ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި " މާމަކުނުދޫ ޤުރުއާން މުބާރާތް 2026" ގެ 1 ވަނަ އެ ރަށު ޑިޒާވް، މުޙައްމަދު އިބްރާހީމް ހޯދައިފިއެވެ.

މި މުބާރާތުގެ 1 ވަނައަށް، މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ހުށަހެޅި ޢުމްރާ ދަތުރާއި، މަކުނުދޫ ކައުންސިލުން ދިން 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހުށަހެޅި 2،000 ރުފިޔާގެ ފައިސާގެ އިނާމު، ރޭ ބޭއްވި ރަަަަސްމިއްޔާތުގައި މުޙައްމަދު އިބްރާހީމަށް ޙަވާލުކޮށްފައިވެއެވެ.

Ad
rt

މީގެއިތުރުން މި މުބާރާތުގެ 2 ވަނަ އަމީން ފަޒީލް ހޯދާފައިވާއިރު، މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ ޢައިނީ މުޙައްމަދު ޖިނާނެވެ.

މާމަކުނުދޫ ޤުރްއާން މުބާރާތުގެ 1 ވަނަ ހޯދި މުހައްމަދު އިބްރާހީމަށް އިނާމް ހަވާލުކޮށްދެނީ، ފޮޓޯ: މަކުނުދޫ ކައުންސިލް

މަކުނުދޫ ރައްޔިތުންގެ ހިތުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް، ޤުރުއާން ކިޔަވަން ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފައްދައި، ތަޖުވީދުގެ ހަމަތަކުގެ މަތިން ތަރުތީލުކޮށް ކިޔެވުމުގެ ޝައުޤުވެރިކަން އާލާކުރުމާއި، ދީނީ ރޫޙު އަށަގެންނެވުމާއި އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ވާދަކޮށް ރަށަށް ރީތިނަން ހޯދައިދެވޭ ފަދަ ފަރާތްތަކެއް އުފެއްދުމުގެ މާތް މަޤްޞަދުގައި ބޭއްވުނު މި މުބާރާތުގައި ޖުމްލަ 111 ކުދިން ބައިވެރިވެފައިވެއެވެ.

މާމަކުނުދޫ ޤުރްއާން މުބާރާތުގެ 1، 2 ވަނަ އަދި 3 ވަނަ ހޯދި ބައިވެރިން، ފޮޓޯ: މަކުނުދޫ ކައުންސިލް

އޮކްޓޫބަރ 23 އަދި 24 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އައްޝައިޙް އަޙްމަދު ރިފްޢަތެވެ.