ހދ. ހަނިމާދޫގައި ހިންގާ ބަށި ބޯލް އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މިއީ ބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގުޅިގެން، ބާއްވާ ވޯކް ޝޮޕެކެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ވޯކްޝޮޕަކީ ބަށި ބޯޅައިގެ ދާއިރާއިން ފަންނީ އޮފިޝަލުންނާއި ޤާބިލު ކޯޗުން ތަމްރީނުކޮށް، އެ ކުޅިވަރު އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 15 އަދި ގިނަވެގެން 30 ބައިވެރިންނެވެ. ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިމަނާފައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވާފައިވެއެވެ.
މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ތާވަލުކުރެވިފައިވަނީ 2026 އޮކްޓޫބަރު 22 އިން ފެށިގެން 24 ގެ ނިޔަލަށެވެ.
މި ވޯކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 4002064 ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!