މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި 📍 ހއ. ދިއްދޫ

ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ދިއްދޫ ސްޕޯޓްސް ކްލަބުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ކުޅެ ދިއްދޫން މި ހޯދި ނަތީޖާއާއެކު އެ ޓީމު ވަނީ ތާރީޚުން އައު ޖާގައެއް ކަށަވަރުކޮށްފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ފެށުން ވަރުގަދަކުރި މި […]

އަޙްމަދު ވަހީދު
މިލަންދޫ އާއި ފޯކައިދޫ އިސްލާމީ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ ދީފި 📍 ށ. ފޯކައިދޫ

މިލަންދޫ އާއި ފޯކައިދޫ އިސްލާމީ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ ދީފި

ށ. އަތޮޅު މިލަންދުއާއި ފޯކައިދޫގައި ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ފުރަތަމަ ސްލެބް އަދި އާރްސީ ވޯލް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި ފޯކައިދޫ އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތަކެވެ. ފޯކައިދޫ އިސް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026” އިއްޔެ ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަނަށެވެ. އެ ގޮތުން އަންހެން ޑިވިޜަންގެ 5 ޓީމު ވާދަކުރާނީ ލީގު އުޞޫލުން ކަމަށް ވާއިރު، ފިރިހެން ޑިވިޜަނުގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ. މި […]

ފާތިމަތު ސަޙާ
ކުރީގެ އެއްވެސް ސަރުކާރަކުން ޞިއްޙީ ދާއިރާއަށް ނުދޭ ސަމާލުކަމެއް މި ސަރުކާރުން އެބަދޭ: ނާޒިމާ

ކުރީގެ އެއްވެސް ސަރުކާރަކުން ޞިއްޙީ ދާއިރާއަށް ނުދޭ ސަމާލުކަމެއް މި ސަރުކާރުން އެބަދޭ: ނާޒިމާ

ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކުން ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ނުދެއްވާ ފަދަ ބޮޑު ސަމާލުކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވަމުން ގެންދަވާ ކަމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީއީއޯ ނާޒިމާ ޢަލީ ވިދާޅުވެއްޖެއެވެ. ނާޒިމާ މިހެން ވިދާޅުވީ، ރާއްޖޭގައި ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިސްނަގައިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ރީޖަނަލް […]

ފާތިމަތު ސަޙާ
ކުރިން ތިބީ އެންމެ 3 މީހުން؛ މިހާރު އުތީމުގެ ކޮންމެ އާއިލާއެއްގައި ޖަމާޢަތްތެރިއެއް 📍 ހއ. އުތީމު

ކުރިން ތިބީ އެންމެ 3 މީހުން؛ މިހާރު އުތީމުގެ ކޮންމެ އާއިލާއެއްގައި ޖަމާޢަތްތެރިއެއް

ހއ. އުތީމުގެ ކޮންމެ އާއިލާއެއްގައި މިހާރު ޖަމާޢަތްތެރިއަކު ހުންނާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ކައުންސިލްގެ ރައީސް މިކަން ހާމަކުރެއްވީ އެ ރަށުގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމާ ގުޅިގެން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، އުތީމު ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގ...

ފާތިމަތު ސަޙާ
ވީރާނާވާން ދޫކޮށްލާފައިވާތީ ނައިވާދޫގެ ދެ ޖަމްޢިއްޔާއެއްގެ ބިން އަނބުރާ ކައުންސިލަށް 📍 ހދ. ނައިވާދޫ

ވީރާނާވާން ދޫކޮށްލާފައިވާތީ ނައިވާދޫގެ ދެ ޖަމްޢިއްޔާއެއްގެ ބިން އަނބުރާ ކައުންސިލަށް

ހދ. ނައިވާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އެ ރަށު ސްކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް ދޫކޮށްފައިވާ ބަންޑާރަ ބިމާއި ޢިމާރާތްތައް އަނބުރާ ކައުންސިލަށް ނެގުމަށް ނިންމައި، އެ ތަންތަނުގައި ހުރި މުދާތައް ނެރުމަށް ނައިވާދޫ ކައުންސިލުން އަންގައިފިއެވެ. ނައިވާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އެ ދެ ޖަމްޢިއްޔާގެ ބިމާއި ޢިމާރާތްތަކުގައި ހުރި ނުއުފުލޭ މުދާ ފިޔަވައި އެހެނިހެން އެންމެހައި ތަކެތި ނެރެ ބިން ހުސްކުރަންޖެހޭނެ ކަމަށެވެ. އެގޮތުން، 08 އޮކްޓޫބަރު 2026 އިން ފެށިގެން 15 ދުވަ...

ފާތިމަތު ސަޙާ
މާއުނގޫދޫ ކައުންސިލުން ރަށް ފެހިކުރަން ޚާއްޞަ ޕްރޮގްރާމެއް، ގަސް ހަދިޔާކުރުމުގެ ފުރުސަތު!

މާއުނގޫދޫ ކައުންސިލުން ރަށް ފެހިކުރަން ޚާއްޞަ ޕްރޮގްރާމެއް، ގަސް ހަދިޔާކުރުމުގެ ފުރުސަތު!

ށ. މާއުނގޫދޫގެ އިޖްތިމާޢީ ސަރަހައްދުތަކުގައި ބަގީޗާގަސް އިންދުމަށް އެ ރަށު ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. މާއުނގޫދޫ ކައުންސިލުން އެދިފައިވަނީ، މި ޕްރޮގްރާމަށް ބަގީޗާގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޫބަރު 2026 ގެ 14:00 ގެ ކުރިން އެ ކައުންސިލަށް ގަސްތައް ޙަވާލުކުރުމަށެވެ. ރަށުގައި ގަސްއިންދައި ފެހިކުރުމުގެ މަޤްޞަދުގައި މާއުނގޫދޫ ކައުންސިލުން އަންނަނީ އިތުރު ހަރަކާތްތަކެއް ވެސް ހިންގަމުންނެ...

ފާތިމަތު ސަޙާ
ސްޓެލްކޯއިން ހއ.އަތޮޅުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ސްޓެލްކޯއިން ހއ.އަތޮޅުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ފަށައިފި

ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިންގެ ޓީމެއް މިހާރު ދަނީ އެ އަތޮޅަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން، އެ އަތޮޅު ތުރާކުނު އިންޖީނުގެއާއި ހަވާލުވެ އެ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ...

ޔުމްނާ ޢަލީ
ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް 📍 ހއ. ބާރަށް

ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ. ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން […]

ފާތިމަތު ސަޙާ
ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ ހޭންޑްބޯލް ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ ހޭންޑްބޯލް ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ، ހޭންޑްބޯލް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ބިލެތްފަހީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބިލެތްފަހީ ރައީސް ޙުސައިން ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި، ހޭންޑްބޯލް ކޯޗެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގ...

ފާތިމަތު ސަޙާ
ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް […]

ޝިއުނާ އާދަމް
އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު! 📍 ހއ. ދިއްދޫ

އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު!

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތާރީޚީ މެޗު ދިއްދޫ ފުޓުބޯޅަ ދަނޑުން ބަލައިލުމަށް، ބޮޑުތިލަދުންމަތީގެ އެންމެހައި ރައްޔިތުންނަށް ދިއްދޫ ކައުންސިލުން ދަޢުވަތު އަރުވައިފިއެވެ. މިއީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ މެޗެއް ވެރިރަށް މާލެއިން އުތުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މުޅި ބޮޑުތިލަދުންމައްޗަށް […]

ފާތިމަތު ސަޙާ
އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލުން 50،000 ރުފިޔާގެ އިނާމެއް 📍 ހއ. އުތީމު

އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލުން 50،000 ރުފިޔާގެ އިނާމެއް

ހއ. އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލްގެ ފަރާތުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ ޤުރްއާނަށް އަޙުލުވެރި މުޖުތަމަޢެއް ބިނާކުރުން ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި ޙާފިޡުން އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ކީރިތި ޤުރްއާނާ ބެހޭ […]

ފާތިމަތު ސަޙާ
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ 📍 ހއ. ދިއްދޫ

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ހޯދައި، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން ހާސިލުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައެވެ. އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އައިހަމް […]

އަޙްމަދު ވަހީދު
އެންމެ މޮޅު ރެފްރީއަކަށް ސިނާން 📍 ހއ. ވަށަފަރު

އެންމެ މޮޅު ރެފްރީއަކަށް ސިނާން

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހއ. ވަށަފަރަށް ނިސްބަތްވާ ސިނާން ހުސައިން ހޯދައިފިއެވެ. ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައި، ސިނާން މި އެވޯޑާއި ހަވާލުވެފައިވާއިރު، އެންމެ މޮޅު ރެފްރީގެ މަގާމު އޭނާ ހޯދާފައިވަނީ ޖާވިޒު މުހައްމަދާއި ޝާތިރު އަބްދުﷲ އާ ވާދަކޮށްގެންނެވެ. މި ހަފުލާގައި ފާއިތުވި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ހއ. އަތޮޅަށް ނިސްބަތްވާ ކުޅުންެތެރިއެކެވެ. އެ […]

ޝިއުނާ އާދަމް