ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ކޯހެކެވެ.

Ad
rt

މިލަންދޫ ކައުންސިލް ރައީސް އިބްރާހީމް ނިހާދް "ތިލަދުން"އަށް ވިދާޅުވީ މިލަންދޫއަކީ ބެޑްމިންޓަންގެ ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް ދެވޭ އަހައްމިއްޔަތުކަން އިތުރުކޮށް، ރައްޔިތުންނަށް މި ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި، ޤާބިލު ފަރާތްތަކެއް ބިނާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވެސް ނިހާދު މި ނޫހަށް ހިއްސާކުރެއްވިއެވެ.

މަތީ ފެންވަރެއްގައި މެޗުތައް އިންސާފުކުރުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި އިތުބާރު ބައިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ، މި ކޯހުގައި، މިލަންދޫގެ އިތުރުން ރަށުން ބޭރު މީހުންނާއެކު ޖުމްލަ 15 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ.