ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
"ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ" ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ.
މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ.
އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ 'ސަބްމެންޑިބިއުލާރ ގްލޭންޑް' ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ގްލޭންޑް ސާޖަރީ ކޮށް ނެގުމެވެ. 'ސަބްމެންޑިބިއުލާރ ގްލޭންޑް' އިންނާނީ ދުލުގެ ބުޑާއި ދިމާއި ތިރީގައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މި ސާޖަރީ ކުރަން މެދުވެރިވީ 'ކަލްކިއުލަރ ސަބްމެންޑިބިއުލާރ ސިއަލޮޑެނިޓިޓްސް' މެދުވެރިވެގެންނެވެ. މި މައްސަލަ ދިމާވަނީ 'ސަބްމެންޑިބިއުލާރ ގްލޭންޑް' އަށް ޖަރާސީމް ވަދެ އިންފްލެމޭޓް ވުމުން ކަމުގައި ސިއްޙީ ލިއުންތައް ބުނެއެވެ.
" ކާމިޔާބު ސާޖަރީ އަކަށް ފަހު ޕޭޝަންޓް މިހާރު އަންނަނީ ރިކަވަރ ވަމުން " ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުން ވަނީ، އެ ސާޖަރީގައި އިސްކޮށް އުޅުއްވި ސާޖަން، ޑރ. އެސްލަމް އަޙްމަދު ޒަކަރިއްޔާ އާއި އެނެސްތެޓިކް، ޑރ. އަޙްމަދު އެލްސަރަގް އަދި އޮޕަރޭޝަން ތިއެޓާގެ ޓީމް ގެ އިތުރުން އެ ހޮސްޕިޓަލުގެ ޓީމަށްވެސް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ފަހަކަށް އައިސް ށ. އަތޮޅު ހޮސްޕިޓަލުން އަންނަނީ ނުރައްކާތެރި ބޮޑެތި ސާޖަރީތައް ކާމިޔާބު ކަމާއެކު ނިންމަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!