މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (785 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
785 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

785 ޚަބަރުގެ ތެރެއިން
ދިއްދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، ތާރީޚަށް ބަލާއިރު ދިއްދޫއަކީ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ވޮލީ ކ...

ފާތިމަތު ސަޙާ
ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި 📍 ހއ. ދިއްދޫ

ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ދިއްދޫ ސްޕޯޓްސް ކްލަބުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ކުޅެ ދިއްދޫން މި ހޯދި ނަތީޖާއާއެކު އެ ޓީމު ވަނީ ތާރީޚުން އައު ޖާގައެއް ކަށަވަރުކޮށްފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ފެށުން ވަރުގަދަކުރި މި […]

އަޙްމަދު ވަހީދު
ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް 📍 ހއ. ބާރަށް

ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ. ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން […]

ފާތިމަތު ސަޙާ
ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް […]

ޝިއުނާ އާދަމް
އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު! 📍 ހއ. ދިއްދޫ

އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު!

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތާރީޚީ މެޗު ދިއްދޫ ފުޓުބޯޅަ ދަނޑުން ބަލައިލުމަށް، ބޮޑުތިލަދުންމަތީގެ އެންމެހައި ރައްޔިތުންނަށް ދިއްދޫ ކައުންސިލުން ދަޢުވަތު އަރުވައިފިއެވެ. މިއީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ މެޗެއް ވެރިރަށް މާލެއިން އުތުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މުޅި ބޮޑުތިލަދުންމައްޗަށް […]

ފާތިމަތު ސަޙާ
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ 📍 ހއ. ދިއްދޫ

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ހޯދައި، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން ހާސިލުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައެވެ. އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އައިހަމް […]

އަޙްމަދު ވަހީދު
ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު 📍 ހއ. ދިއްދޫ

ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެފައިވާއިރު، އެ ރަށާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، ތާރީޚީ ކްލަބް އެރަށަށް ރޭ ދިޔުމުން ކީ ހޫނު މަރުޙަބާއަށް އެ ކްލަބުން ޝުކުރު އަދާކޮށްފިއެވެ. އުތުރުގައި ކުޅޭ މި ތާރީޚީ މެޗަށް ނިއުގެ ޓީމު ރޭ ވަނީ ދިއްދޫ އަށް ގޮސްފައެވެ. ނިއުއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގުގައި […]

ޝިއުނާ އާދަމް
މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް ދިއްދޫ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު ސްޓާފް ލައުންޖެއް 📍 ހއ. ދިއްދޫ

މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް ދިއްދޫ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު ސްޓާފް ލައުންޖެއް

މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު “ސްޓާފް ލައުންޖެއް” ހަދިޔާކޮށްފިއެވެ. މިއީ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނަށް އަރާމު، ހިތްފަސޭހަ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބެލެނިވެރިން އިސްނަގައިގެން ތައްޔާރުކުރި ތަނެކެވެ. ސްކޫލުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާކުރި މި ސްޓާފް ލައުންޖުގައި ސައި ކޮޓަރިއެއްގެ އިތުރުން، ބޭ...

ފާތިމަތު ސަޙާ
''ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި"" 📍 ހއ. ދިއްދޫ

''ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި""

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ދޮށީ އުމުރުފުރާތަކުގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ “ހއ. ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫގައި ރަޖިސްޓްރީކޮށް، ހިންގަމުންދާ ކްލަބް ޖަމްޢިއްޔާތަކާއި ދިއްދޫގެ ހަރު އުމުރުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލަކޮށް ދެމެހެއްޓުމުގެ މައިގަނޑު މަޤްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ، މިނިސް...

ފާތިމަތު ސަޙާ
ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި

ހއ.  ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ކުރިއަށްގެންދާ ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އަށް ޖުމްލަ 119 ބިއްލޫރި ފުޅި ޙަވާލުކޮށްފިއެވެ.   މަކުނުދޫ އތމ ކޮމިޓީގެ ރައީސާ ޝަހުމާ އާދަމް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދިއްދޫ’ “ކުރިމަގު” ޖަމްޢިއްޔާއިން ހަދިޔާކުރި ބިއްލޫރި ފުޅިތައް މަކުނުދޫގެ މުއައްސަސާތަކަށް މިއަދު ޙަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މުއައްސަސާއަކަށް 15 ފުޅި މިހާރު ޙަވާލުކުރެވިފައިވާ ކަމ...

ފާތިމަތު ސަޙާ
ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް 📍 ހއ. ބާރަށް

ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން ހއ. ދިއްދޫ، ބާރަށް އަދި އުތީމަށް ވަޑައިގެންފިއެވެ. ވަޒީރު އެ ރަށްތަކަށް ވަޑައިގަންނެވުމުން، އެ ރަށްތަކުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ތަންތ...

ޝިއުނާ އާދަމް
ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ހއ.ދިއްދޫ ކައުންސިލް ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި އޮގަސްޓް 6 އިން 8 އަށް ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ)އެވެ. މި ރަސްމިއްޔާތުގައި މެންބަރު ލަތީފް ދެއްކެވި ވާހަކާގައި ދިއްދޫއަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައ...

ފާތިމަތު ސަޙާ
ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި 📍 ހއ. ދިއްދޫ

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައި ބީމް ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ ގޮތަށް 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމާއި، […]

ޝިއުނާ އާދަމް
މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި 📍 ހއ. ދިއްދޫ

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި ތިން ވަނަ މެޗުގައި ހަނި ގޮތަކަށް ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ. ރޭގެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދިއްދޫގެ ތައުމީން ނޫހާއި، ޓެޓޭ ގިޑިއޯން،  ހުސައިން ޒިމްޔާން، އާދަމް އާޒިމް ފަދަ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ބުރު ސްޕޯޓްސްގެ އަތުގައި […]

ޔުމްނާ ޢަލީ
ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ފެށުން ވަރުގަދަ، ބުރު ބަލިކޮށް ތާރީޚީ މޮޅެއް 📍 ހއ. ދިއްދޫ

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ފެށުން ވަރުގަދަ، ބުރު ބަލިކޮށް ތާރީޚީ މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ދިއްދޫ ތާރީޚީ މޮޅެއް ހޯދައިފިއެވެ. މިރޭ ކުޅުނު މެޗުގައި ދިއްދޫ އަށް ތާރީޚީ ލަނޑު ޖަހައިދިނީ އެ ޓީމުގެ ފޯވާޑް، ޖޯޒީ ނަންބަރު 26، ގާނާގެ ގިޑިއެން ޓެޓޭ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމެއް ބުރުގެ ގޯލް ކަނަށް ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނިޓްގައި ދިއްދޫއިން ޖެހިލަނޑާއެކު މެޗުގެ ކުޅުން ވެސް ނިމުނީ އެނަތީޖާގައި އޮވެގެންނެވެ. މި […]

ޔުމްނާ ޢަލީ