މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު 📍 ށ. ފުނަދޫ 1 މިނިޓު

ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ...

ޔުމްނާ ޢަލީ
ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށް 📍 ހދ. ކުޅުދުއްފުށި

ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށް

ހދ. ކުޅުދުއްފުށީގައި ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ކުޅުދުއްފުށްޓަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ޖުލައި މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކައިރީގައި ފައިސާ ދޭން އެދުމުން ފައިސާ ނުދިނުމުން އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގަ އެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން އެތަނަށް ދިއުމުން, ފުލުހުންގެ ކުރިމަތީގައި ވެސް އޭނާގެ ބޭބެއަށް މަރުގެ އިންޒާރު […]

ހުސައިން ހަބީބް
މާމަކުނުދޫ ޤުރުއާން މުބާރާތުގެ އެއްވަނަ މުޙައްމަދު އިބްރާހީމަށް، އިނާމަކަށް ޢުމްރާ ދަތުރާއެކު ބޮޑު ފައިސާގެ އިނާމެއް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ޤުރުއާން މުބާރާތުގެ އެއްވަނަ މުޙައްމަދު އިބްރާހީމަށް، އިނާމަކަށް ޢުމްރާ ދަތުރާއެކު ބޮޑު ފައިސާގެ އިނާމެއް

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ” މާމަކުނުދޫ ޤުރުއާން މުބާރާތް 2026″ ގެ 1 ވަނަ އެ ރަށު ޑިޒާވް، މުޙައްމަދު އިބްރާހީމް ހޯދައިފިއެވެ. މި މުބާރާތުގެ 1 ވަނައަށް، މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ހުށަހެޅި ޢުމްރާ ދަތުރާއި، މަކުނުދޫ ކައުންސިލުން ދިން 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހުށަހެޅި 2،000 ރުފިޔާގެ ފައިސާގެ އިނާމު، ރޭ ބޭއްވި ރަަަަސްމިއްޔާތުގައި މުޙައްމަދު […]

ފާތިމަތު ސަޙާ
ފުނަދޫ ތެޔޮ ޝެޑެއްގައި ރޯވުން: ގެއެއް އަނދައި، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ 📍 ށ. ފުނަދޫ 2 މިނިޓު

ފުނަދޫ ތެޔޮ ޝެޑެއްގައި ރޯވުން: ގެއެއް އަނދައި، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެއް ގެ އެއްކޮށް އަނދައި އަދި ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ […]

ޔުމްނާ ޢަލީ
ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެ

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން، އެ ސަރަހައްދުގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އަދި އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މީގެ އިތުރުން މި ހާދިސާގައި އެއްވެސް […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (33)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (33)

14 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: “ބައްޕަ އެ ގުޅުން ބާއްވަނީ ކާކާކަން އަހަންނަށް އެނގިއްޖެ.” މާޒިން ބުންޏެވެ. ސުވޭދާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. އެތައް ދުވަހަކު އޭނާ ހޯދަން އުޅުނު ހަގީގަތުގެ ދޮރު، ދަރިފުޅުގެ މި ޖުމްލައާއެކު ހުޅުވިގެން ދިޔަ ކަހަލައެވެ. މާޒިންގެ މޫނަށް ބަލަހައްޓައިގެން މާ ގިނަ އިރަކު ސުވޭދާއަކަށް ނީނދެވުނެވެ. އޭނާ މަޑުމަޑުން ތެދުވުމާއެކު މާޒިން މޫނު އުފުލައިގެން އިނދެ މަންމަގެ މޫނަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ހޯރަފުށީގެ ކަރަންޓު ކެޕޭސިޓީ 3.3 މެގަވޮޓަށް؛ އައު ޖަނަރޭޓަރުން ޚިދުމަތް ދޭން ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ކަރަންޓު ކެޕޭސިޓީ 3.3 މެގަވޮޓަށް؛ އައު ޖަނަރޭޓަރުން ޚިދުމަތް ދޭން ފަށައިފި

ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓް (1000 ކިލޯވޮޓް) ގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ ވަނީ އިތުރުވެގެން ގޮސްފައެވެ. އައު ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް މަތިވެފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގައި ކަރަންޓު […]

ޔުމްނާ ޢަލީ
ތަކަންދޫ ''މުއައްސަސާ ކަޕް'' އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ''މުއައްސަސާ ކަޕް'' އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ތަކަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “މުއައްސަސާ ކަޕް 2026” އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ މުއައްސަސާތަކަށް ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މި މުބާރާތަކީ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުޖުތަމަޢުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް...

ޔުމްނާ ޢަލީ
ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި 📍 ހއ. ކެލާ

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި

ހއ. ކެލާ ބަނދަރުގެ ސަރަހައްދަކަށް ވެލިއަރައި ތިލަވުމާ ގުޅިގެން، ބަނދަރު ފުންކުރުމުގެގޮތުން އާންމުންގެ ބޭނުންތަކަށް ވެލި ނެގުމުގެ ފުރުސަތު އެއްމަސް ދުވަހުގެ މުއްދަތަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކެލާ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރައި ތިލަވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުންކުރުމުގެ ގޮތުން، އާންމުންގެ ބޭނުންތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ރަށު ބަނދަރުން ވެލި ބޭނުންވާ...

ޝިއުނާ އާދަމް
ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި 📍 ހދ. ނޮޅިވަރަންފަރު 2 މިނިޓު

ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށާއި، ނޮޅިވަރަންފަރުގެ ބޮޑު ސަރަހައްދަކުން ފެން ހިނދި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން އާންމުކުރި ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ނޮޅިވަރަމަށް ވާރޭ ވެހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ވާރޭ ހުއްޓުނު ނަމަވެސް، އެ ރަށުގެ ގިނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސަލާމަތްކޮށްފި

ކުޅުދުއްފުށީގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސަލާމަތްކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގެ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ވަނީ އެ އުޅަނދަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ...

ޔުމްނާ ޢަލީ
ށ.އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ށ.އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ށ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ނުވަތަ އެޕޮއިންޓްމަންޓް ހަދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފިއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، އަލަށް ގެނައި މި ބަދަލުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. އަލަށް ގެނެވުނު ބަދަލުތަކާ އެކު، ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މެންދުރުފަހު އެވެ...

ޔުމްނާ ޢަލީ
ވިއްސާރައިގައި ބޮޑު ތިލަދުންމަތި: ބޮޑެތި ގެއްލުންތަކެއް، ފެން ހިންދުމުގެ މަސައްކަތް ކުރިއަށް 1 މިނިޓު

ވިއްސާރައިގައި ބޮޑު ތިލަދުންމަތި: ބޮޑެތި ގެއްލުންތަކެއް، ފެން ހިންދުމުގެ މަސައްކަތް ކުރިއަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުގެ އެކި ރަށްރަށުގައި ފެންބޮޑުވެ، ގިނަ ގެތަކަކަށާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހިފައިވާއިރު، ފެން ހިންދުމަށްޓަކައި ޕަންޕުތައް ބޭނުންކޮށްގެންނާއި މޫދަށް ކޯރު ކަނޑައިގެން ސަލާމަތީ ބާރުތަކާއި ކައުންސިލްތަކާއި، ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ވިއްސާރައިގެ އަދާހަމަ ދެމުން ނ...

ޝިއުނާ އާދަމް
ތަކަންދޫ އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައިފި

ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަކޮށްގެން އެރަށުގައި ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މި ކޯޗިން ކޭމްޕް ނިންމާލައި، ކޯޗިން ކޭމްޕް ފުރިހަމަކުރި ބައިވެރިންނަށް ބުދަ ދުވަހު ވަނީ ސެޓްފިކެޓް ދީފައެވެ. މި ވޮލީ ކޯޗިން ކޭމްޕްގައި […]

ޔުމްނާ ޢަލީ
ގަދަ ވިއްސާރައިގައި ކުޅުދުއްފުށި ފެނުއަޑީގައި: 100 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެހީތެރިކަމަށް އެދި އެތައް ކޯލެއް 📍 ހދ. ކުޅުދުއްފުށި 3 މިނިޓު

ގަދަ ވިއްސާރައިގައި ކުޅުދުއްފުށި ފެނުއަޑީގައި: 100 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެހީތެރިކަމަށް އެދި އެތައް ކޯލެއް

ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 100 އަށް ވުރެ ގިނަ ގޭބިސީއަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ. ވިއްސާރައާ ގުޅިގެން އުފެދުނު މި ހާލަތާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް (އީއޯސީ) ގާއިމުކޮށްފަ އެވެ. ސިޓީ […]

ޔުމްނާ ޢަލީ