ކޭއާރްއެޗުގެ އައު ޓާޝަރީ އިމާރާތާ ގުޅޭގޮތުން ސަރުކާރުގެ އިސް ވަފުދަކާއެކު މަޝްވަރާކޮށްފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީނިއާ މެނޭޖްމަންޓް ޓީމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޓާޝަރީ ހެލްތު ސާވިސަސް މުޙައްމަދު ޠަލާލް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކަށް މަރުހަބާ ދަންނަވައި، މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ވަފުދުގައި ޕްރިންސިޕަލް ސެކްރެޓަރީ މުޙައްމަދު ޠަލާލްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޙަމްދާން، ޑެޕިއުޓީ މިނިސްޓަރު ސަމާހާ އިބްރާހީމް، ސިވިލް އިންޖިނިއަރު އިސްމާޢީލް ޝިހާބް އަދި...