ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެރަށުގައި ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފިއެވެ.
އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމަކުން ވވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ.
ރޭ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ ދިއްދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލް އަދި ދިއްދޫ ޕޮލިސް އެވެ. ކްލަބް/ޖަމިއްޔާތަކުން ވާދަކުރަނީ ހީވެސް ނުވޭ، މިޑްލް ސްޕޯޓްސް ކްލަބް އަދި ނާޑް ސްޕޯޓްސް އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނާރަޕް ޓީމަަށް 2،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ފެއާ ޕްލޭ ޓީމަކަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނޮވެމްބަރު މަހު 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ދިއްދޫގެ އަންހެންވެރިން ބާރުވެރިކުރުމާއި މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އަންހެން ކަންބަލުންގެ މެދުގައި އިތުރުކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ބޭއްވޭ ހޭންޑް ބޯލް މުބާރާތެއްކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފައެވެ.
މި މުބާރާތުގެ ހުރިހާ ހަރަދެއް ކުރާނީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!