މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައިފި

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ސިޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ ކާމިޔާބު ކަމާއެކު ނިންމާލެވުނު ކޯހެއްކަމަށް އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ. މި ކޯސް ފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޯހުގައި ކިޔަވާދީފައި ވަނީ ބްލަޝް ސެލޫންގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. މި ކޯހަކީ […]

އައިޝަތު ނަސާޔާ
އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި 📍 ހއ. އުތީމު

އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި

ހއ. އުތީމުގެ މަގުތަކުގައި ނަންބޯޑު ތަކެއްގެ އިތުރުން ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެރަށުގެ މައުލޫމާތުތައް ހިމެނޭ ބޯޑެއް ބަނދަރު ސަރަހައްދުގައި ހަރުކޮށްފިއެވެ. މި ހަރަކާތަކީ އެރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “ވިންގާސް” ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިންގާސް ޖަމްއިއްޔާގެ މެންބަރު، މުޙައްމަދު ބަޝީރު ވިދާޅުވީ މި ޕްރޮޖެކްޓްއަކީ ރަށަށް އަންނަ މެހެމާނުންނަށް ރަށުގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރުމަށް އެހީތެރި ވުމ...

އައިޝަތު ނަސާޔާ
ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް

ހދ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ކެތިއަރާ މަސްރޭސް 2021” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ސީ ހޯސް ހޯދައިފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގެ އަންހެން ކެޓަގަރީގެ ރޭސް ބާއްވާފައި ވަނީ 29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. ފިރިހެން […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްްޗަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްްޗަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްްޗަށް ވައިޓް އެލާޓް ނެރެފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 20:30 އިން ދަންވަރު 00:30 އާއި ހަމަ އަށެވެ.   Alert white for heavy rain & thunderstorms pic.twitter.com/aLgQqb5k5m — Maldives Meteorology (@MetMaldives) October 30, 2021 މޫސުމާ ގުޅިގެން […]

އިބްރާހިމް އަސްވާޤް
ނެއްލައިދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް

ހދ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ރައްޔިތުންނަށް ހާއްސަ ކޮށްގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮޮގްރާމަކީ، ނެއްލައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ނެއްލައިދޫ ސްކޫލް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޙައްމަދު ޝާހިދެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް...

އައިޝަތު ނަސާޔާ
ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި

ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި

ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި އެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ފޮނުވާފައިވާ ހއ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމާއި ފިއްލަދޫ އެވެ. ހދ އަތޮޅުން ހިމެނެނީ ހދ. މަކުނުދޫ އާއި ހދ. ނޮޅިވަރަމެވެ. ށ. އަތޮޅުން ފޮނުވީ ފޯކައިދޫއާއި މަރޮއްޓަށެވެ. މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. ރ. އިނގުރައިދޫ، ޅ. ކުރެންދޫ، […]

އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ. އެ ހޮސްޕިޓަލުން “ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ. އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ […]

އައިޝަތު ނަސާޔާ
ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ 📍 ހއ. ވަށަފަރު

ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ

ހއ. ވަށަފަރު، ސޭވް، ހަމްދާ ހަސަންއަކީ ކައިވެނި ހަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތައް ފުރިހަމަ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ހަމްދާ އުމުރުން ވަރަށް ހަގުއިރު ވެސް މޭކަޕް ކުރުމަށް ވަރަށް ފޯރިހުރެއެވެ. އޭރުވެސް ލިބެން ހުންނަ މަދުސާމާނާއި އެކު އަމިއްލައަށް މޭކަޕްކޮށް އަދި ދައްތަމެން މޭކަޕްކޮށްދީ އުޅެނީ، އެއްވެސް ހާލެއްގައި މޭކަޕް ކޮށްދީގެން އާމްދަނީއެއް ހޯދަން ވިސްނައިގެނެއް ނޫނެވެ. މޭކަޕް ކުރުމަކީ މާބޮޑު ޝަޢުޤެއް ހިތުގައި އޮންނަކަމަކަށް ވުމުން ހިތްހަމަ ޖައްސާލުމަށެވެ. ވިސްނުން...

އިބްރާހިމް ޚަލީލް
އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި 📍 ހއ. އުތީމު

އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި

ހއ. އުތީމު ދޫނިތުނޑި ސަރަހައްދުން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އާސާރީ ކަމަށް ބެލެވޭ ވަޅާ ގުޅޭ ސާވޭއެއް ފަށައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ މި ވަޅާއި ބެހޭގޮތުން ދިރާސާ ކުރުމަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖްގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިިވަމުން ދާ ކަމަށެވެ. މި ޓީމްގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިހާތަނަށް ބެލި ބެލުމުން އެވަޅަކީ އާސާރީ ވަޅެއް ކަމަށް އެބޭފުޅުން އިއްތިފާގުވެ ލައްވާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ވަޅުގެ ފ...

އައިޝަތު ނަސާޔާ
ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުވައްޒަފުން ވެގެން 67،202 ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިއީ އެއްފަހަރު ބޭނުން ކުރުމަށްފަހު އެރަށުގެ އެކިތަންތަނަށް ދޫކޮށްލާފައި ހުރި ޕްލާސްޓިކް ފުޅިއެވެ. މި ފުޅިތައް ރިސައިކަލް ކުރުމަށް ހަވާލުކުރާނީ ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާ އެވެ. މިއީ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ”ގެ ދަށުން އެ ސްކޫލުން މިޒާތުގެ ޕްލާސްޓިކްފުޅި އެއްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ބުރުގައި ވަނީ 1.26 ޓަނު ޕްލާސްޓިކް އެއްކޮށްފަ...

ޙުސައިން ޝަހުދީ
އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި

ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް “ޖޭ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކަޑަމީ އިފްތިތާޙް ކޮށްފިއެވެ. މި އެކަޑަމީ އިފްތިތާޙް ކުރުމުގެ ޚަފްލާ 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު މި ޚަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ. މި ޚަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަން...

އިބްރާހިމް ޚަލީލް
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހއ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހއ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ތަމުސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މި ގޮތުން އެ މުބާރާތަށް ބައިވެރިން ހޮވުމަށް ބޭއްވުނު އަތޮޅު އޮޑިޝަންނިމި މުބާރާތުގައި ވާދަކުރާނެ ބައިވެރިން މިހާރު ހޮވާފައިވާއިރު، ހއ. އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މި އޮޑިޝަންގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ އަތޮޅުގެ 14 ރަށުގެ ސްކޫލްތަކުގެ މެދުގައި މިހިނގާ އޮކްޓޯބަރ މަހު ބޭއްވުނު އޮޑިޝަންގައި […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ. ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ...

އަލީ އާދިލް
ދިއްދޫގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ދިޔަދޮވިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތް ހަދަން މުހުލަތެއްދީފި 📍 ހއ. ދިއްދޫ

ދިއްދޫގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ދިޔަދޮވިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތް ހަދަން މުހުލަތެއްދީފި

ހއ. ދިއްދޫގެ ގޭތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެންހޮޅިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތަށް ހަދަން އެރަށު ކައުންސިލުން އަންގައިފިއެވެ. އެކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެން ހޮޅިތައް 28 ނޮވެމްބަރ 2021 ގެ ކުރިން ބިމުގެ އަޑިއަށް ފެން ހިނދޭގޮތަށް ރަނގަޅުކުރުމަށް އަންގާ ކަމަށެވެ، އެ އުސޫލުގެ ދަށުން އެރަށުގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްގެ ތެރެއިންވެސް މަގުމައްޗަށް ހުންނަ ފެންހޮޅިތައް ރަނގަޅު ކުރ...

އައިޝަތު ނަސާޔާ
މަދަނީ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: އިހަވަންދޫ ރައީސް 📍 ހއ. އިހަވަންދޫ

މަދަނީ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: އިހަވަންދޫ ރައީސް

މަދަނީ ޖަމިއްޔާތައް ހިންގުމަށް، ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެއްޖެ އެވެ. ޞަބާޙް މިހެން ވިދާޅުވީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޞަބާޙްގެ ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މަދަނީ ޖަމިއްޔާތައް ހިންގުމަށް ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހެއެވެ. އަދި މަދަނީ ޖަމިއްޔާތަކު...

އަޙްމަދު އަރުޝަމް