މޮޅަށް ކުޅުނު ދިއްދޫ އަށް މިއަދުވެސް ނަސީބު އެހީއެއް ނުވި
ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅުނު ތިންވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަނިގޮތަކުން މިއަދު ބަލިވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީ އަށް ކާމިޔާބު ކުރެވުނީ 1-0 ގެ ތަފާތަކުންނެވެ. މިއީ ލީގުގައި ދިއްދޫ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. މީގުގައި ދިއްދޫ މީގެ ކުރިން ރަށުގައި ކުޅުނު ދެ މެޗުވެސް ނިމުނީ ބަދުނަސީބުގޮތަކަށް އެއްވަރުވެގެންނެވެ. މިގޮތުން އޮކްޓޯބަރު 10 […]