ހއ. ވަށަފަރުގައި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ، 3 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ގައެވެ.
މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ޢާންމުކުރި އިޢުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން، އެ ރަށުގެ އެކިއެކި މަގުތަކާއި، ބައެއް އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގުތައް ސާފުކުރާއިރު، އާންމުންނަށް އުނދަގޫވާ ގޮތަށް ހުންނަ، ގަސްރުއް ކޮށައި ރީތިކުރުން ވެސް ކުރިއަށް ދާނެކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ޕްރޮގްރާމްގައި ރަށުގެ ވީހާ ވެސް ގިނަ ފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވެ، އެއްބާރުލުން ދެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ވަށަފަރަކީ ސާފު ރީތި ރަށެކެވެ. އަދި އުތުރުގައި ލޯކަލް ފަތުރުވެރިކަމަށް އެންމެ މަގުބޫލު އެއް މަންޒިލަކީ ވެސް ވަށަފަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!