📍 ހދ. މަކުނުދޫ
ޒިޔާރަތްމަގު ހަލާކުވެ ދިމާވި ދަތިތަކަށް މަކުނުދޫ ރައްޔިތުން ނިކުމެ ހައްލެއް ގެނެސްދީފި
ހދ. މަކުނުދޫގެ މައި އެއް މަގު ކަމުގައިވާ ޒިޔާރަތްމަގުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ފަސްއަޅައި އެ މަގު އެއްވަރުކުރުމުގެ މަސައްކަތް، އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މަގު އެއްވަރުކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އަދި މަގުގައި ހެދިފައި ހުރި ވަޅުގަނޑުތަކަށް ފަސްއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ...