މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފިއްލަދޫ އަންހެނުންގެ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ އަންހެނުންގެ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފިއެވެ. 26 ބައިވެރިންނާއިއެކު ފިއްލަދޫގައި ކުރިއަށްގެންދާ މި ކޯހަކީ، ފިއްލަދޫގެ އަންހެންވެރިން ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ތަފާތު އެކި ޑިޒައިންތަކަށް ހެދުމުގެ މޭމައްޗާއި ފަސްބައި ތައްޔާރުކުރާނެ ގޮތާއި އަދި އަބާޔާ ހެދުން ފަހަން ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން އާދައިގ...

އަޙްމަދު އަރުޝަމް
ފީވައް މޮނީޓަރިން ހާލަތަށް ގެނެސްފި

ފީވައް މޮނީޓަރިން ހާލަތަށް ގެނެސްފި

އަނެއްކާ ވެސް ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ށ. ފީވަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން އެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ މިއަދު އެވެ. ފީވަކު މޮނިޓަރިންނަށްލީއިރު، އެރަށުން އިއްޔެ ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން މި މަހުގެ 8 އަދި 10 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާވެސް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ޝާހިދު އޮފީހަށް ނުކުތުން މަނާކޮށްފި

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ޝާހިދު އޮފީހަށް ނުކުތުން މަނާކޮށްފި

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހީމް ޝާހިދު 14 ދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަނާކޮށްފިއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުއާ ޙަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި މެޖިސްޓްރޭޓް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަ...

އަލީ އާދިލް
ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. “ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ. މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ ‘ސަބްމެންޑިބިއުލާރ ގްލޭންޑް’ ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތައް ކުއްޔަށް ދޫކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތައް ކުއްޔަށް ދޫކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައިވާ ރުއްގަސްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ހަތަރު ތަނެއްގައިވާ ރުއްގަނޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރު 6527177 އަށް ގުޅުއްވައިގެން ނުވަތަ  އޮންލައިންކޮށް https://forms.office.co...

އިބްރާހިމް ޚަލީލް
ފީވަކުން އިތުރު 5 މީހަކު ޕޮޒިޓިވް ވެއްޖެ

ފީވަކުން އިތުރު 5 މީހަކު ޕޮޒިޓިވް ވެއްޖެ

ށ. ފީވަކުން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި 4 މީހަކާއި ބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވުނު ކުޑަ ކުއްޖެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާ ވެސް އިތުރު ބަޔަކު ރަށުން ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުތެރޭގައި އުޅޭއުޅުމުގައި […]

އަޙްމަދު އަރުޝަމް
ބޮޑު ތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް 📍 ހދ. ކުޅުދުއްފުށި

ބޮޑު ތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް

ބޮޑު ތިލަދުންމަތީގެ 3 އަތޮޅު، ހއ ، ހދ  އަދި ށ އަތޮޅު ގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. މި މަހާސިންތާ އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ފަރާތުން ހިންގާ މަހާސިންތާއެކެވެ. ” މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ”ގެ ނަމުގައި މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، […]

އަޙްމަދު އަރުޝަމް
"ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ހަރަކާތުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި 📍 ހއ. ދިއްދޫ

"ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ހަރަކާތުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ.ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ގުޅިގެން އެ ރަށު ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް “ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ނަމުގައި ފަންޑްރައިޒިންގެ ޙަރަކާތްތަކެއް ދިއްދޫގައި މި މަހުގެ 7،8،9 (ބުރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ...

އިބްރާހިމް ޚަލީލް
ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި

ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި

ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި އެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި މިމަހުގެ 12އިން ފެށިގެން 16ގެ ނިޔަލަށް އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. މިފަދައިން މެޓް އޮފީހުން ލަފާކޮށްފައިވަނީީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާއި ގުޅިގެން ކަމ...

އަޙްމަދު އަރުޝަމް
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ގަސްއިންދުމުގެ ހަރަކާތަކާއި، ފުޓްބޯޅަ މުބާރާތެއް 📍 ހއ. ކެލާ

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ގަސްއިންދުމުގެ ހަރަކާތަކާއި، ފުޓްބޯޅަ މުބާރާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ކެލާގައި ޒުވާނުންގެ ގަސް އިންދުމުގެ ހަރަކާތަކާއި، ފުޓު ބޯޅަ މުބާރާތެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފި އެވެ. މިގޮތުން ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ފުރަތަމަ އޮންނާނީ އެރަށުގައި އަލަށް ހެދި ބަނދަރު ސަރަހައްދު ހޭޅިފައް ފެހި ކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެ ސަރަހައްދުގައި ހޭޅީގައި ހެދޭ ޒާތު ބޯށި، މަގޫ ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް ކެލާ ކައުންސިލުން ވިދާޅުވިއެވެ. ކެލާ ކައުންސިލްގެ ރައީސް […]

އަޙްމަދު އަރުޝަމް
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް 📍 ހދ. ކުޅުދުއްފުށި

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި ބީޗް ގޭމް ފެސްޓިވަލްއެއް ފަށަން އެ ސިޓީގެ ކައުންސިލުން ތައްޔާރުވެއްޖެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ފެސްޓިވަލްގައި ބީޗްގެ ތަފާތު ކުޅިވަރު މުބާރާތްތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި، ބީޗް ވޮލީ އާއި ބީޗް ސޮކަރ ގެ އިތުރުން ބީޗް ހޭންޑް ބޯލް ހިމެނެއެވެ. އަދި މި މުބާރާތް ހިނގަމުންދާނީ ކޮންމެ ކުޅިވަަރަކުން ވެސް އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ކަމަށް އެ ކައުންސިލުން ވިދާޅުވި […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި، ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްއެއް ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ގުޅުން ހުރި ސާމްޕަލްތަކުގެ ތެރެއިން 10 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން ކުޅުދުއްފުށީ ސިޓީގައި މި ވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި އިތުރު ޕޮޒިޓިވް ކޭސް...

ޔުމްނާ ޢަލީ
ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ފަށައިފި 📍 ހއ. ކެލާ

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ފަށައިފި

ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހޮނިހިރު ދުވަހު ކެލާގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް އަމަލީކޮށް ފައްޓަވައި ދެއްވީ ކެލާ ދާއިރާއިގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އާއި، ކެލާ ކައުންސިލްގެ މެންބަރުންނެވެ. މި މަސައްކަތް 4 މަސް ދުވަހުން ނިންމާގޮތައް ހަވާލުކޮށްފައި ވަނީ ރަފް ކޮންސްޓްރަކްޝަންއާއެވެ. ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމ...

ޝިއުނާ އާދަމް
ބްރޯޑްކޮމްއިން ކުޅުދުއްފުށީ ކައުންސިލްތަކާއެކު ފަހުމުނާމާއެއް އެކުލަވާލަން މަޝްވަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ބްރޯޑްކޮމްއިން ކުޅުދުއްފުށީ ކައުންސިލްތަކާއެކު ފަހުމުނާމާއެއް އެކުލަވާލަން މަޝްވަރާކޮށްފި

ބްރޯޑްކާސިންޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލު ކުރަށްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ބްރޮޑްކާސްޓިން ދާއިރާއިން އެކުގައި މަސައްކަތް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބްރޯޑްކޮމްއިން ހުށަހެޅި ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ބްރޯޑްކޮމް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ފަރާތް ގުޅިގެން...

އަޒްފާ ރަޝީދު
އިހަވަންދޫގައި ކުރިއަށް ގެންދިޔަ "ނަމޫނާ ދަނޑުވެރިޔާ" ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އިހަވަންދޫގައި ކުރިއަށް ގެންދިޔަ "ނަމޫނާ ދަނޑުވެރިޔާ" ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އިހަވަންދޫގައި ކުރިއަށް ގެންދިޔަ “ނަމޫނާ ދަނޑުވެރިޔާ” ޕްރޮގްރާމް ނިންމައި، އެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގެ ނިންމުމުގެ ޚަފްލާ ބާއްވާފައި ވަނީ 09 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫ ސްކޫލުގައެވެ. ޖުމްލަ 17 ބޭފުޅުން މި ތަމްރީން […]

އިބްރާހިމް ޚަލީލް