މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ވަޒަންވެރި ވާންޖެހޭނީ ތިޔާގި ބާޒާރަކާއި، ފަސޭހަ ޙަކީމެއް ހުންނަ ތަނެއްގައި: ޖަމްޝީދު 📍 ހދ. ކުޅުދުއްފުށި

ވަޒަންވެރި ވާންޖެހޭނީ ތިޔާގި ބާޒާރަކާއި، ފަސޭހަ ޙަކީމެއް ހުންނަ ތަނެއްގައި: ޖަމްޝީދު

ތަނެއްގައި ވަޒަންވެރިވާނަމަ އެތަނުގެ ބާޒާރަކީ ތިޔާގެ ބާޒާރަކަށް ވާންޖެހޭނެ ކަމަށާއި، އަދި އެތަނުގައި ފަސޭހަ ހަކީމެއް ހުންނަންވާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުޅަ އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ، ސަރަޙައްދުތަކަށް ބޭލޭ މުދަލުން ޑިއުޓީ މާފްކޮށްދިނުމާއި، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި މުދާ ހޯދައިދިނ...

ތިލަދުން
ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައިވާ ބަޖެޓެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓް ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ފުރަތަމަ ކަމަކަށް މިފަދަ އުއްމީދީ ބަޖެޓެއް ހުށަހެޅި ކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ޝުކުރު ދެންނެވުމަކީ އެންމެ ފ...

ޖަލްވާން ޖާދުﷲ
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ

ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2021”  11 ނޮވެމްބަރ 2021 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި

ހއ. އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، އެ މިސްކިތުގެ މުންނާރުގައި އުވަލުމުގެ މަސައްކަތް ނިމިއްޖެއެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މަސައްކަތް ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި ފަންނީ ލަފަޔާ އެއްގޮތަށް އެ މަރުކަޒުގެ މުއައްޒަފުން ނެވެ. މިމަސައްކަތުގައި އެއްބާރުލުން ދެއްވި މެރިޓައިމް އޭސިއާ ހެރިޓޭޖް ސާރވޭ ޓީމަށާއި، އިހަވަންދޫ ކައުންސިލާއި އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް، ބޮޑުތ...

ތިލަދުން
ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް އަންގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް އަންގައިފި

ހދ. ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން އަންގައިފި އެވެ. އެކައުންސިލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރަން...

އިބްރާހިމް އަސްވާޤް
ށ.ފޭދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމަށް މުބާރާތެއް 📍 ށ. ފޭދޫ

ށ.ފޭދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމަށް މުބާރާތެއް

ށ.ފޭދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5000 (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރ...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސ...

ޝިއުނާ އާދަމް
މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ 📍 ހއ. މާރަންދޫ

މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތ...

އިބްރާހިމް ޚަލީލް
ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު 📍 ހއ. ކެލާ

ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު

ހއ. ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ނުވަތަ ސުޕަރ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން އިބްރޭ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް އޮތީ މާލެކައިރިއަށް ޖަމާވެ، ފުނި ޖެހިފައި ކަމަށެވެ. މި ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ބަހާލެވި، އިޤްތިޞާދީ މަސައްކަތްތ...

ތިލަދުން
ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ހިލަައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ފޭދޫ

ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ހިލަައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ފޭދޫ ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލާން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޞްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުނިން މި މަޝްރޫއު ހިންގަނީ 33.1 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ބޭރުތޮއްޓަކާއި 276 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަޔް ކުރާނ...

އަޙްމަދު ވަހީދު
ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީއަށް ތާއީދު ކުރަން ޖެހިދާނެ 📍 ށ. ކަނޑިތީމު

ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީއަށް ތާއީދު ކުރަން ޖެހިދާނެ

ކަނޑިތީމު ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުކޮށްގެން ކުރިއަށްދާން ޖެހިދާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަހީމް އަބުދުލްޙަކީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން ޝަހީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގެ ވާހަކަ ދައްކާއިރު، 2021 ވަނަ އަހަރުގެ ބަޖެޓުން ކިހާވަރެއްގެ އުންމީދެއްލިބުނުތޯ އަދި ކިހާވަރެއް ހާސިލްވި ތޯ ބަލައިލަންޖެހޭ ކަަމަ...

ތިލަދުން
ކުރިނބީގައި އަޅާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުރިނބީ

ކުރިނބީގައި އަޅާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 09 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 18 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލަށް […]

އިބްރާހިމް ޚަލީލް
މާއުނގޫދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

މާއުނގޫދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިއީ ފެހުމުގެ އެޑްވާންސް ކޯހެކެވެ. މާއުނގޫދޫގެ 30 ކަނބަލަކު ވަނީ މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ކޯހުގެ ބައިވެރިން ފެހި ތަކެތި އާންމުކޮށް ދައްކާލުމުގެ ހަރަކާތެއް ވެސް އެ ކޮމެޓީން ވަނީ އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންގޮސްފައެވެ. މި ކޯހުގައި ކިޔަވައި ދީފައި […]

ޝިއުނާ އާދަމް
މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް 📍 ށ. މިލަންދޫ

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކު...

އަޙްމަދު ވަހީދު
ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކުރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރަށްވައެވެ. މި އިމާރަތް ނިމުމުން ށ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތާއި، އިތުރު އޯޕީޑީ ރޫމްތަކާއި، ޕަބްލިކު ހެލްތު ޔުނިޓާއި އަދި ހެލްތު އެޑިއުކޭޝަން ދިނުމަށް ހޯލެއް ޤާއި...

ޔުމްނާ ޢަލީ