ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ށ. މިލަންދޫގައި ގަސް ހައްދާ ނާރސަރީއެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިލަންދޫ ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

Ad
rt

މި ކަމާގުޅިގެން ކައުންސިލުން އާންމު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ޤާނޫނީގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ކަމަށެވެ. އެ ގޮތުން، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި، ކުންފުންޏާބެހޭ ޤާނޫނު، ޕާޓްނަރޝިޕް ޤާނޫނު، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލެވޭނެކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރ 18 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށް މިލަންދޫ ކައުންސިލުން ބުނެފައިވެއެވެ.

މި މަސައްކަތުގެ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މިލަންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، ބީލަން ބަލައިގަތުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:30 ގައެވެ.