ށ. އަތޮޅު ހޮސްޕިޓަލުން ކުރިއަށްގެންދާ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، ށ. ޅައިމަގު އަދި ށ. ނަރުދޫގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

1 އޮކްޓޫބަރު 2026 (މާދަމާ) ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްޞަދަކީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމުގައި ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

Ad
rt

މި އައުޓްރީޗް ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

އެ ގޮތުން، އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި، ދަތުގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް އަދި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން، ކަށީގެ ޚާއްސަ ޑޮކްޓަރެއް މި ޕްރޮގްރާމްގައި ބައިވެރިވެލައްވާނެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން މި ދެ ރަށުގެ ރައްޔިތުންނަށް އަތޮޅު ހޮސްޕިޓަލަށް ދަތުރުނުކޮށް، ރަށުގައި ތިބެގެން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.