ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (އތމކ) އަދި މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިލަންދޫ އތމ ކޮމިޓީގެ ރައީސާ، ފަރީޝާ "ތިލަދުން"އަށް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެ ސެޝަންގައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި މަޝްޢޫލުވެގެން އުޅުނު ނަމަވެސް ނަފްސާނީ ދުޅަހެޔޮކަން ގިންތި ކުރަން އެނގެން ވާނެ ކަމަށާއި އެގިންތިތަކަކީ ކޮބައިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވިކަމަށް ފަރީޝާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ މުޙިއްމުކަމާއި، ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާގެ ތަފާތު ބެލެނިވެރިންނަށް ކިޔައިދެއްވިކަމަށާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރެއްވިކަމަށެވެ.
މިލަންދޫގައި ކުރިއަށް ގެންދިޔަ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މިލަންދޫ އތމކ.
ދެވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 7,8, އަދި 9 ގެ ދަރިވަރުންނަށެވެ. އެ ގޮތުން 100 އަށް ވުރެން ގިނަކުދިން މި ސެޝަންގައި ބައިވެރިވެފައިވާކަމަށް މިލަންދޫ އތމ ކޮމިޓީން މައުލޫމާތު ދެއްވިއެވެ.
ދަރިވަރުންނަށް ކުރިއަށް ގެންދެވުނު ސެޝަން ނަންގަވައިދެއްވީ ޕޮލިސް ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުންނެވެ.
މިލަންދޫގައި ކުރިއަށް ގެންދިޔަ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މިލަންދޫ އތމކ.
މި ސެޝަނުގައި އަލިއަޅުވާލި މުހިންމު ކަންކަމުގެ ތެރޭގައި ވިކްޓިމް ސަޕޯޓާ ގުޅޭ މައުލޫމާތާއި، އިންސާނާގެ އިހުސާސްތަކާއި ޖަޒުބާތުތައް ދެނެގަތުމުގެ މުހިންމުކަން ހިމެނެއެވެ. އެގޮތުން ޚާއްސަކޮށް ފުރާވަރުގެ ދުވަސްވަރު އެކި ޖަޒުބާތުތަކަށް ނަފްސު ހުށަހެޅޭ ސަބަބުތައް ތަފްސީލުކޮށްދެއްވައި، ނައްސި އަދި ފައްސި ޖަޒުބާތުތައް ކޮންޓްރޯލްކުރުމުގައި ހަވާނަފްސުގެ ބަދަލުގައި ބުއްދި އިސްކޮށް، ދީނީ އުސޫލުތަކުގައި ހިފެހެއްޓުމަށް ބާރުއެޅުއްވިއެވެ.
މިލަންދޫގައި ކުރިއަށް ގެންދިޔަ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މިލަންދޫ އތމކ.
މީގެއިތުރުން ދިރިއުޅުމުގައި ނޫނެކޭ ބުނަންޖެހޭ ހާލަތްތަކުގައި އެކަމަށް ކެރިގެން ކުރިމަތިލުމުގެ މުހިންމުކަން ކިޔައިދީ، އެކަން އަމަލީ ހަރަކާތްތަކުގެ ތެރެއިން ދަސްކޮށްދެވުނެވެ. އަދި ހަނގާކުރުމުން ރައްކާތެރިވުމާއި، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރުން، އެހެން މީހުންނަށް އިހުތިރާމްކުރުމުގެ މުހިންމުކަމާއި ސްކްރީން ވަގުތު މަދުކޮށް، ފޯނު ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ސެޝަންގެ ބައިވެރިންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!