ކުޅުދުއްފުށީގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް އާޒިމް ބައްލަވައިފި
ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް އޭނާ ބެއްލެވިއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އާޒިމްވަނީ އެ ކުންފުނީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށ...