📍 ހއ. ބާރަށް
ބޮޑުތަކުރުފާނުގެ ތާރީޚާ ގުޅިފައިވާ ބާރަށު އާސާރީ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް
ހއ. ބާރަށުގައި ކުރިއަށް ގެންދާ، އާސާރީ ތަރިކަ ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލް އެ ކައުންސިލުން ޢާންމުކޮށްފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެރަށު ކަޅުއޮއްފުންމި މަގުގެ، “ބޯޓުޔާޑު” ބޯޑަރު އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާއިރު، އެ މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ބޮޑުތަކުރުފާނު ބެންނެވި މަޝްހޫރު ނަވު “ކަޅުއޮއްފުންމި” ބެންނެވީ ބާރަށުގައެވެ. ޕޯޗުގީޒުންނަށް...