ކުނި ވަކިނުކުރާ ގޭބިސީތަކުން ކުނި ނުނަގަން މިލަންދޫ ކައުންސިލުން ނިންމައިފި
ގޭބިސީތަކުން ކުނި ނެރޭއިރު ބަދިގޭ ޑަސްބިނަށް އެހެން ބާވަތްތަކުގެ ކުނި އެއްކޮށްފައި ހުންނަ ނަމަ، އެފަދަ ގެތަކުން ކުނި ނުނެގުމަށް ށ. މިލަންދޫ ކައުންސިލުން ނިންމައިފިއެވެ.
ގޭބިސީތަކުން ކުނި ނެރޭއިރު ބަދިގޭ ޑަސްބިނަށް އެހެން ބާވަތްތަކުގެ ކުނި އެއްކޮށްފައި ހުންނަ ނަމަ، އެފަދަ ގެތަކުން ކުނި ނުނެގުމަށް ށ. މިލަންދޫ ކައުންސިލުން ނިންމައިފިއެވެ.
ށ. މިލަންދޫގައި ދުވާރުމަތީގައި ވެހިކަލް ޕާކުކުރާ ފަރާތްތަކާމެދު ފުލުހުން މެދުވެރިކޮށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.
އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމާ ގުޅޭގޮތުންނާއި، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ މައުލޫމާތު ސެޝަނެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި ށ. މިލަންދޫ ކައުންސިލްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޔޫއާރުއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންގައި، އާންމު ބޭނުންތަކުގެ ހިދުމަތް...
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ށ. މިލަންދޫގައި ގަސް ހައްދާ ނާރސަރީއެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިލަންދޫ ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ކަމާގުޅިގެން ކައުންސިލުން އާންމު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ޤާނޫނީގޮތުން...
ށ. މިލަންދޫގައި ކުރިއަށްދިޔަ “މަންފާ ދަތުރު”ގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ، ޢުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް އެ ރަށު ލައިކް، އުމުރުން 9 އަހަރުގެ އަޔާސް ހޮވިއްޖެއެވެ. މި ޢުމްރާ ދަތުރަކީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަމަޖައްސައިދީފައިވާ ފުރުޞަތެއް ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ފޯރަމަކީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން މަންފާ ޖަމްޢިއްޔާގެ ފަރާތުން […]
ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ “މަންފާ ދަތުރު” ށ. މިލަންދޫއަށް ކުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ ފޯރަމެކެވެ. މި ދަތުރުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނީ، މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒާއި، އައްޝައިޙް އަޙްމަދު މިޞްބާޙްގެ އިތުރުން އައްޝައިޙް ޙަސަން ޒިޔާނެވެ. މި ހިނގާ އޮކްޓޯބަރ މަހުގެ 8 އަދި […]
ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މިލަންދޫ ކައުންސިލް ރައީސް އިބްރާހީމް ނިހާދް “ތިލަދުން”އަށް ވިދާޅުވީ މިލަންދޫއަކީ ބެޑްމިންޓަންގެ ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް ދެވޭ އަހައްމިއް...
މަމްސް އެއިޑް ގެ “އެވްރީ ވުމަން” ކެމްޕެއިންގެ ދަށުން، ށ. މިލަދުންދޫގައި ކުރިއަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ނިންމާލުން، ފޮޓޯ: ޔުމްނާ މަމްސް އެއިޑާއި މިލަންދޫ ކައުންސިލް އިދާރާ ގުޅިގެން، އިންތިޒާމްކޮއްފައިވާ މި ކޯސް ޚާއްޞަކޮއްފައިވަނީ، އެކަނިވެރި މައިންނަށާއި، ވަޒީފާއަށް ނުދާ މަންމައިންނަށެވެ. މި ކޯހުގެ މަޤްޞަދަކީ، އެކަނިވެރި މައިންނާއި، ވަޒީފާއަށް ނުދާ މަންމައިން، ގޭގައި ތިބެގެން އާމްދ...
ދޯންޏެއްގައި މަހަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން ފެނިއްޖެއެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިހުސާން ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 11:30 އެހާއިރު މަހަށް ދިއުމަށް ދޯނީގައި ފުރި ފަހުން އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކައުންސިލަށް އެކަން އެންގުމާ ގުޅިގެންނެވެ. އިހުސާން ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އޭނާ ހޯދުމުގެ މަސައްކަތުގައި މިލަންދޫގެ ގިނަ […...
ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫގެ ޒުވާނަކު ޚަބަރެއް ނުވެގެން، އޭނާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމަށް މިލަންދޫ ކައުންސިލުން އެދިއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން އެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އިހުސާން މަހަށް ދިއުމަށްޓަކައި ދޯނީގައި ފުރާފައިވަނީ މިއަދު ހެނދުނު 11:30 އެހާއިރުއެވެ. ނަމަވެސް، އެ ވަގުތުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެކަން މިހާރު ވަނީ ކައުންސިލާ ޙިއްސާކޮށްފައެވެ. އިހުސ...
ށ. މިލަންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކާއި އެހެން ތަންތަނުން ކުނި ނަގައި އުކާލަދިނުމަށް ނަގަމުން އަންނަ ފީ އަންނަ މާރިޗް މަހު ހިލޭކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މި ނިންމުމަކީ 1447 ވަނަ އަހަރު، ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިލަންދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 221 ވަނަ ޖަލްސާގައެވެ. މި ނިންމުމާއެކު އަންނަ މާރިޗް […]
ށ. މާކަނޑޫދޫ މީހުން ށ. މިލަންދޫއަށް ބަދަލުވިތާ 25 އަހަރު ފުރުމާއި ގުޅިގެން އެ ރަށުގައި ރިހި ޔޫބިލް ފާހަގަކުރުމަށް “އާބާދު ރަސްމީ ޖަލްސާ” ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މިގޮތުން މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލާއި، މިލަންދޫ ކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި [...
ށ. މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެކްސްކެވޭޓަރެއް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތައް މިލަންދޫ ކައުންސިލުން އެކްސްކެވޭޓަރ ސަޕްލައި ކޮށްދީފައިވަނީ ވެލާރޯ އިންވެސްޓްމަންޓް އާއެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފައިވާއިރު، ކުނި މެނޭޖްކުރުމަށް އެކްސްކެވޭޓަރ ސަޕްލައިކުރުމަށް ދީފައިވާ މުއްދަތަކީ 200 ދުވަހެވެ. މިލަންދޫ ކައުންސިލަށް އެކްސްކެވޭޓަރު ފޯރުކޮށްދިނުމުގެ ޖުމްލަ އަގަކީ 1،189،000 ރުފިޔާއެވެ. ކުނި...
ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމަށް މިލަންދޫ ރައްޔިތުންނަށް ހުޅުވާލައިފިއެވެ. “އާބާދު 25 މަސްރޭސް” ގެ ނަމުން ކުރިއަށްގެންދާ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލަމުން މިލަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސްރޭހުގެ 1 ވަނަ ޓީމަށް 5000 (ފަސްހާސް ރުފިޔާ) އަދި 2 ވަނަ ޓީމަށް 3000 (ތިންހާސް ރުފިޔާ) އާއެކު 3 ވަން ޓީމަށް 1000 (އެއްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މި މަސްރޭހުގައި […]
ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ. މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ. ”މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއ...