ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތާރީޚީ މެޗު ދިއްދޫ ފުޓުބޯޅަ ދަނޑުން ބަލައިލުމަށް، ބޮޑުތިލަދުންމަތީގެ އެންމެހައި ރައްޔިތުންނަށް ދިއްދޫ ކައުންސިލުން ދަޢުވަތު އަރުވައިފިއެވެ.
މިއީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ މެޗެއް ވެރިރަށް މާލެއިން އުތުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މުޅި ބޮޑުތިލަދުންމައްޗަށް ވެސް ފުޓުބޯޅައިގެ ތާރީޚީ މުހިންމު ހާދިސާއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 10، 16 އަދި 20 ވަނަ ދުވަހުއެވެ.
ދިއްދޫ ކައުންސިލު ޕޭޖު މެދުވެރިކޮށް މި ދައުވަތު ފޮނުވަމުން އެރަށު ކައުންސިލްގެ ރައީސް އުޘްމާން ރަޝީދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މި މެޗުތައް އިންތިޒާމުކޮށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ދިއްދޫ ކައުންސިލާއި، ދިއްދޫ ސްޕޯޓްސް ކުލަބު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
ދިވެހި ކުޅިވަރަށް މި ގެނެސްދިން އިންޤިލާބީ ބަދަލާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އަދި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) އިތުރުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލްލަޠީފް މުޙައްމަދު (ލަތީބެ) އަށް ދިއްދޫ ރައީސް އުޘްމާން ރަޝީދު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު
ނިއު އާ ދެކޮޅަށް ދިއްދޫ ކުޅޭ މެޗު އޮންނާނީ އެ ރަށު ސްޓޭޑިއަމުގައި މާދަމާ ހަވީރު އެވެ. މިއީ މި ސީޒަނުން ފެށިގެން ހޯމް އެންޑް އަވޭ އުސޫލުން ލީގު ބާއްވަން ފަށައި، މާލޭން އުތުރުގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗުގެ ޝަރަފްވެރި މެހެމާނަކީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި މެޗަށް ދިއްދޫ އިން ވަނީ ދިވެހި ފުޓްބޯޅައިގެ ޝަރަފްވެރި ބޭފުޅުންކޮޅަކަށް ދައުވު އަރުވާފައެވެ. އެއިގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލާއި، ނިއު ރޭޑިއަންޓުގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ) އާއި އަންދަރުސަވާ އިބްރާހީމް ރަޝީދު (އަންދަރޭ) އާއި މައުރޫފް އަހުމަދު (މާއްޓޭ) އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން މި މެޗު ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެއެވެ.
ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެފައިވާއިރު، އެ ރަށާއި ދެކޮޅަށް ކުޅުމަށް ނިއުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭ ދިއްދޫ އަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!