މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފަތަން ދަސްކޮށްދޭ "އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް" ކެލާގައި ފަށަނީ 📍 ހއ. ކެލާ

ފަތަން ދަސްކޮށްދޭ "އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް" ކެލާގައި ފަށަނީ

ހއ. ކެލާގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް ފަށަން އެރަށު ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި ކޯހަކީ ކެލާ ކައުންސިލާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ. ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިހިންގާ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުއެވެ. ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީނުކޮށްދޭ މި ކޯހަކީ ދެ ޖިންސުގެ މީހުންނަށްވެސް ޚާއްސަ ކުރެވިފައިވާ ކޯހެއް ކަމަށް އެ ކައުންސިލުން ވިދާޅުވި […]

އަޙްމަދު އަރުޝަމް
ފީވަކުން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 22 އަށް

ފީވަކުން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 22 އަށް

ފީވަކުން އިތުރު 9 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 22 އަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވްވި ސާމްޕަލްތަކަކީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލެވެ. މި ސާމްޕަލްތަކަކީ އޮކްޓޯބަރު 8 ވަނަ ދުވަހު ފީވަކުން ފެނުނު ޕޮޒިޓިވް ކޭސް އާއި ގުޅިގެން ނަގައިފާވާ ސާމްޕަލްތަކެއް ކަމަށް މައުލޫމާތުލިބެއެވެ. ވޭތުވެ ދިޔަ ހަފްތާގައި އެރަށުން ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރި ސާމްޕަލްތަކެއްވެސް ޕޮޒިޓިވް ވެފައެވެ. […]

އަޙްމަދު އަރުޝަމް
ހަނިމާދޫ ޝަރީފް، މޭބިސްކަދުރު ގަނެގެން ނުކާތާ 6 އަހަރު! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޝަރީފް، މޭބިސްކަދުރު ގަނެގެން ނުކާތާ 6 އަހަރު!

ރާއްޖޭގައި މޭބިސްކަދުރު ހައްދާ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. މި ފަހަކަށް އައިސް ރާއްޖޭގައި މޭބިސްކަދުރު ހައްދާ މިންވަރު އިތުރު ވަމުން އަންނަކަމުގެ ހެކިދޭ އެއް މާހައުލަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ. ދަނޑުވެރިކަމުގެ ވައިބާ ގްރޫޕްތަކާއި ދަނޑުވެރިކަމާއި ގުޅުންހުރި ފޭސްބުކް ޕޭޖްތަކުގައި ދަނޑުވެރިން ހިއްސާ ކުރަމުން އަންނަ ފޮޓޯއާއި ވީޑިއޯތައް ކަމުގައި ބުނެވިދާނެއެވެ. މިހެން ހައްދާ މޭބިސްކަދުރު ވެޔޮތަކުގައި އަޅާ މޭބިސްކަދުރު ކޯޅި ކުޑަވުމާއި ފޮނިރަހަ ނުލުމުގެ ވާހަކައަކީ ވެސް އާންމު ވާހަކަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުން މިރޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުން މިރޭ

ކުޅުދުއްފުށީ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މިރޭ ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިއީ ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ހިންގޭ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ފުރިހަމަކުރަންޖެހޭ އީ.އައި.އޭ ރިޕޯޓު ތައްޔާރުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ...

އަޒްފާ ރަޝީދު
މާއުނގޫދޫ މޮނިޓަރިން ހާލަތުން ނަގައިފި

މާއުނގޫދޫ މޮނިޓަރިން ހާލަތުން ނަގައިފި

ކޮވިޑް-19 އާއި ގުޅިގެން ށ. މާއުނގޫދޫ މޮނިޓަރިންގައި އޮތް އޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ. އެޗްޕީއޭއިން އެރަށު ކައުންސިލަށް ފޮނުވި ލިއުމުގައި ވާގޮތުން އެރަށް މޮނިޓަރިން އުވާލައިފާ ވަނީ މިއަދު ހެނދުނު 11:12 ގައެވެ. އެޗްޕީއޭ އިން ބުނީ މޮނިޓަރިން އުވާލީ ޤާނޫނުގައި ބުނެފައިވާ މޮނިޓަރ ކުރުމަށްޓަކައި ބަލުން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ. މާއުނގޫދޫ ސިއްޙީ މަރުކަޒަށް ދެއްކި […]

އަޙްމަދު އަރުޝަމް
ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި

ށ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެ ކުރިއަށް ގެންދިޔަ ކޭކް ކޯސް ނިންމާލައިފި އެވެ. ފޭދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން 15 ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ވަނީ 14 ފަރާތެއް ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 އިން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ކޭކް އެޅުމުގެ ބޭސިކް އަދި އެޑްވާންސް ލެވެލްއަށް ވަނީ ކިޔަވަދީފައެވެ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް […]

އަޙްމަދު އަރުޝަމް
މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ

ށ. މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފި އެވެ. މިގޮތުން މިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ވަނީ މިކަމާގުޅޭ ދެ ނިންމުމެއް ނިންމާފައެވެ. މިގޮތުން މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުގައި ގޮނޑުދޮށުން ފެށިގެން 30 ފޫޓު ބޭރުގައި ކޮއި ޖަހައި، އެއަށްވުރެ އަތްދޮށުން ވެލިނެގުން މަނާކޮށް، ރަށުގައި ތިބި ވެލިނަގާ ފަރާތްތަކާއި ބައްދަލުކޮށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ. […]

އަޙްމަދު އަރުޝަމް
ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްޞަ ހަވީރެއް ހަނިމާދޫގައި ބާއްވަނީ 📍 ހދ. ހަނިމާދޫ

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްޞަ ހަވީރެއް ހަނިމާދޫގައި ބާއްވަނީ

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލާއި އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން “އުފެއްދުން ތެރިންގެ ހުނަރު ދައްކާލުމުގެ” ހާއްސަ ހަވީރެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ޤައުމީ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ސަރުކާރުން މިފަހަރު ރަސްމީކޮށް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. 22 އޮކްޓޯބަރ 2021 ވާ ހުކުރު […]

އިބްރާހިމް ޚަލީލް
ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި 📍 ށ. ނޫމަރާ

ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި

ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރ...

ޔުމްނާ ޢަލީ
މުޅި ބޮޑު ތިލަދުންމަތިވެސް ޤައުމީ ޓީމާއެކު!

މުޅި ބޮޑު ތިލަދުންމަތިވެސް ޤައުމީ ޓީމާއެކު!

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ދިވެހި ރާއްޖެ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާއި ދެކޮޅަށް ނުކުންނައިރު މުޅި ޤައުމުވެސް މިހާރު އޮތީ ޤައުމީ ކުލަތަކުން ޖަރީވެފައެވެ. ކުރިން ރާއްޖެ ކުޅުނު މެޗްތަކުގައި ވެސް 12 ވަނަ ކުޅުންތެރިޔާ ގޮތުގައި ދިވެހި ސަޕޯޓަރުން އަންނަނީ އެ ސަޕޯޓަރުންގެ ހިތުގައި ޤައުމަށް އޮތްލޯބި ބަންޑުންކޮށްލައި، ޓީމަށް ހިތްވަރު ދިނުމުގައި ނަމޫނާ ދައްކަމުންނެވެ. މުޅިރާއްޖެ ޤައުމީވެފައި އޮތް މި ތަންވަޅުގައި ރާއްޖޭގެ އެހެން ރަށްތެކެކޭ އެއްބީދައަކުން ރާއްޖޭގެ އެންމެ އުތުރުން ބޮޑުތިލަދުންމ...

ޙުސައިން ޝަހުދީ
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި

ކުރިންވެސް އޮތްގޮތަށް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާޞްގައި ހއ. ދައްޕަރު އަލުން ހިމަނައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި އަލުން ދައްޕަރު ހިމަނުއްވައި، އެކަން އަންގާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރުއްވީ މިއަދު އެވެ. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ، އިދާރީ ދާއިރާތައް ހިމެނޭ ސިޓީ ކައުންސިލްއާއި، ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅައި ކޮށްފައިވާ އިޢުލާނުން ފިއްލަދޫގެ އިދާރީ ދާއިރާގެ އިހްތިޞާޞް އަލ...

އަޒްފާ ރަޝީދު
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ދެ ޖިންސަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ބާއްވަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ދެ ޖިންސަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ބާއްވަނީ

ހދ.ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 16 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ އަލްއުސްތާޛް ޢަބްދުލް ލަތީފް އަޙްމަދެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ދެ ޖިންސަށް ހުޅުވާލައިގެން ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދެ ޖިންސަށް ހުޅުވާލައިގެން ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަނީ

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަން ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ޒުވާނުންގެ ދުވަސް މިފަހަރު ރަސްމީކޮށް ފާހަގަކުރަނީ ކުޅުދުއްފުށި ސިޓީގައެވެ. އެގޮތުން ކުރިއަށް ގެންދެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ޑްރެގް ރޭހަކީ މިހާތަނަށް ރާއްޖޭގައި އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ފުރަތަ...

އަޙްމަދު އަރުޝަމް
ފީވަކަށް އިތުރު ހާސްކަން، އިތުރު 6 މީހުން ޕޮޒިޓިވްވެއްޖެ

ފީވަކަށް އިތުރު ހާސްކަން، އިތުރު 6 މީހުން ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ކަޯވިޑްގެ ޢަލާމާތްތައް ފެނިގެން ވޭތުވެދިޔަ ހަފްތާގައި ފީވަކުން ނެގުނު ސާމްޕަލްތަކެއް ވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި 6 މީހުންނަކީ ވެސް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގެ ތެެެރެއިން 11 އޮކްޓޯބަރުގައި އިތުރަށް ނެގުނު 26 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ބައެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. ފީވަކުން އިތުރު ބަޔަކ...

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރެވިފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއިއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފާވާކަމަށެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި މަސްތުވާތަކެތި އާންމުވެފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އެ މައްސަލަ ހައް...

އަޙްމަދު އަރުޝަމް