ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބޮޑުތިލަދުންމަތި ބޮޑުބާޒާރާއި އައިލެންޑް ކާރނިވަލްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.
މި ، ރަސްމިއްޔާތުގައި އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ސިޓީކައުންސިލުން ދަޢުވަތު އަރުވާފައިވެއެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2026 ވާ މިއަދު ހަވީރު 16:15 ގައި ކުޅުދުއްފުށި ސިޓީ، ބީޗް ހޭންޑްބޯލް އެރީނާ ގައެވެ.
މީގެއިތުރުން ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އާތިފާއި، ސިޓީ ކައުންސިލްގެ ޓީމެއް، ބޮޑު ތިލަދުންމަތީގެ ރަށްރަށަށް ޒިޔާރަތްކުރައްވައި، މި ބޮޑުބާޒާރަށް ވަޑައިގެންދެއްވުމަށް އެދި ކައުންސިލްތަކަށާއި އެ ރަށްރަށުގެ ރައްޔިތުންނަށް ވަނީ ދަޢުވަތު ދެއްވާފައެވެ.
ސެޕްޓެމްބަރ 30 އިން އޮކްޓޯބަރ 4 ގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްދާ މި ބާޒާރުގައި ޖުމްލަ 22 ސްޓޯލަކުން ހަރަކާތްތެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!