މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
މުރައިދޫ ކައުންސިލްގެ ''އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތު''ގައި ބައިވެރިވުމުގެ ފުރުޞަތު 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލްގެ ''އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތު''ގައި ބައިވެރިވުމުގެ ފުރުޞަތު

ހއ. މުރައިދޫ ކައުންސިލްގެ “އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މުރައިދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައ،ި ރައްޔިތުންނާއި ކައުންސިލާ މެދުގައި އެކުވެރި މާޙައުލެއްގެ ތެރެއިން، ރައްޔިތުންނަށް ޚިދުމަތްދިނުމުގައ،ި ކައުންސިލްގެ ތަޞައްވަރު ރަނގަޅުކުރުމާއ،ި ޒުވާނުންގެ މެދުގައި ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު މަޤްޞަދުގައި ބޭއްވ...

ފާތިމަތު ސަޙާ
ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ 📍 ހދ. މަކުނުދޫ

ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ

ހދ. މަކުނުދޫ ސްވިމިން ޓްރެކްގައި ހަރުކުރެވިފައިވާ ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްވިމިން ޓްރެކްގައި ޖަހާފައިވާ ގާފޮރިތައް ސާފުކުރުމުގެ މުޙިއްމު މަސައްކަތެއް މި ދުވަސްވަރު ކުރެވެމުން ދާ ކަމަށެވެ. އަދި ގާފޮރިޖެހުމުން، ސަލާމަތް ކުރުމަށްޓަކައި ޓްރެކްގައި ސަތަރި ހަރުކުރެވެމުން ދާތީ، ޓްރެކް ބޭނުން ކުރާ ފަރާތްތަކުން ސަތަރިތަކަށް އެއްވެސް ގެއްލުމެއް ނުވ...

ފާތިމަތު ސަޙާ
މާއުނގޫދޫ އަންހެނުންގެ ކޮމިޓީގެ ދަނޑު ބިން ސާފުކޮށް ފެންސް ޖަހައި ކުއްޔަށް ދޫކުރުމަށް ތައްޔާރުވެއްޖެ

މާއުނގޫދޫ އަންހެނުންގެ ކޮމިޓީގެ ދަނޑު ބިން ސާފުކޮށް ފެންސް ޖަހައި ކުއްޔަށް ދޫކުރުމަށް ތައްޔާރުވެއްޖެ

ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑުބިން، ކުއްޔަށް ދޫ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމައިފިއެވެ. އެ ގޮތުން، ކުރިން ހާމައަށް އޮންނަ އެ ބިމުގެ ވަށައިގެން ފެންސުޖެހުމާއެކު ސާފުކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށް އެ ރަށު އތމ ކޮމިޓީން މައުލޫމާތު ދެއްވައެވެ. މާއުނގުދޫ އތމ ކޮމިޓީގެ ރައީސާ ޝަރަފިއްޔާ މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށު ވޭސްޓްމެނޭޖްމަންޓް ސެންޓަރާ ދިމާލުގައި އޮތް، ދަނޑުބިން ކުއްޔ...

ފާތިމަތު ސަޙާ
ކުޅުދުއްފުށީގައި ކުރިއަށްދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯސް ނިންމާލައިފި

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯސް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 11 ވަނަ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯމަ ދުވަހު ކުޅުދުއްފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނާޒިމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް އެޑިޔުކޭޝަނ...

ފާތިމަތު ސަޙާ
ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް 📍 ހއ. ދިއްދޫ

ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް

ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭ ގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ދިއްދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު...

ފާތިމަތު ސަޙާ
ނެއްލައިދޫގައި މަލްޓި ޕަރޕަސް ކޯޓެއް ތަރައްޤީކުރަން ހަވާލުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި މަލްޓި ޕަރޕަސް ކޯޓެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ނެއްލައިދޫގައި މަލްޓި ޕަރޕަސް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސޭންޑްޕިކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟެވެ. އަދި ސޭންޑްޕިކްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ ހަސަން އާނިމެވެ. ނެއްލައިދޫ ކައުންސިލުން މަޢުލޫމާތުދެއްވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ތަރައްޤީކުރުމަށް ހަމ...

ފާތިމަތު ސަޙާ
ދަނޑުގެ ބޭނުން ހިފުމުގައި ޚާއްޞަ ކަންތައްތަކަކަށް ސަމާލުވާން ނައިވާދޫ ރައްޔިތުންގެ ކިބައިން އެދިއްޖެ 📍 ހދ. ނައިވާދޫ

ދަނޑުގެ ބޭނުން ހިފުމުގައި ޚާއްޞަ ކަންތައްތަކަކަށް ސަމާލުވާން ނައިވާދޫ ރައްޔިތުންގެ ކިބައިން އެދިއްޖެ

ފުޓްބޯޅަ ދަނޑަށް ވަންނައިރު، ބޫޓަށް އަރައިގެން ވަނުމާއި، ފުޓްބޯޅަ ކުޅުމަށާއި، ކަސްރަތު ކުރުމަށް ފިޔަވައި، އެހެން ބޭނުންތަކަށް ދަނޑު ބޭނުން ނުކުރުމަށް ހދ. ނައިވާދޫ ކައުންސިލުން ރައްޔިތުންގެ ކިބައިން އެދެފިއެވެ. ދަނޑަށް އެއްވެސް  ބާވަތެއްގެ ގެއްލުމެއް ނުލިބޭނެ ފަދައިން އަދި ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވެސް ކައުންސިލުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ތަރައްޤީކޮށްފައިވާ ޕާކުތަކަށް ކުޑަކުދިން ގ...

ފާތިމަތު ސަޙާ
ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް 📍 ހދ. ކުޅުދުއްފުށި

ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް

ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް ބީވީއައިއެސްއެމް އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށް ދިޔަ މަޝްވަރާގައި މޭޔަރު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ސިޓީ ކައުންސިލް ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް ލޯފަން އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ކުޅު...

ފާތިމަތު ސަޙާ
ހިލަ ބޭލުމަށް ދަތިވާތީ މަކުނުދޫ އެއާޕޯޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ 📍 ހދ. މަކުނުދޫ

ހިލަ ބޭލުމަށް ދަތިވާތީ މަކުނުދޫ އެއާޕޯޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ

ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ފަސްގަނޑުގައި ޖެހުމަށް ގެންނަ ހިލަ ބޭލުމަށްޓަކައި ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި އަޅާފައިވާ ޑިންގީ، އޮޑި އަދި ދޯނިފަހަރުތައް ވީ އެންމެ އަވަހަކަށް ނެގުމަށް މަކުނުދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް މަޝްރޫޢަށް ބޭނުންވާ ހިލަ ބޭލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މީގެ ކުރިން 18 ފެބުރުވަރީ 2026 ގައި ވެސް ވަނީ އަންގާފައެވެ. ނަމަވެސް،...

ފާތިމަތު ސަޙާ
ކޭއާރްއެޗްގެ ޓީމަށް ޑރ. ޢާރިފްގެ ޚާއްޞަ ސެޝަނެއް، ނަފްސާނީ ކުއްލި ޙާލަތްތައް ފިނިކުރުމުގެ އުކުޅުތައް ދަސްކޮށްދީފި 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗްގެ ޓީމަށް ޑރ. ޢާރިފްގެ ޚާއްޞަ ސެޝަނެއް، ނަފްސާނީ ކުއްލި ޙާލަތްތައް ފިނިކުރުމުގެ އުކުޅުތައް ދަސްކޮށްދީފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ކްލިނިކަލް މުވައްޒަފުންނަށް ޚާއްޞަކޮށްގެން، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުވުމާއި ތަމްރީނު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ގެ ޑޮކްޓަރުންނާއި، ނަރުހުން އަދި ކްލިނިކަލް އެކި ޑިޕާޓްމަންޓްތަކުގެ ޞިއްޙީ ޚިދުމަތްތެރިންނަށެވެ. މި ތަމްރީނު ސެޝަން ނަންގަވައިދެއްވީ ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން 14 އަހަރަ...

ފާތިމަތު ސަޙާ
ވައިކަރަދޫގެ ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގެ ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފި

އެޓްމޮސްފިއަރ ފައުންޑޭޝަނާއި ހދ. ވައިކަރަދޫ ކައުންސިލް ގުޅިގެން އެރަށު ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފިއެވެ. މިއީ ވައިކަރަދޫގެ ވެއްޓަކީ ފެހި، ފިނި ވެއްޓަކަށް ހެދުމަށް ވައިކަރަދޫ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން ހިންގާ އޮނު އިންދާ ހެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ވައިކަރަދޫގެ ގޭބިސީތަކުގެ އިތުރުން ރަށުގައި ތަރައްޤީކުރާ ބެމްބޫ ޕާކާއި، ރަށުގެ އެކި ހުސް ބިންތަކުގައި އޮނުގަސް އިންދައި ހެއްދުމެވެ. މިގޮތުން އެޓްމ...

ފާތިމަތު ސަޙާ
މާއުނގޫދޫގައި ހިންގި ''ފަތަމާ ހިނގާ'' ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މާއުނގޫދޫގައި ހިންގި ''ފަތަމާ ހިނގާ'' ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މާއުނގޫދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސްކޫލުގެ ޕީޓީއޭގެ އިސްނެގުމާއެކު، ސްކޫލާއި މާއުނގޫދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ގްރޭޑް 1 އިން 9 އާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާމް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމުގައި ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށާއި، އޭގެ ތެރެއިން 90 އިންސައްތަ ކުދިންނަކީ...

ފާތިމަތު ސަޙާ
ކުމުންދޫ އަންހެނުންގެ ކޮމިޓީގެ ފަތްކެޔޮ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ އަންހެނުންގެ ކޮމިޓީގެ ފަތްކެޔޮ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފި

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހިންގަމުން އަންނަ ފަތްކެޔޮ ދަނޑު ބެލެހެއްޓުމުގެ މަސައްކަތް ސަން ޓްރޭޑާސްއާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި މަސައްކަތް އެ ފަރާތާ ހަވާލުކުރީ މަހަކު ވަކި އުޖޫރައެއް ކަނޑައަޅައިގެން ކަމަށް ކުމުންދޫ އތމ ކޮމިޓީން މައުލޫމާތު ދެއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނި ގޮތުގައި، މި […]

ފާތިމަތު ސަޙާ
ޗެމްޕިއަން ޓީމަށް 50،000ރ، ފީވަކު ''ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް'' ބައިވެރިވުމުގެ ފުރުޞަތު މުޅި ރާއްޖެއަށް

ޗެމްޕިއަން ޓީމަށް 50،000ރ، ފީވަކު ''ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް'' ބައިވެރިވުމުގެ ފުރުޞަތު މުޅި ރާއްޖެއަށް

ށ. ފީވަކު ރޮލިގަންސް ޖަމުޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅުވާލައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މި މުބާރާތަކީ ފީވަކުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފައިސާގެ އިނާމުތަކާއެކު ބޭއްވޭ، އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރ...

ޔުމްނާ ޢަލީ
ކަނޑިތީމު ކުދިންނަށް ''ކުރަހާ ރާއްޕެ''އާ އެކު ''ކުރަހާލުމަށް ވަގުތުކޮޅެއް''، ޗާކޯލް ކުރެހުން ދަސްކޮށްދޭ ޚާއްޞަ އިވެންޓެއް މިއަދު! 📍 ށ. ކަނޑިތީމު

ކަނޑިތީމު ކުދިންނަށް ''ކުރަހާ ރާއްޕެ''އާ އެކު ''ކުރަހާލުމަށް ވަގުތުކޮޅެއް''، ޗާކޯލް ކުރެހުން ދަސްކޮށްދޭ ޚާއްޞަ އިވެންޓެއް މިއަދު!

ށ. ކަނޑިތީމުގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން “ކުރަހާލުމަށް ވަގުތުކޮޅެއް” ގެ ނަމުގައި ކުރެހުމުގެ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މިއީ ކަނޑިތީމު ކައުންސިލާއި މަޝްހޫރު ކުރެހުންތެރިޔާ “ކުރަހާ ރާއްޕެ” ގުޅިގެން، އެ ރަށުގެ ގްރޭޑް 3 ން 6 ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ޚާއްޞަ އިވެންޓެކެވެ. މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު، އެ ރަށު އަތިރިމަތީގައެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ “ތިލަދުން”އަށް ވިދާޅުވީ މި އިވެންޓްގައި މިހާރު 40 ވަރަކަށް ކުދިން ބައިވެރިވ...

ފާތިމަތު ސަޙާ