ނަފްސާނީ ދުޅަހެޔޮކަމާއި ''ނޫނެކޭ'' ބުނަން ދަސްކޮށްދޭން މިލަންދޫގައި ޚާއްޞަ ސެޝަންތަކެއް
ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (އތމކ) އަދި މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިލަންދޫ އތމ ކޮމިޓީގެ ރައީސާ، ފަރީޝާ “ތިލަދުން”އަށް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެ ސެޝަންގައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި މަޝްޢޫލުވެގެން އުޅުނު ނަމަވެސް ނަފްސ...