މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ އާއިއެކު ކައިރާއަށް ޢުމްރާ ދަތުރެއް 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ އާއިއެކު ކައިރާއަށް ޢުމްރާ ދަތުރެއް

ށ. ނަރުދޫ “ކައުންސިލް ޤުރުއާން މުބާރާތް 2026” ގެ މުޅި މުބާރާތުން އެއްވަނަ ކައިރާ ބިންތި ކާމިލް ހޯދައިފިއެވެ. މި ފަޙުރުވެރި ކާމިޔާބާއެކު، މި މުބާރާތުގެ އެއްވަނައަށް، އަލްމަދީނާ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ސްޕޮންސަރ ކޮށްފައިވާ ޢުމްރާ ދަތުރު ވެސް އޭނާއަށް ލިބިފައިވެއެވެ. މި މުބާރާތުން ދެވަނަ ހޯދާފައިވަނީ ނިޝްޔާ ނަވާޒަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވާއިރު، މުޅި މުބާރާތުން ތިންވަނަ ހޯދި، ބިލާލް ބިން މުޙައްމަދު ރަމީޒަށް ދީފައިވަނީ 3,500 ރުފިޔާގެ ފައިސާގެ […]

ފާތިމަތު ސަޙާ
ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް 📍 ހއ. ބާރަށް

ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން ހއ. ދިއްދޫ، ބާރަށް އަދި އުތީމަށް ވަޑައިގެންފިއެވެ. ވަޒީރު އެ ރަށްތަކަށް ވަޑައިގަންނެވުމުން، އެ ރަށްތަކުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ތަންތ...

ޝިއުނާ އާދަމް
ގޮއިދޫ ''ކައުންސިލް ސްޕޯރޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ''އަޒުމް'' އަށް 📍 ށ. ގޮއިދޫ

ގޮއިދޫ ''ކައުންސިލް ސްޕޯރޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ''އަޒުމް'' އަށް

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026” ގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން “އަޒުމް” ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލްގައި އަޒުމްއާ ވާދަކޮށް މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ގްރީން ވިންގްސްއެވެ. އަދި ފެއާޕްލޭ ޓީމަކަށް  ހޮވިފައިވަނީ، އޯކިޑެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 5000 ރުފިޔާ އަދި ޓްރޮފީއެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަޤާމާއި، މުޅި […]

ފާތިމަތު ސަޙާ
ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި މިއަދު ފަށަނީ 📍 ހދ. ނައިވާދޫ

ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި މިއަދު ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި ފަށާނެއެވެ، މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖޯޝުން ފުރިގެންވާ ވާދަވެރި މި މުބާރާތުގައި ވާދަކުރާނީ، ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫއާއި، އެ އަތޮޅުގެ ރަނަރަޕް ފިއްލަދޫ އާއި، ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ އާއި، އެ އަތޮޅުގެ ރަނަރަޕް ނައިވާދޫ އަދި ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމެވެ. މި މުބާރާތުގައި ހއ. އަތޮޅު ބުރުގައި ބައިވެރިވީ […]

ފާތިމަތު ސަޙާ
''މާއުނގޫދޫގެ ކަނބަލުންނަކީ ވަރަށް ހުނަރުވެރި، ކެރޭ ބައެއް'' ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި

''މާއުނގޫދޫގެ ކަނބަލުންނަކީ ވަރަށް ހުނަރުވެރި، ކެރޭ ބައެއް'' ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި

ށ. މާއުނގޫދޫގައި ކުރިއަށް ގެންދިޔަ “ވިމެން އެންރިޗްމަންޓް ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީއެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރަށުގެ ކަނބަލުންގެ އިޖްތިމާޢީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ކަނބަލުން އިޖްތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިޔާސީގޮތުން  ބާރުވެރިކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 15 ކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕ...

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (27)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (27)

22 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” އެކަމަކު އަހަރެން ކައިރީ އަހައިވެސް ނުލާ، ތިވަރުގެ ބޮޑު ނިންމުމެއް ކީއްވެ ތި ނިންމީ؟” މާޔާ ސުވާލުކުރީ ވަރަށް ރުޅި ގަދަވެގެންނެވެ. ޙަޤީޤަތުގައި އާއިޒަށް އެ ގުޅުނީ އެންމެ ނުބައި ވަގުތެވެ. މާޔާގެ ހިތާއި ސިކުނޑިއަށް ކުރަމުންދާ އަސަރުތައް ޚުދު މާޔާއަށް ވެސް ކޮންޓްރޯލް ނުކުރެވެއެވެ. ” މަންމަ އެ ގޮތް ބޭނުންވާތީ، މާޔާ ވެސް ހުރީ އެ ރޭ ހިޔާލު ބަދަލުވެފައެއްނު. އަދި މިއަދު ވެސް ބުނީމެއްނު ކައިވެނި […]

ސަލާމާ ޢަބްދުލް ޢަލީމް
ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި 📍 ހއ. އުތީމު

ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަށް ކުރަމުންދާ ފުރަތަމަ ދަތުރުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުތީމަށް ބަނދަރުކުރުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ކަންތައްތަކެއް އިންތި...

އަލީ އާދިލް
ކުޅުދުއްފުށީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ''އިމާދުއްދީން''އަށް ޒިޔާރަތްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ''އިމާދުއްދީން''އަށް ޒިޔާރަތްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް “އިމާދުއްދީން”އަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. ސެޕްޓެންބަރު 25 ވަނަ ދުވަހު ކުރިއަށްދިޔަ މި ޒިޔާރަތުގައި އެ ތިން ސްކޫލުން ޖުމްލަ 96 ދަރިވަރުން ބައިވެރިވިއެވެ. އަދި ދަރިވަރުންނާއެކު އެ ސްކޫލްތަކުގެ 12 މުދައްރިސުންވެސް ވަނީ ކޯސްޓްގާޑު ޝިޕް އިމާދުއްދީނަށް ޒިޔާރަތްކޮށްފައެވެ...

ޔުމްނާ ޢަލީ
ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ހއ.ދިއްދޫ ކައުންސިލް ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި އޮގަސްޓް 6 އިން 8 އަށް ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ)އެވެ. މި ރަސްމިއްޔާތުގައި މެންބަރު ލަތީފް ދެއްކެވި ވާހަކާގައި ދިއްދޫއަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައ...

ފާތިމަތު ސަޙާ
ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ ފުޓްސަލް ކަޕް: ވެލާ ޔުނައިޓެޑާއި ޓީމް ފުރުންމާ ފައިނަލަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ ފުޓްސަލް ކަޕް: ވެލާ ޔުނައިޓެޑާއި ޓީމް ފުރުންމާ ފައިނަލަށް

ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ (އެފްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއެސްއޭ ނެއްލައިދޫ ފުޓްސަލް ކަޕް 2026” ގެ ޓީމުތަކުން ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ. ސެމީ ފައިނަލްގައި، ޓީމް ފުރުންމާ އަދި ޝައިނިންގ ސްޓާ ބައްދަލުކުރި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 7-5 ގެ ނަތީޖާއަކުން ކުރިހޯދައި، ފައިނަލުގެ ޖާގަ ކަށަވަރުކުރީ ޓީމް ފުރުންމާއެވެ. ސެމީފައިނަލް […]

ފާތިމަތު ސަޙާ
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޚިދުމަތްތައް އަވަސްކޮށް ފެންވަރު މަތިކުރަން އަފީފާއެކު ޚާއްޞަ ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޚިދުމަތްތައް އަވަސްކޮށް ފެންވަރު މަތިކުރަން އަފީފާއެކު ޚާއްޞަ ތަމްރީނެއް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސީނިއަރ މެނޭޖްމަންޓް ޓީމާއި ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ‘ސަރވިސް ލީޑަރޝިޕް’ ގެ ނަމުގައި ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިއީ ރައްޔިތުންނަށް އެންމެ ފުރިހަމަ، އަވަސް އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ އިދާރާއަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޚިދުމަތް ދިނުމުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމ...

ފާތިމަތު ސަޙާ
ނަފްސާނީ ދުޅަހެޔޮކަމާއި ''ނޫނެކޭ'' ބުނަން ދަސްކޮށްދޭން މިލަންދޫގައި ޚާއްޞަ ސެޝަންތަކެއް 📍 ށ. މިލަންދޫ

ނަފްސާނީ ދުޅަހެޔޮކަމާއި ''ނޫނެކޭ'' ބުނަން ދަސްކޮށްދޭން މިލަންދޫގައި ޚާއްޞަ ސެޝަންތަކެއް

ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (އތމކ) އަދި މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިލަންދޫ އތމ ކޮމިޓީގެ ރައީސާ، ފަރީޝާ “ތިލަދުން”އަށް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެ ސެޝަންގައި  އަމިއްލަ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި މަޝްޢޫލުވެގެން އުޅުނު ނަމަވެސް ނަފްސ...

ފާތިމަތު ސަޙާ
'ޑްރީމިންގ ހައި': ސިޓީ ކައުންސިލާއި އުކުޅަހު ކައުންސިލްގެ މުވައްޒަފުންނަށް ކުޅުދުއްފުށީގައި އަގުހުރި ސެޝަނެއް 📍 ހދ. ކުޅުދުއްފުށި

'ޑްރީމިންގ ހައި': ސިޓީ ކައުންސިލާއި އުކުޅަހު ކައުންސިލްގެ މުވައްޒަފުންނަށް ކުޅުދުއްފުށީގައި އަގުހުރި ސެޝަނެއް

ކުޅުދުއްފުށި ސިޓީ ކައުންސިލަށް ތަޖުރިބާ ހާސިލުކުރުމުގެ ދަތުރެއްގައި އެ ރަށަށް ޒިޔާރަތްކުރި އއ. އުކުޅަހު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މޯޓިވޭޝަނަލް ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މައިންޑްފީލްޑްސް އިންކް ގުޅިގެންނެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ‘ޑްރީމިންގ ހައި ވިތު މުޙައްމަދު މިސްތޯޙް’ ގެ ނަމުގައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ސެޝަންގައި މުޙ...

ފާތިމަތު ސަޙާ
ހަތަރުބެއިންނާއި ބައްޕަ އެއް ޓީމަކުން: މަކުނުދޫން ފެނުނު ތާރީޚީ ކާމިޔާބީއެއް 📍 ހދ. މަކުނުދޫ

ހަތަރުބެއިންނާއި ބައްޕަ އެއް ޓީމަކުން: މަކުނުދޫން ފެނުނު ތާރީޚީ ކާމިޔާބީއެއް

ފުޓްސަލް ކޯޓުގެ ދެ ފަރާތުގައި ތިބެގެން އަޑުގެ ކޮޅަށް ސަޕޯޓަރުން ހަޅޭއްލަވަމުން ދިޔައިރު، ދަނޑުމަތިން ފެންނަނީ ހަމައެކަނި ޓީމެއްގެ ކުޅުމެއް ނޫނެވެ. ލެއިން ގުޅިފައިވާ އެއް އާއިލާއެއްގެ ހިތްވަރާއި ލޯތްބެވެ. އެއްބަނޑު އެއްބަފާ ތިން ބެއިން ބޯޅައަށް ފައިވިއްދައިގެން ތިބި އިރު، ޓީމު މެނޭޖު ކުރުމުގެ އެންމެ ބުރަ ޒިންމާ ނަގައިގެން ހުރީ، އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބެއެވެ. ޒަޚަމްވާ ކޮންމެ ފަހަރަކު ފަރުވާގެ ކިޓު ހިފައިގެން ދުވެފައި ދާން ހުރީ އެ ކުދިންގެ އޯގާތެރި […]

ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫގައި ހިންގާ ބަށި ބޯޅަ އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހިންގާ ބަށި ބޯޅަ އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ހދ. ހަނިމާދޫގައި ހިންގާ ބަށި ބޯލް އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މިއީ ބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގުޅިގެން، ބާއްވާ ވޯކް ޝޮޕެކެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ވޯކްޝޮޕަކީ ބަށި ބޯޅައިގެ ދާއިރާއިން ފަންނީ އޮފިޝަލުންނާއި ޤާބިލު ކޯޗުން ތަމްރީނުކޮށް، އެ ކުޅިވަރު އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ...

ފާތިމަތު ސަޙާ