މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް 📍 ހދ. ކުޅުދުއްފުށި

މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް

މިއަހަރުގެ ޔޫތު އެވޯޑް ލިބުނު 10 ޒުވާނުންގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 3 ޒުވާނެއް ހިމެނިއްޖެއެވެ. މިގޮތުން މި އަހަރުގެ ޔޫތު އެވޯޑު އެންމެ ގިނައިން ލިބުނު ޒުވާނުން ނިސްބަތްވާ ރަށަކަށް ވެފައި ވަނީ ހދ. ކުޅުދުއްފުއްޓެވެ. މި އެވޯޑްތައް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑްތައް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި ގޮތުން މިއަހަރުގެ ޔޫތު އެވޯޑް […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ

ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ އެވެ. މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިނޫހާއި ވާހަކަ ދައްކަމުން އެސަރައްދުގައި ހުރި ޒުވާނަކު ބުނީ އެ ހަރުފަ ފެނިފައިވަނީ އެތުމާ ގުދަން ކައިރިންކަމަށެވެ. ހަރުފަ ފެނިފައިވަނީ ބޭރުން ގެނެސްފައިވާ ލަކުޑި ތަކެއްގެ ތެރެއިންކަމަށެވެ. އެލަކުޑިތައް އެދަރަހައްދަށް ދެނެސްފައިވަނީ އިއްޔެ ހަވީރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެޒުވާނާ އިތުރަށް ބުނީ މިހަރުފައިގައި 2 ފޫޓު ވަރު ހުންނާނެކަމަށެވެ. މިއީ ޕައިތަން އާއިލާއަށް ނިސްބަތްވާ ހަރުފ...

އިބްރާހިމް އަސްވާޤް
ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު ވަޒީފާތައް އިތުރުވެގެންދާނެ 📍 ހދ. ކުޅުދުއްފުށި

ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު ވަޒީފާތައް އިތުރުވެގެންދާނެ

ބޮޑުތިލަދުންމަތީގައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު އެ ސަރަހައްދުގައި އިތުރު ވަޒީފާގެ ފުރުޞަޠުތައް އިތުރުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު ޢާޠިފް ދެއްކެވި ވާހަކާގައި ވަނީ ބޮޑުތިލަދުންމައްޗަށް ދި...

ޝިއުނާ އާދަމް
ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ސިޓީގައި 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ކުޅުނު އެކުވެރިކަމުގެ މެޗުން ޤައުމީ ޓީމް މޮޅުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ކުޅުނު އެކުވެރިކަމުގެ މެޗުން ޤައުމީ ޓީމް މޮޅުވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ޓީމް ކުޅުދުއްފުށި ބައްދަލުކުރި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކުޅުދުއްފުށީ ޓާފް ދަނޑު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުނަ ޤައުމީ ޓީމް […]

އިބްރާހިމް ޚަލީލް
މުޖުތަބާ ދޫކޮށްލަން ގޮވާލައިފި 📍 ހދ. ކުޅުދުއްފުށި

މުޖުތަބާ ދޫކޮށްލަން ގޮވާލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ޞާލީހް ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެންނެވި ވަގުތު މުޖުތަބާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސ...

އަލީ އާދިލް
ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ. މިއަދު 17:00 ހާއިރު މި ދަނޑު ރަސްމީކޮށް ހުޅުވުމާއެކު މިދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްގެ ވަނީ ކުޅެން ފަށާފައެވެ. މި މެޗްގައި އެއްކޮޅުން ޓީމް ކުޅުދުއްފުށި ބައްދަލުކުރާ އިރު އަނެއްކޮޅުން ބައްދަލު ކުރަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމެވެ. ނަމަވެސް ޤައުމީ ޓީމުގައި ޔޫތު މިނިސްޓަރު މަހްލޫފްވެސް ދަނީ ކުޅެމުން...

ޔުމްނާ ޢަލީ
ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫރު މަރުހަބާއެއް ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައި އެ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މި...

ޔުމްނާ ޢަލީ
ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. “ކަޅުއޮށްފުންމި” ކަސްރަތު ޕްރޮގްރާމް ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ކަސްރަތު ޕްރޮގްރާމްގެ ކުރިއަށް ގެން ގޮސްފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 އިން ފެށިގެން 22 ގެ ނިޔަލަށެވެ. ކޮމަންޑޫ ކައުންސިލުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އެރަށުގެ ރައްޔިތުންނާއި ރަށުގެ މު...

ޙުސައިން ޝަހުދީ
ރައީސް މިއަދު ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

ރައީސް މިއަދު ކުޅުދުއްފުށި ސިޓީއަށް

ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހދ. ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މި އަހަރު ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ކުޅުދުފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ދުބާއީގައި ކުރިއަށް...

އިބްރާހިމް އަސްވާޤް
އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސިއްސުވާލިއަށް 📍 ހއ. ކެލާ

އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސިއްސުވާލިއަށް

ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021” ގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފިއެވެ. 22 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުގެ ހަވީރު ކެލާ ޔޫތު ފޯރަމް ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސިއްސުވާލި ޓީމުން ކާމިޔާބު ކޮށްފައިވަނީ ޓީމް ކެލަވަކިއާއި ވާދަކޮށް […]

އިބްރާހިމް ޚަލީލް
މުރައިދޫގައި ބިދޭސީ ނަރުހަކު ގެނބިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫގައި ބިދޭސީ ނަރުހަކު ގެނބިއްޖެ

ހއ. މުރައިދޫގައި މިއަދު ހަވީރު މޫދަށް އެރިއުޅުނު ބިދޭސީ ނަރުހަކު ގެނބިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށް މުރައިދޫ ކައުންސިލުން ވިދާޅުވިއެވެ. ގެނބުނީ މުރައިދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު އެރަށުގައި އުޅޭ ބިދޭސީ ނަރުހުންނާއި، ޓީޗަރުން އެކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށެވެ. އެރަށުގައި މީހުން މޫދަށް […]

ޙުސައިން ޝަހުދީ
ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދަން ދ. އަތޮޅު ކައުންސިލާއި ހަވާލުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދަން ދ. އަތޮޅު ކައުންސިލާއި ހަވާލުކުރަނީ

ހއ. ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާ ހަވާލުކުރަން ދިއްދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައި ވަނީ ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 24 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ހުށަހެޅުން ހުށަހެޅުއްވީ  ކައުންސިލަރު މޫސާ ލަޠީފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކައުންސިލަރު ޢަބްދުﷲ ރަޝީދެވެ. ކައުންސިލަރު މޫސާ ލަޠީފްގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ދިއްދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާއި […]

ޝިއުނާ އާދަމް
ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ޓީމް ކުޅުދުއްފުށީ ބައްދަލުކުރާ ގޮތައް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. މި މެޗް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށީ ރަސްމީބޯޅަދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ގޮތުން ޓީމް ކުޅުދުއްފުއްޓާއި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅޭ އެކުވ...

ހުސައިން ހަބީބް
ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރަން މަރޮށީ ސިއްޙީ މަރުކަޒުން އަލުން ތައްޔާރުވެއްޖެ 📍 ށ. މަރޮށި

ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރަން މަރޮށީ ސިއްޙީ މަރުކަޒުން އަލުން ތައްޔާރުވެއްޖެ

ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކޮށް ސިއްޙީ ޚިދުމަތް ދިނުމަށް ށ. މަރޮށީ ސިއްޙީ މަރުކަޒުން އަނެއްކާވެސް ތައްޔާރުވެއްޖެ އެވެ. އެ މަރުކަޒުން ނެރުއްވި އިއުލާނެއްގައި ވާގޮތުން، ދާނުގައި ތިބޭ ބަލިމީހުންނާއި ނުކުޅެދުންތެރިކަމުގެ ސަބަބުން ސިއްހީ ހިދުމަތް ލިބިގަތުމަށް ޞިއްޙީމަރުކަޒަށް އައުމަށްދަތިވާ ފަރާތްތަކަށް ޒިޔާރަތްކުރުން ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން މެދުކެނޑުންކަމަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މަރުކަޒުން ވިދާ...

އަޙްމަދު އަރުޝަމް