ހދ. ނެއްލައިދޫގައި މަލްޓި ޕަރޕަސް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސޭންޑްޕިކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟެވެ. އަދި ސޭންޑްޕިކްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ ހަސަން އާނިމެވެ.
ނެއްލައިދޫ ކައުންސިލުން މަޢުލޫމާތުދެއްވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ފެންވަރުގެ މަލްޓި-ޕަރޕަސް ކޯޓެކެވެ.
މިއީ ޖުމްލަ 1.8 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް ވެސް އެ ކައުންސިލުން މި ނޫހަށް ޙިއްސާ ކުރައްވާފައިވެއެވެ.
މި މަޝްރޫޢު ނިމުމުން ނެއްލައިދޫގެ ޒުވާނުންނަށާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ވަޞީލަތްތަކަކާ އެކު ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!