މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
މަރޮށީގައި ނަމާދު ވޯކްޝޮޕެއް، ނަން ނޯޓުކުރުން ކުރިއަށް 📍 ށ. މަރޮށި

މަރޮށީގައި ނަމާދު ވޯކްޝޮޕެއް، ނަން ނޯޓުކުރުން ކުރިއަށް

ށ. މަރޮށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއީ މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. އަލް އަސްރު ޖަމިއްޔާގެ އެހީތެރިކަމާއެކު ”ލޯތަކުގެ ފިނިކަން” މައުޟޫއަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް ސާޖިދް މުޙައްމަދެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 15 އިން 16 އަށެވެ. މި ވޯކްޝޮޕްގ...

ފާތިމަތު ސަޙާ
ތާރީޚީ މެޗަށްފަހު ނިއު، ދިއްދޫ އިން ފުރީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވެފައި 📍 ހއ. ދިއްދޫ

ތާރީޚީ މެޗަށްފަހު ނިއު، ދިއްދޫ އިން ފުރީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވެފައި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗަށްފަހު އެރަށުގައި ބޭއްވި ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ރޭ ދިއްދޫ އިން ފުރައިފިއެވެ. 10 އޮކްޓޯބަރުގައި ދިއްދޫ ދަނޑުގައި ނިއު އާއި ދިއްދޫގެ ކުރިމަތިލުމަކީ އުތުރުގެ ރަށެއްގައި މިފެންވަރުގެ މެޗެއް ކުޅެވުނު ތާރީޚީ ކުރިމަތިލުމެކެވެ. އެ މެޗުގައި ދިއްދޫ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި 10 މިނިޓް ހަމަވަންދެން ވެސް 2-1 އިން ނިއުގެ މަށްޗަށް […]

ޔުމްނާ ޢަލީ
ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ އިވެލުއޭޝަން މަރުހަލާ ނިންމާލައިފި 📍 ހއ. އިހަވަންދޫ

ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ އިވެލުއޭޝަން މަރުހަލާ ނިންމާލައިފި

އަންނަ އަހަރު ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށާއި، މި މިސްކިތްތައް ބަލައި އިވެލުއޭޓް ކުރުމަށް ކުރިއަށްގެންދިޔަ މަރުހަލާ މިހާރު ނިންމާލާފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން “އަހާ” ފޯރަމުގެ ނުވަވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތެއް ހިމެނުމަށް މަސައްކަތްކުރަ...

ޔުމްނާ ޢަލީ
މިލަންދޫގައި ގަސް ހައްދާ ނާސަރީއެއް ހަދައިދޭނެ ބަޔަކު ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ގަސް ހައްދާ ނާސަރީއެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ށ. މިލަންދޫގައި ގަސް ހައްދާ ނާރސަރީއެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިލަންދޫ ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ކަމާގުޅިގެން ކައުންސިލުން އާންމު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ޤާނޫނީގޮތުން...

ފާތިމަތު ސަޙާ
ބާރަށުގެ އައު މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރަނީ، ކުޅުދުއްފުށީ ސިޓީގެ ބޮޑު އެހީތެރިކަމެއް! 📍 ހއ. ބާރަށް

ބާރަށުގެ އައު މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރަނީ، ކުޅުދުއްފުށީ ސިޓީގެ ބޮޑު އެހީތެރިކަމެއް!

ހއ. ބާރަށުގައި އަލަށް ހަދަމުން އަންނަ މަގުތައް، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރިއަށް ގެންދަން ފަށައިފިއެވެ. މި މަސައްކަތާ ގުޅޭގޮތުން ބާރަށު ކައުންސިލުން ބުނީ، މިއީ ރަށުގެ މަގުތައް ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް މަގުތަކުގެ ފުޅާމިނާއި ސީދާމިން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެ ރަށުގައި އަލަށް ހަދާ މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ތ...

ފާތިމަތު ސަޙާ
ވައިކަރަދޫގައި ބާއްވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" އަށް ބޮޑު ތަރުޙީބެއް! 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ބާއްވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" އަށް ބޮޑު ތަރުޙީބެއް!

ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް “އުދުހިލާ 2026” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެ ލިބިއްޖެ އެވެ. މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އިވެންޓެކެވެ. ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން، ކުރިއަށްގެންދާ މި އިވެންޓަކީ، އެ ޖަމްޢިއްޔާއިން މުޅިން ހިލޭ ކުރިއަށ...

ފާތިމަތު ސަޙާ
މިލަންދޫ 'މަންފާ ދަތުރު'ގެ ޢުމްރާ ނަސީބުވެރިޔަކަށް 9 އަހަރުގެ އަޔާސް 📍 ށ. މިލަންދޫ

މިލަންދޫ 'މަންފާ ދަތުރު'ގެ ޢުމްރާ ނަސީބުވެރިޔަކަށް 9 އަހަރުގެ އަޔާސް

ށ. މިލަންދޫގައި ކުރިއަށްދިޔަ “މަންފާ ދަތުރު”ގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ، ޢުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް އެ ރަށު ލައިކް، އުމުރުން 9 އަހަރުގެ އަޔާސް ހޮވިއްޖެއެވެ.  މި ޢުމްރާ ދަތުރަކީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަމަޖައްސައިދީފައިވާ ފުރުޞަތެއް ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ފޯރަމަކީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން މަންފާ ޖަމްޢިއްޔާގެ ފަރާތުން […]

ފާތިމަތު ސަޙާ
އެތެރެކުރާ ކާނާ މަދުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރަނީ، ބާރަށް ހިމެނޭ 📍 ހއ. ބާރަށް

އެތެރެކުރާ ކާނާ މަދުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރަނީ، ބާރަށް ހިމެނޭ

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުންނާއި، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ލަނޑުދަނޑި ހާސިލުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާއިފެވެ. އަދި މި މަޝްރޫއަށް ބިން ހަމަ...

ޔުމްނާ ޢަލީ
ތަޖުވީދާއި ރީތި ރާގުތަކަށް އަހުލުވެރިކޮށް، ފިނޭގެ ދަރިވަރުން ޤުރްއާން މުބާރާތަށް ފައްކާކޮށްފި 📍 ހދ. ފިނޭ

ތަޖުވީދާއި ރީތި ރާގުތަކަށް އަހުލުވެރިކޮށް، ފިނޭގެ ދަރިވަރުން ޤުރްއާން މުބާރާތަށް ފައްކާކޮށްފި

ހދ. ފިނޭ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރްއާން މުބާރާތް 2026 ގައި ވާދަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އަލް-މަސާރު އެކެޑެމިކް ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފިނޭ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި މަހުގެ 7 އިން 9 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައެވެ. މި ތަމްރީނުތަކުގެ މައިގަނޑު...

ފާތިމަތު ސަޙާ
ދިއްދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، ތާރީޚަށް ބަލާއިރު ދިއްދޫއަކީ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ވޮލީ ކ...

ފާތިމަތު ސަޙާ
ބާރަށު ކަނޑޫފަލަކުން މަރުވެފައި ހުރި 1،000 އެއްހާ މަސް ނަގައި ވަޅުލައިފި 📍 ހއ. ބާރަށް

ބާރަށު ކަނޑޫފަލަކުން މަރުވެފައި ހުރި 1،000 އެއްހާ މަސް ނަގައި ވަޅުލައިފި

ހއ. ބާރަށު ކަނޑޫފަލެއްގައި މަރުވެފައި ހުރި ގާތްގަނޑަކަށް 1،000 މަސް ނަގައި ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ. މި މަސައްކަތަކީ ބާރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އަދި އެ ރަށު ސިއްޙީ މަރުކަޒާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ އެ ރަށުގެ އެންމެ ކަނޑޫފަލަކުން ނެގުނު އަދަދު ކަމަށާއި، އަދިވެސް އިތުރު ކަނޑޫފާތައް ސާފުނުކުރެވި އޮތް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކައުންސިލ...

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (31)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (31)

7 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އޭރު ވެސް އާއިޒް ހުރީ ހިތާމައިން ފުރިގެންވާ ނަޒަރަކުން މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އާއިޒްގެ މޫނުމަތިން ފެންނަމުން ދާ ފުން ރިހުމުން ކެތް ނުވެގެން މާޔާއަށް ބާރުބާރަށް އާއިޒްގެ މެދުހަށީގައި ބައްދައިގައިގަނެވުނެވެ. ނަމަވެސް އާއިޒްގެ އަތް ދޫކޮށްލެވިފައި އޮތީ ތިރިއަށެވެ. މާޔާގެ ހަށިގަނޑުގައި ބީހިލުމުގެ ހިތްވަރެއް ނެތް ފަދައިން އޭނާ ހުރީ ގަނޑުވެފައެވެ. ” އަހަންނަށް އެނގެޔޭ އާއިޒް މި ގަޑީގައި ވަރަށް ދެރަވެފައިކަން ތި ހުރީ. ޕްލީޒް ތިހެން ނަހަދާ.” […]

ސަލާމާ ޢަބްދުލް ޢަލީމް
އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި، އެ ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި “މަނަސް ހަބް” ރަސްމީކޮށް ހުޅުވައިފިއެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހުޅުވި މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. މި މަރުކަޒަކީ މުޖުތަމައުގެ އިޖ...

ޔުމްނާ ޢަލީ
''އޭއައި'' މަނާ، ހއ. އަތޮޅަށް ޚާއްޞަ ފޮޓޯގްރަފީ މުބާރާތެއް ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން ހުޅުވާލައިފި

''އޭއައި'' މަނާ، ހއ. އަތޮޅަށް ޚާއްޞަ ފޮޓޯގްރަފީ މުބާރާތެއް ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން ހުޅުވާލައިފި

ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން، ހއ. އަތޮޅަށް ޚާއްޞަކޮށްގެން، ބާއްވާ އޮންލައިން ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި، ރާއްޖޭގެ ގުދުރަތީ ވެއްޓާއި، ދިވެހި ސަގާފަތާއި ތާރީހީ ތަރިކަ ދައްކުވައިދޭ ފޮޓޯތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ،  ތިމާވެށީގެ ރީތިކަން ފެންނަ، ސަޤާފަތް ފާހަގަކުރާ އަދި ތަރިކަ ރައްކާތެރިކުރުމަށް ބާރުއަޅާ ތަސްވީރުތައް ހިއްސާކުރުމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 1...

ފާތިމަތު ސަޙާ
ހަނިމާދޫ ގޭބިސީތަކުގެ ކަރަންޓު ޚަރަދު ކުޑަކުރަން ''މަގޭ ފުރާޅު'' ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގޭބިސީތަކުގެ ކަރަންޓު ޚަރަދު ކުޑަކުރަން ''މަގޭ ފުރާޅު'' ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު

ހދ. ހަނިމާދޫ ކައުންސިލްގެ ސްމާޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ “މަގޭ ފުރާޅު” އޮފް ގްރިޑް ސޯލާ އެނާރޖީ އިނީޝިއޭޓިވް ޤާއިމްކުރުމުގެ އުސޫލު އާންމުކޮށް، އެ މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގެ ގޭބިސީތަކަށް ހުޅުވާލައިފިއެވެ. މަގޭ ފުރާޅު އޮފް ގްރިޑް ސޯލާ ޖެހުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސްކީމަކީ ރައްޔިތުންގެ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމުގެ މުހިންމު މަޤްޞަދުގައި އެކުލަވާލައިފައިވާ އުޞޫލެކެވެ. މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި، ސާފު ހަކަތައަށް ރަ...

ފާތިމަތު ސަޙާ