މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މަޖިލިސް މެންބަރުންނާއި، ޢާއިލާއާއި ރަށްޓެހިން ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް 3.6 މިލިއަނަށްވުރެ ގިނަ ރުފިޔާ

މަޖިލިސް މެންބަރުންނާއި، ޢާއިލާއާއި ރަށްޓެހިން ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް 3.6 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފާއިތުވި 3 އަހަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރުމަށް ޚަރަދުގެ ގޮތުގައި 238,920 ޑޮލަރު (3،684،146.4ރ) ހޭދަވެފައިވާކަން ހާމަވެއްޖެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް އޭނާގެ ޓްވީޓާގައި ހާމަކުރަށްވާފައިވާ ގޮތުން 2018، 2019 އަދި 2020 ވަނަ އަހަރު މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާ އަދި ރައ...

އަލީ އާދިލް
ކުޑަމުރައިދޫ އަތުލީ ގޯސްކޮށް، އަލުން ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ކުޑަމުރައިދޫ އަތުލީ ގޯސްކޮށް، އަލުން ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީ ކުރަން ޖޭއެޗް ރިސޯޓްސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އަދި އެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުޑަމުރައިދޫގައި ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ކުއްޔަށް ދީފައި ވަނިކޮށް ސަރުކާރުން އެ އެއްބަސްވުން 2015 ވަނަ އަހަރު ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ހުށަހަޅަންޖެހޭ ފައިނޭޝަލް ޑޮކިއުމެންޓްތައް ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓާއި […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް

ހދ. ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ވުމުގެ އިތުރު ފުރުސަތެއްދީ، ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިތުރު ފުރުސަތު ހުޅުވާލީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމުގެ ގޮތުން އެ ކައުންސިލުން ކުރިން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ...

އައިޝަތު ނަސާޔާ
ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. “ސަމައްތަރު” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ނަރުދޫ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި އަހަރުގެ ސެޕްޓެމްބަރު 1 އިން 30 ގެ ނިޔަލަށެވެ. ނަރުދޫގެ 40 ކަނބަލަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދަނީ...

ޝިއުނާ އާދަމް
އުތުރުގެ 6 ރަށެއްގައި، ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓް އެޅުމަށް ހަވާލުކޮށްފި

އުތުރުގެ 6 ރަށެއްގައި، ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓް އެޅުމަށް ހަވާލުކޮށްފި

އުތުރުގެ 6 ރަށެއްގައި، ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބަޔަކާއި ހަވާލުކޮށްފި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން އެނިސްޓްރީން އިޢުލާން ކުރީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. ހދ. އަތޮޅުން އައުޓްޑޯ ވޮލީކޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ އަދި […]

އިބްރާހިމް އަސްވާޤް
ވައިކަރަދޫގައި ކަނޑަން ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ކަނޑަން ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން، ވައިކަރަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކަނޑަން ފަހަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ސެޓްފިކެޓް ލެވެލް 01 ގެ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު 04 ނޮވެމްބަރ 2021 ގައި ހުޅުވާލާފައިވާއިރު މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ 20 ނޮވެމްބަރ...

އިބްރާހިމް ޚަލީލް
ށ. ފޭދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފި

ށ. ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓ...

ޔުމްނާ ޢަލީ
ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް، 9000 އަށް ވުރެ ގިނަ ރާގޮނޑި ހިފައިފި 📍 ހއ. ދިއްދޫ

ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް، 9000 އަށް ވުރެ ގިނަ ރާގޮނޑި ހިފައިފި

ހއ. ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް ވަދެއްޖެއެވެ. ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް ވަތް މި ރާގޮނޑި އައިން ބައްދާލައި، ގިނަ އަދަދެއްގެ ރާގޮނޑި ވަނީ ހިފާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ އެ ރާގޮނޑި އައިނުން ހިފުނު ރާގޮނޑީގެ ޖުމްލަ 9054 އަށް އަރާ ކަމަށެވެ. “ހެނދުނު 11 ޖެހީއްސުރެ މިކަމުގައި ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެ އުޅުނީ، މިހާރު ހިފުނު ރާގޮނޑިތައް ގޭބިސީތަކަށް […]

ޙުސައިން ޝަހުދީ
އަވަށްޓެރި ފުލުހުންގެ ހިދުމަތާއެކު މޭޔަރު އާތިފްގެ އުންމީދު 📍 ހދ. ކުޅުދުއްފުށި

އަވަށްޓެރި ފުލުހުންގެ ހިދުމަތާއެކު މޭޔަރު އާތިފްގެ އުންމީދު

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭ ފަށާފައިވާއިރު، އެ ހިދުމަތާއެކު އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތަށް ރަނގަޅު ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމުގައިދެކިވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެ...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުއްފުށީ ސިޓީގެ މޭޔަރާއި، އެ ކައުންސިލްގެ މެމްބަރުންނާއި، އެ ސިޓީގައ ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނ...

ޔުމްނާ ޢަލީ
އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި 📍 ހއ. އުތީމު

އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި

ހއ. އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ. އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުންވަނީ ޝުކުރު ދަނ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިދަނޑު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. މި މެޗްގައި މިނިސްޓަރު އިމްރާންގެ އިތުރުން، ސީޕީ ހަމީދު ވެސް ކުޅުއްވިއެވެ. ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ […]

ޔުމްނާ ޢަލީ
ފީވަކު އަންހެނުންގެ ކޮމިޓީގެ ފަރާތުން ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ފަށަނީ

ފީވަކު އަންހެނުންގެ ކޮމިޓީގެ ފަރާތުން ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ފަށަނީ

ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ހިންގަން ނިންމައިފިއެވެ. މިއީ ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ. މި ދެ ކޯސް ވެސް މި މަހުގެ ފެށުމަށް ނިންމާފައިވާއިރު، މި ކޯސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ 5 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. މި ދެ ކޯހުގައިވެސް ބޭނުންކުރާނެ ތަކެތި ކޯސްހިންގާފަރާތުން ފޯރުކޮށްދޭނ...

ޙުސައިން ޝަހުދީ
ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް، ނޭކުރެންދޫ އާއި ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް، ނޭކުރެންދޫ އާއި ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި

ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް ހދ. ނޭކުރަންދޫ އާއި ހދ. ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި އެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގަ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އަޙްމަދު މަޙްލޫފުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރ ވަނީ ބައިވެރިވެފަ އެވެ. ޔޫތު މިނިސްޓްރީން އެމަސައްކަތް ހަވާލު ކުރެވުނު ފަރާތާއި އެކު ކޮންޓްރެކްޓްގައިވަނީ ސޮއިކުރެވިފައެވެ. 25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓް...

އިބްރާހިމް އަސްވާޤް
ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އާކުރުމަށް ޢާއިލާއަށް ހަނދާނީ ފިލައެއް 📍 ހދ. ކުޅުދުއްފުށި

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އާކުރުމަށް ޢާއިލާއަށް ހަނދާނީ ފިލައެއް

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ. މި ފިލައަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ފަރާތުން ޙުސައިން އާދަމްގެ އާއިލާއަށް އެރުވި ހަނދާނީ ފިލައެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ފިލައަކީ، ކުޅުދުއްފުށީ، މާވާގެ، ޝަހީދު ޙުސައިން އާދަމް ދިވެހިރާއްޖޭގެ ދިފާޢުގައި ވެވަޑައިގަތް ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއ...

ޔުމްނާ ޢަލީ