މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ތުރާކުނު

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވާން ހުޅުވާލައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ތުރާކުނު ކައުންސިލުން ވިދާޅުވީ މި ކުޅިވަރުތަކަކީ އެ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް ޕެންޑް ކޮމިއުނިޓީ އެންޕަވަމަންޓް އާއި ގުޅިގެން ޒުވާނުންގެ ދުވަސް އެރަށުގައި ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ކުޅިވަރު ތަކެއް ކަމަށެވެ. އެގޮތުން ބޭއްވޭ ކުޅިވަރުތަކުގެ ތެރޭގައި، އަންހެން އަދި ފިރިހެނުންނަށް ޚާއްސާ ހޭންޑް ބޯޅަ މެޗަކާއި އެރަށު ޒުވާނުންގެ ޓީމަކާއި ރަށުން...

އަޙްމަދު އަރުޝަމް
މަހުމޫދުގެ މަރު: ތުހުމަތުވާ ސާލިމް މަހިބަދޫއަށް ގެންގޮސްފި

މަހުމޫދުގެ މަރު: ތުހުމަތުވާ ސާލިމް މަހިބަދޫއަށް ގެންގޮސްފި

އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީހާ ސާލިމް އދ. މަހިބަދު ގެންގޮސްފިއެވެ. ސާލިމް މަހިބަދޫއަށް ގެންދިޔައީ އޭނާ ދަނގެތީގައި އުޅުނު ގެއަށް އިއްޔެ އޭނާ ގެންގޮސް އެ ގެ ވަށައިގެން ބަންދުކޮށްގެން ސާލިމް ކަންތައްތައް ކުރި ގޮތް އޭނަ ލައްވައި ކުޅުވުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، ސާލިމް މި މައްސަލާގައި އެއްބަސްވިކަމެއްވެސް އޭނާއާއި މ...

ޔުމްނާ ޢަލީ
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ 📍 ހއ. ބާރަށް

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. “އެކްސިޑެންޓްގައި ސައިކަލް […]

ޔުމްނާ ޢަލީ
މަކުނުދޫ އަންހެނުންގެ ކޮމެޓީން ބާއްވާ ހޭންޑް ބޯލް މުބާރާތް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީން ބާއްވާ ހޭންޑް ބޯލް މުބާރާތް ފަށައިފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ބާއްވާ ހޭންޑް ބޯލް މުބާރާތް މިއަދު ފަށައިފިއެވެ. “މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021” ނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ މަކުނުދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވާއިރު އެ ޓީމް ތަކަކީ “ބަދަހި”، “ސްޕްރިޓް”، “ޒައިޒީ” އަދި “މާމުޑާ” އެވެ. މިއަދު މި މުބާރާތުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. މިގޮތުން މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަ...

ޙުސައިން ޝަހުދީ
ކޮޅިގަނޑެއްގައިޖެހި މުދާ އުފުލާ ދޯންޏެއްގައި ހުރި 2 ކޮންޓެއިނާ ކަނޑަށް

ކޮޅިގަނޑެއްގައިޖެހި މުދާ އުފުލާ ދޯންޏެއްގައި ހުރި 2 ކޮންޓެއިނާ ކަނޑަށް

މާލެ ސިޓީން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީގެ ސަރަހައްދީ ބަނދަރަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބާރު ކޮޅިގަނޑެއްގައިޖެހި އެ ދޯނީގައި ހުރި 2 ކޮންޓެއިނާ ކަނޑަށް ވެއްޓުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މިއީ ށ. ފީވަކު ބަލްމާ ކުންފުނީގެ “ވީނަސް” ނަމަކަށް ކިޔާ ދޯންޏެއްކަމަށް މި ނޫހަށް މައުލޫމާތު ލިބިފައެވެ. އެމައުލޫމާތު އެނގޭ މީހަކު ށ. ފީވަކުގައި ހުރެ “ތިލަދުން”އަށް ބުނީ މި ދޯންޏަކީ މާލޭ ވިޔަފާރި ބަނދަރުން 2 ކޮންޓެއިނާ ބަރުކޮށްގެން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް […]

އަޙްމަދު އަރުޝަމް
ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް

ހއ. ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އިއްޔެ އައި މި ގްރޫޕަށް މަރުޙަބާ ކިޔާފައި ވަނީ ހޯރަފުށީ އެއާޕޯޓާއި، އެރަށު ކައުންސިލް ގުޅިގެންނެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވި ގޮތުގައި މި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ އެއާޕޯޓްގެ ބީޗްގައެވެ. އަދި މި ފަތުރުވެރިން ރިސޯޓަށް ގެންދިޔުމަށް ބަނދަރަށް އުފުލާ ދީފައި ވަނީ އެއާޕޯޓްގެ ފަރާތުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މި ގްރޫޕްގައި ހިމެނެނީ ފިރިހެން ފަތުރ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްމާލައިފި

ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އާއި، ޔޫތު މިނިސްޓްރީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ގެންދެވުނު މި ޕްރޮގްރާމްގައި 22 ފަރާތަކުން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ތަމްރީން ޕްރ...

އަޒްފާ ރަޝީދު
އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް "ޖޭ ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް "ޖޭ ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއް

ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް “ޖޭ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް ރަޖިސްޓަރީ ކޮށްފިއެވެ. ކުޅިވަރުގެ ދާއިރާއިން ކުދިން ތަމްރީން ކުރުމާއި، ކުޅިވަރުގެ ދާއިރާއިން ކުދިންނަށް ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި 13 އޮކްޓޯބަރ 2021 ގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓަރީ ކޮށްފައިވާ މި އެކަޑަމީން ވަނީ އިހަވަންދޫގައި ތިން ކުޅިވަރެއް ކުރިއެރުވުމަށް ނިންމާފައެވެ. އެ ތިން ކުޅިވަރުގެ ތެރޭގައި ހިމެނެނީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑ...

އިބްރާހިމް ޚަލީލް
އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓްގައި ކުޅުނު ދެ މެޗުން މޮޅުވެ އެންމެ ކުރީގައި ޓީމް ކެލަވަކި 📍 ހއ. ކެލާ

އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓްގައި ކުޅުނު ދެ މެޗުން މޮޅުވެ އެންމެ ކުރީގައި ޓީމް ކެލަވަކި

ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކެލާގައި ކުރިއަށް ގެންދާ “އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021” ގައި ކުޅުނު ދެ މެޗު ވެސް ކެލަވަކި ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި 15 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހު ދެ މެޗު ކުޅެފައިވާއިރު، ހުކުރު ދުވަހު ހެނދުނު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ޔެލޯ އެލާޓް!

50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ޔެލޯ އެލާޓް!

ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވެ، 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 12:30 އިންފެށިގެން ހެނދުނު 8:30 އާއި ހަމައަށެވެ. […]

އިބްރާހިމް އަސްވާޤް
ބިލެތްފަހި އަންހެނުންގެ ކޮމެޓީއިން ހިންގާ ފަހާ ކޯސް ފަށައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި އަންހެނުންގެ ކޮމެޓީއިން ހިންގާ ފަހާ ކޯސް ފަށައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެރަށުގައި ހިންގާ ފަހާ ކޯސް އިއްޔެ ފެށިއްޖެއެވެ. 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފަހާ ކޯހުގައި އެރަށުގެ 30 ކަނބަލަކު ވަނީ ބައިވެރިވެފައެވެ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޚަދީޖާ މޫސާ “ތިލަދުން”އަށް މި ކޯހާބެހޭ މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. މިގޮތުން އެ ކޮމެޓީއިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަމަށް ޝައުގުވެރިކ...

އަޒްފާ ރަޝީދު
ފޯކައިދޫ ސްކޫލް ކީސްޓޭޖްގެ 1،2ގެ ދަރިވަރުން ޕިކްނިކް ސަރަހައްދެއް ތަރައްޤީކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްކޫލް ކީސްޓޭޖްގެ 1،2ގެ ދަރިވަރުން ޕިކްނިކް ސަރަހައްދެއް ތަރައްޤީކޮށްފި

ށ. ފޯކައިދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ “މައި ކޮމިއުނިޓީ” ތީމްގެ ދަށުން އެރަށުގައި ޕިކްނިކް ދާ ސަރަހައްދެއް ތަރައްޤީކޮށްފިއެވެ. މި ސަރަހައްދަށް ދީފައިވާ ނަމަކީ “ކޮށްލަވާނި ބީޗް”އެވެ. މިމަސައްކަތްކޮށްފައިވަނީ ގްރޭޑް 1 ކާއި 6 ކާއި ދެމެދު ކިޔަވާ ކުދިންގެ ތެރެއިން ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުންނެވެ. މިމަސައްކަތުގައި ދަރިވަރުންނަށް އެހީތެރިވެދީފައިވަނީ ފޯކައިދޫ އަންހެނުންގެ ކޮމިޓީއާއި، މި މަސައްކަތްކުރި ދަރިވަރުންގެ ބެލެނިވެރިންނާއި އަދި ޓީޗަރުން ނެވެ. މިކަން […]

އަޒްފާ ރަޝީދު
"އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021" ފަށައިފި 📍 ހއ. ކެލާ

"އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021" ފަށައިފި

ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކެލާގައި ކުރިއަށް ގެންދާ “އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021” ފަށައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗު 13 އޮކްޓޯބަރ 2021 ވީ ބުދަ ދުވަހު ކެލާ ޔޫތު ފޯރަމް ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް ކެލަވަކި އަދި ޓީމް ނާޅިއެވެ. މި މެޗު […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހއ. އިހަވަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އެ ރަށު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހުމަދު ސަބާހުއެވެ. ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން ބަޖެޓެއް ކަނޑައަޅާނ...

އަޙްމަދު ވަހީދު
ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

ށ. ފުނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން “ދަންދާނަ ބާޒާރު 2021” ގެ ނަމުގައި ކާބޯތަކެތީގެ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ. ފުނަދޫ ކައުންސިލް އިދާރާގެ ހުޅަގުން އޮތް ހުސްބިމުގައި 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ހާއްސަ ކޮށްފައި ވަނީ ކަނބަލުންނަށެވެ. މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވެފައި ވަނީ [...

އިބްރާހިމް ޚަލީލް