މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫ ކައުންސިލުން ދަނޑުވެރިކަމުގެ ކޯހެއް ހިންގަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ދަނޑުވެރިކަމުގެ ކޯހެއް ހިންގަނީ

ހދ.ހަނިމާދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގައި ދަނޑުވެރިކަމުގެ ކޯހެއް ހިންގަން ނިންމައި ބައިވެރިން ހޯދަން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން 02 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެ ކައުންސިލާއި އެ ރަށުގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ގުޅިގެން ދަނޑުވެރިކަމުގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހިނގާ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު...

އިބްރާހިމް ޚަލީލް
ބަޖެޓް 2022، ޕީއެސްއައިޕީ ޕްރޮޖެކްޓްސް: މާލެއިން އުތުރުން އެންމެ ފުލަށް ވައިކަރަދޫ 📍 ހދ. ވައިކަރަދޫ

ބަޖެޓް 2022، ޕީއެސްއައިޕީ ޕްރޮޖެކްޓްސް: މާލެއިން އުތުރުން އެންމެ ފުލަށް ވައިކަރަދޫ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓުގެ ދަށުން، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުންހިނގާ ޕްރޮޖެކްޓްތަކުގެ ގޮތުގައި އަލަށް ގިނަ ކަންތައްތަކެއް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އަދި ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން އަންނަނީ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. ޕީއެސްއައިޕީ އަކީ ދައުލަތުން ހިނގާ އުމްރާނީ...

ޖަލްވާން ޖާދުﷲ
ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި 📍 ހއ. ތުރާކުނު

ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި

ހއ. ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި އެވެ. މި ޑެސްކް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު އެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ...

އަޙްމަދު އަރުޝަމް
ފުނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް 📍 ށ. ފުނަދޫ

ފުނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް

ށ. ފުނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ. ފުނަދޫ ކައުންސިލުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، ރޭ އެކަނިވެސް އެރަށުން ވަނީ 8 ފަރާތެއް ޕޮޒިޓިވް ވެފައެވެ. މިއަދު އެރަށުން އަލަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން ތިބި 2 ގެ އެއް ވަނީ މޮނިޓަރިން އަށް ލާފައެވެ. ފުނަދޫ ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު […]

އަޙްމަދު އަރުޝަމް
ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ

ހދ. ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ ބޮޑުވެ، ގޮނޑުދޮށުން ވެލި ނުނެގުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފި އެވެ. އެ ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެކައުންސިލުން ނެރުނު އިޢުލާނެއްގަ އެވެ. ފަހަކަށް އައިސް އެރަށުގެ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގަމުން ގެންދާކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާކަމަށް އިއުލާނުގައި ފާހަގަކުރެއްވި އެވެ. “މިކަމަކީ ޤާނޫނު ނަންބަރު 77/78 “ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެ...

އަޙްމަދު އަރުޝަމް
ހޯމް މިނިސްޓަރާއި، ޕޮލިސް ކޮމިޝަނާ އުތުރުގެ ބައެއް ރަށްރަށަށް 

ހޯމް މިނިސްޓަރާއި، ޕޮލިސް ކޮމިޝަނާ އުތުރުގެ ބައެއް ރަށްރަށަށް 

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އުތުރުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިއަދުން ފެށިގެން މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. ތުރާކުނުގައި އެރަސްމިއްޔާތު އޮތީ މިއަދު 14:00 ގައެވެ. މީގެއިތުރުން އެ އަތޮޅު ހޯރަފުއްޓާއި ހދ. ކުޅުދުއްފުށީ ސިޓީއަށް […...

އަޒްފާ ރަޝީދު
ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ވައިޓް އެލާޓް

ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ވައިޓް އެލާޓް

މޫސުން ގޯސްވެ، ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ރ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ރ އަތޮޅާއި ދެމެދު ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އިން […]

އިބްރާހިމް ޚަލީލް
ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ 📍 ހއ. ބާރަށް

ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް (ތިލަދުންމައްޗަށް) ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 10 ޑިސެމްބަރ 2021 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދެ ޖިންސަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި […]

އިބްރާހިމް ޚަލީލް
ބަޖެޓް 2022: ށ. އަތޮޅުގައި އަލަށްފަށާ 39 މަޝްރޫޢުއެއް

ބަޖެޓް 2022: ށ. އަތޮޅުގައި އަލަށްފަށާ 39 މަޝްރޫޢުއެއް

އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ށ. އަތޮޅުގެ 14 ރަށުގައި އަލަށް 39 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. ޕީއެސްޕީއައިޕީގެ ދަށުން އަންނަ އަހަރަށް ބޮޑުތިލަދުންމަތީގެ ހއ. އަތޮޅަށް ހިމަނާފައި ވަނީ އެ އަތޮޅުގެ 14 ރަށަށް އައު 32 މަޝްރޫޢުއެކެވެ. ހދ. އަތޮޅުގެ 12 ރަށް ހިމަނާފައި ވަނީ އައު 29 މަޝްރޫޢުއެކެވެ. އަދި ކުޅުދުއްފުށީ ސިޓީއަށް އަލަށް 8 މަޝްރޫޢުއެއް ހިމަނާފަ ވެއެވެ. ފިނޭންސް މިނިސްޓްރީން […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާން ރޯވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާން ރޯވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި ކަމަށެވެ. މި ޑިންގީ އަކީ 22 ފޫޓްގެ ޑިންގީއެއްކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވަ އެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ވިދާޅުވި އެވެ. ހދ.ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި އަޅާފައި އޮތް 22 ފޫޓްގ...

އަލީ އާދިލް
ތިލަދުންމަތީގެ އިތުރު ތިން ރަށެއްގައި ހިންގާ ޕްރޮޖެކްޓުތައް އާޒިމް ބައްލަވައިލައްވައިފި

ތިލަދުންމަތީގެ އިތުރު ތިން ރަށެއްގައި ހިންގާ ޕްރޮޖެކްޓުތައް އާޒިމް ބައްލަވައިލައްވައިފި

ހއ. އިވަންދުއާއި ހޯރަފުއްޓާއި ހދ. ނެއްލައިދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން އިހަވަންދޫ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތާއި ނެއްލައިދޫ ބަނދަރާައި ފެރީ ސްޓޮޕުގެ މަސައްކަތް ވަނީ ބައްލަވާފައެވެ. މީގެ އިތުރުން ހޯރަފުށީ އެއާޕޯޓު މަރާމާތު ކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތ...

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިބްރާޙީމް ޢުމަރު

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިބްރާޙީމް ޢުމަރު

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް، ކުޅުދުއްފުށި ސިޓީ އަލްފާ، އިބްރާޙީމް ޢުމަރު އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ފަރާތެއް އިއްޔެ އައްޔަނުކޮށްފައެވެ. ހދ. އަތޮޅު ކައުންސިލުގެ ސެކ...

ޔުމްނާ ޢަލީ
އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް 📍 ހއ. ދިއްދޫ

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

އަލީ އާދިލް
ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ 📍 ށ. މަރޮށި

ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ

ހދ. ނޮޅިވަރަމަށާއި، ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސް ލިބިއްޖެއެވެ. ސަރުކާރުން މަރޮށްޓަށް ފޮނުވި އެމްބިއުލާންސް އެރަށަށް ފޯރީ އިއްޔެއެވެ. ނޮޅިވަރަމަށް އެމްބިއުލާންސް ލިބުނީ މިއަދުއެވެ. ކޯވިޑްގެ ހިތްދަތިކަމުގައި ނޮޅިވަރަމް ބަންދުވެފައި އޮތް ދުވަސްވަރު އެރަށުގައި ކުރިން އޮތް އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ވަނީ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. މިގޮތުން ބަލިމީހުން އުފުލަން އެދުވަސްވަރު ޕިކަޕް ބޭނުންކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރިން ވެސް ސާމްޕަލް ނެގުމަށާއި، މިނޫންވެސް ރަސްމީކަން...

ޙުސައިން ޝަހުދީ
ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެރަށުގައި ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފިއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމަކުން ވވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. ރޭ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ ދިއްދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލް އަދި […]

އަޒްފާ ރަޝީދު