުޅިގެން، އުތީމ...

ޔުމްނާ ޢަލީ
ވައިރޮދިން ވައިކަރަދޫގައި ބާއްވާ "އުދުހިލާ 2026" ގެ މީޑިއާ ޕާރޓްނަރ އަކަށް ތިލަދުން! 📍 ހދ. ވައިކަރަދޫ

ވައިރޮދިން ވައިކަރަދޫގައި ބާއްވާ "އުދުހިލާ 2026" ގެ މީޑިއާ ޕާރޓްނަރ އަކަށް ތިލަދުން!

ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް “އުދުހިލާ 2026” ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައިފިއެވެ. މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. “ތިލަދުން” ގެ އިތުރުން، މި ހަރަކާތުގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް “އަންތަރީސް” (ANTHAREES) ހަމަޖައްސާފައިވާއިރ...

އަލީ އާދިލް
މަސްވެރިކަމާއި މެރިކަލްޗާ ދާއިރާއަށް ޚާއްޞަ 'އާރުވެރި' ގްރާންޓްގެ މަޢުލޫމާތު ސެޝަނެއް ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

މަސްވެރިކަމާއި މެރިކަލްޗާ ދާއިރާއަށް ޚާއްޞަ 'އާރުވެރި' ގްރާންޓްގެ މަޢުލޫމާތު ސެޝަނެއް ކުޅުދުއްފުށީގައި

މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވާ “އާރުވެރި” މެޗިންގް ގްރާންޓާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރު 20 ވާ ދުވަހުގެ ރޭގަނޑު ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި މަޢުލޫމާތު ސެޝަނަކީ މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން، މަސްވ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: އަންހެނެއްގެ ފައި ބިނދި އިތުރު ބަޔަކަށް އަނިޔާވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: އަންހެނެއްގެ ފައި ބިނދި އިތުރު ބަޔަކަށް އަނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގެ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ކަމަށެވެ. މީގެ ތެރެއިން 20 އަހަރުގެ ފިރިހެން މީހާ އާއި ކުޑަކުއްޖާ ދަތުރުކޮށްފައިވަނީ އެއް ސައިކަލުގައެވެ. އަދި އަނިޔާވި އަންހެން މީހާ އިނީ އަނެއް ސައިކަލުގައެވެ. މި އެކްސިޑެންޓުގައި އ...

އަލީ އާދިލް
އީގަލްސް އަށް ދިއްދޫ އާއި އެއްވަރު ކުރެވުނީ ފަހު ވަގުތު 📍 ހއ. ދިއްދޫ

އީގަލްސް އަށް ދިއްދޫ އާއި އެއްވަރު ކުރެވުނީ ފަހު ވަގުތު

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކްލަބް އީގަލްސް އާއި ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗު، ފަހު ވަގުތު އީގަލްސް އިން ޖެހި ލަނޑާއެކު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ. މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގައި ކުރިހޯދީ ކްލަބް އީގަލްސް އިންނެވެ. އެ ޓީމުން މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. […]

ޔުމްނާ ޢަލީ
މުޅި ރަށް ބަނދަރަށް ޖަމާވެ، އައިހަމަށް އުތީމުން ކީ ހިތްގައިމު ސަގާފީ މަރުހަބާއެއް 📍 ހއ. އުތީމު

މުޅި ރަށް ބަނދަރަށް ޖަމާވެ، އައިހަމަށް އުތީމުން ކީ ހިތްގައިމު ސަގާފީ މަރުހަބާއެއް

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) މިއަދު އޭނާގެ އުފަން ރަށަށް އުތީމަށް ދިޔުމުން އެރަށު ރައްޔިތުން ނުކުމެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އައިހަމަށް މަރުޙަބާ ކިޔުމުގެ ހަރަކާތެއް އުތީމު ކައުންސިލުން އިސްވެ އިންތިޒާމްކޮށްފައިވާއިރު، މިއަދު ހެނދުނު އައިހަމް ދަތުރުކުރި ލޯންޗް އުތީމު ބަނދަރަށް ވަނުމާއެކު އޭނާ ރަަށަށް ފޭބުމުން ފުރަތަމަ މަރުޙަބާ ކިޔާފައި ވަނީ […]

ޝިއުނާ އާދަމް
ރެޑް ކްރެސެންޓާ ގުޅިގެން މާރަންދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް: ފުރުސަތު 50 މީހުންނަށް 📍 ހއ. މާރަންދޫ

ރެޑް ކްރެސެންޓާ ގުޅިގެން މާރަންދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް: ފުރުސަތު 50 މީހުންނަށް

ހއ. މާރަންދޫ ކައުންސިލާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް ފަސްޓްއެއިޑް ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މާރަންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިއީ ބައިވެރިންނަށް ސެޓިފިކެޓް ލިބޭގޮތަށް ރާވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 އޮކްޓޫބަރު 22 އިން 23 އަށެވެ. އަދި މި ތަމްރީނުގެ ހަރަކާތްތައް ކުރިއަށްދާނީ ޖުމްލަ ހަތް ގަ...

ފާތިމަތު ސަޙާ