މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި

ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ. ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ “ތިލަދުން” ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތި...

އައިޝަތު ނަސާޔާ
ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް 📍 ށ. ނަރުދޫ

ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް

ށ. ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މިގޮތުން އެރަށުގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް އެފަދަ މީހުންގެ ގާތަށް ނަރުދޫ ކައުންސިލުން ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުޝްތަރުޝިދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރ...

އައިޝަތު ނަސާޔާ
ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލު ކުރުމަށް ރާޢީ އެދިއްޖެ

ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލު ކުރުމަށް ރާޢީ އެދިއްޖެ

ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިސްގައި ނޭކުރެންދޫ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެދިވަޑައިގެންފިއެވެ. ރާޢީ މިހެން ވިދާޅުވީ، ކުމުންދޫ ކައުންސިލް ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. އަމީންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަތޮޅުގައި އަލައް އުފެދިފައިވާ ސިޓީ ގައި ހުރުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅ...

ތިލަދުން
ކެލާގައި ކުރިއަށްދާ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް މެންބަރު އިބްރޭ ގޮގްލްސް ހަދިޔާކޮށްފި 📍 ހއ. ކެލާ

ކެލާގައި ކުރިއަށްދާ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް މެންބަރު އިބްރޭ ގޮގްލްސް ހަދިޔާކޮށްފި

ހއ. ކެލާގައި ކުރިއަށްދާ ސުވިމިން އިންސްޓްރަކްޓަރ ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) ގޮގްލްސް ހަދިޔާ ކުރައްވައިފި އެވެ. މި ކަމަށްޓަކާ ކެލާ ކައުންސިލުން ވަނީ މެންބަރު އިބްރާހިމް ޝަރީފް އަށް ޝުކުރު ދަންނަވާފައެވެ. ކެލާ ކައުންސިލާ ސުވިމިން އެސޯސިއޭޝަން ގުޅިގެން އެރަށުގައި ކުރިއަށްގެންދާ މި ކޯހަކީ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހެކެވެ. މި ކޯހުގައި 15 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިވެރިންނާއެކު ޖުމްލަ 18 މީހަކު […]

އަޙްމަދު އަރުޝަމް
ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށްދެނީ

ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށްދެނީ

ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށްދޭން ނިންމައިފިއެވެ. މި މިސްކިތް ޢިމާރާތްކުރުމަށް، ހެޔޮއެދޭ ފަރާތާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ދެމެދު ސޮއިކޮށްފައި ވަނީ މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުލްއަޒީޒް އިސްމާޢީލް އެވެ. ދެ ޖިންސްގެ މީހުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށް ދޭ މި މިސްކިތަކީ، އެރަށުގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ނެތުމުން އެ […]

ޙުސައިން ޝަހުދީ
މަކުނުދޫ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނުއަޅާ ގެއްލުންދީފި 📍 ހދ. މަކުނުދޫ

މަކުނުދޫ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނުއަޅާ ގެއްލުންދީފި

ހދ. މަކުނުދޫގެ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނު އަޅާ ގެއްލުން ދީފިއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން”އަށް ވިދާޅުވީ، މި އަމަލު ހިންގި ކަމަށް ބެލެވެނީ އިއްޔެގެ ހެނދުނު 8 އިން ފެށިގެން މެންދުރު 12 އާއި ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައަކީ މި މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް އައުޒަމް ވިދާޅުވިއެވެ. އިސްލާމީ މުޖުތަމަޢުއެއްގައި އެފަދަ ބޭއަދަބީ އަމަލެއް ހިންގުމަކީ އެކަމާއި […]

އައިޝަތު ނަސާޔާ
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ހދ. އަތޮޅު ކައުންސިލްގެ ދަރަޖަ، ސަރުކާރުގެ ވުޒާރާތަކަށް އޮޅެނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ހދ. އަތޮޅު ކައުންސިލްގެ ދަރަޖަ، ސަރުކާރުގެ ވުޒާރާތަކަށް އޮޅެނީ

ހދ. އަތޮޅު ކައުންސިލްގެ އިދާރާ ހދ. ކުޅުދުއްފުށި ސިޓީ ގައި އޮތުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްގެ ދަރަޖަ، އޮޅިގެންދާކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ  މިކަމަށް އަލިއަޅުއްވާލައްވާ ކުރެއްވި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި އަމީން ވަނީ، ހދ. އަތޮޅު ކައުންސިލް އެއަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމާއި ދޭތެރޭ ވިސްނާލުން ކިހިނެތްވާނެތޯ ސުވާލު ކުރައްވާފަ އެވެ....

އަލީ އާދިލް
ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމާލައިފި 📍 ހއ. އިހަވަންދޫ

ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމާލައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ރޭ ނިންމާލައިފިއެވެ. ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި މަހާސިންތާ އޮތީ ހއ. އިހަވަންދޫގައެވެ. މި މަހުގެ 25 ވަނަ ދުވަހު ފެށި މި މަހާސިންގައި ބޮޑުތިލަދުންމަތީ ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިން ބައިވެރިވިއެވެ. މި މަހާސިންތާގެ ބައިވެރިންނަށް...

ޔުމްނާ ޢަލީ
ޕީސީއާރު ނުހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ކުޅުދުއްފުށި 📍 ހދ. ކުޅުދުއްފުށި

ޕީސީއާރު ނުހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ކުޅުދުއްފުށި

ޕީސީއާރު ޓެސްޓަކާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓުގައި ކުޅުދުއްފުށި ސިޓީ ހިމެނިއްޖެ އެވެ. މި ލިސްޓަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މީހުންގެ %90 މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްތަކުގެ ލިސްޓެވެ. އެގޮތުން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓަކާއި ނުލާ އަދި އެެއްވެސް ކަރަންޓީނު ވުމެއް ނެތި ކުޅުދުއްފުށި ސިޓީ އަށް މިހާރު ދަތުރުކުރެވޭނެއެވެ. އ...

އަޙްމަދު އަރުޝަމް
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތް: ށ. އަތޮޅު އޮޑިޝަން ނިންމާލައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތް: ށ. އަތޮޅު އޮޑިޝަން ނިންމާލައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ށ އަތޮޅުން ބައިިވެރިވާ ޓީމެއް ނެގުމަށް އޮޑިޝަން އެއް ބާއްވައިފިއެވެ. އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި އޮޑިޝަންގައި އެއަތޮޅުގެ 11 ރަށަކުން ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށް ށ. އަތޮޅު ކައުންސިލުން ހާމަ ކުރަށްވައެވެ. އެއީ 6 އަހަރުން ދަށުގެ އުމުރުފުރާއިން 25 ދަރިވަރުނުންނާއި، […]

އައިޝަތު ނަސާޔާ
އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ 📍 ހއ. އުތީމު

އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އުތީމު ކައުންސިލުން ވިދާޅުވީ، އެރަށު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައިވާކަމަށެވެ. ގިރާލާފައިވާ ސަރަހައްދުން އެވަޅު ފެނިފައިވަނީ މިއަދު އެވެ. “މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުން.” އުތީމު ކައުންސިލުން ވިދާޅުވެފައިވެއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު

ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު

ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައިކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި މިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު ކަމަށެވެ. 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކ...

އައިޝަތު ނަސާޔާ
ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް

ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް

ރަނގަޅަށް ދިރާސާ ނުކޮށް، ވޯޓު ކައިރިވުމުން ރައްޔިތުންގެ “ލޮލުގައި އަނދުން” އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަށް އެދި ގޮވާލާ ގަރާރުގެ ކޮމެޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދެއްކުމުން އޭރު އެކަމަށް ފާޑުކިޔައި، ހަޖޫޖަހައި ރާއ...

ތިލަދުން
ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް 📍 ހދ. ކުމުންދޫ

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް

ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމު ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނު ކޮށްފިއެވެ. މިއީ ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އިމާރާތެއް ހޯދަން ޢިއުލާންކުރި ދެވަނަ ފަހަރެވެ. މިގޮތުން ފުރަތަކުރި ޢިއުލާނަށް އެކަށޭނަ ތަރުހީބެއް ލިބިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަ ކުރައްވާފައެވެ. ކުމުންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ފެށުމަށް، އިމާރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާއިރު، މި ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފ...

އައިޝަތު ނަސާޔާ
ކުރިން ނުވިކުނު ތިލަދުންމަތީގެ ރަށްތަކާއި އެކު 18 ރަށެއް ބީލަމަށް

ކުރިން ނުވިކުނު ތިލަދުންމަތީގެ ރަށްތަކާއި އެކު 18 ރަށެއް ބީލަމަށް

2019 އަހަރު ޑިސެމްބަރ މަހު ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް އަލަށް އިޢުލާންކުރި ރަށްތައް ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ބީލަމަށް ހުޅުވާލައިފި އެވެ. މިގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިއަދު ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ މަޢުލޫމާތުތައް އިޢުލާންކޮށް ގެޒެޓްކޮށްފައިވާއިރު، މިރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްތެކެވެ. އެއިޢުލާނުގައި ހއ. އަތޮޅުން މިފަހަރު އަ...

އިބްރާހިމް އަސްވާޤް