މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކެލާ ލޯކަލް މާރުކޭޓް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ލޯކަލް މާރުކޭޓް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ބަނދަރު ސަރަހައްދުގައި ޤާއިމްކުރެވޭ ލޯކަލް މާރުކޭޓްގެ މަސައްކަތް ކެލާ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލައަށް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ގޮސް މައުލޫމާތު ސާފު ކުރަންޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ. މީގެ އިތުރުން […]

އައިޝަތު ނަސާޔާ
ކޭއާރުއެޗްއިން، މިމަހުގެ 27 އިން 29އަށް ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުންގެ ޚިދުމަތް 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްއިން، މިމަހުގެ 27 އިން 29އަށް ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުންގެ ޚިދުމަތް

މިމަހުގެ 27 އިން 29 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި އިންޑިޔާގެ އެން.ޔޫ ހޮސްޕިޓަލުގެ އެހީތެރިކަމާއި އެކު ޤާއިމްކުރެވިގެން ކުރިޔަށްދާ ނޭޝަނަލް ޔޫރޮލޮޖީ ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރުގެ ޑޮކްޓަރުން ބައްލަވާނެކަމަށް ކޭއާރްއެޗް އިން ވިދާޅުވެއްޖެ އެވެ. ކޭއާރްއެޗްއިން ވިދާޅުވީ އެ މުއްދަތުގައި ބައްލަވާނީ ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުން ކަމަށެވެ. ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޑޮކްޓަރުންނަކީ އަކީ ކިޑްނީ އާއި ގުޅޭ ބަލިތަކަށާއި ކުޑަ ކަމުދިޔުމުގައި ދިމާވާ މައްސަލަ ފަދަ ކަން...

އަޙްމަދު އަރުޝަމް
ގޮއިދޫގައި ނިޔަމިކަމުގެ ކޯހެއް ފަށަނީ 📍 ށ. ގޮއިދޫ

ގޮއިދޫގައި ނިޔަމިކަމުގެ ކޯހެއް ފަށަނީ

ނިޔަމިކަމުގެ ސެޓްފިިކެޓް ލެވެލް 2 ގެ ކޯހެއް ށ. ގޮއިދޫގައި ފެށުމަށް ނިންމައިފިއެވެ. ގޮއިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ކޯހަކީ ކަނޑުމަތީގެ ލައިސެންސް ނެގުމާއި އާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ގޮއިދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ. އަދި މިކޯހުގެ ސަބަބުން ތައުލީމީ ސެޓްފިކެޓްއެއް ލިބިގެންދާނެކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މިކޯހުގެ ތެރެއިން ކަނޑުމަތީގެ ރައްކާތެރިކަމަށް އަަޅަން ޖެހޭ ފިޔަވަޅުތަކާއި، ނެވިގޭޝަންއާއި ކޮމިއުނިކޭޝަން ގެ އިތުރުން މެރިޓައިމް އަދި ތިމ...

އައިޝަތު ނަސާޔާ
މާރަންދޫ އަންހެނުންގެ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ އަންހެނުންގެ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި

ހއ. މާރަންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި އެވެ. އެ ކޮމިޓީގެ ރައީސާ ފާތިމަތު ޝިފްނާ ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާ ކުރަން ނިންމީ އެރަށުގައި ހުރި ކައުންސިލުގެ ލައުޑް ސްޕީކަރ ތަކުން މުޅި ރަށަށް އަޑު ނުދިއުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އައުމުންކަމަށެވެ. އެގޮތުން، އެ ކޮމިޓީން ކައުންސިލާ ބައްދަލުކުރައްވާ ބެލިބެލުމުން، އެ ކައުންސިލުގެ ދެންނެވުންތައް ފޯރުކޮށްދޭ […]

އަޙްމަދު އަރުޝަމް
ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް، ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ގޮވާލައިފި

ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް، ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ގޮވާލައިފި

ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް ކަމަށާއި، އެ މަޝްރޫޢުގައި ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ. ސައްލެ މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެ މައްސަލައަކީ […]

ތިލަދުން
ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. ހއ. ހދ. ގައި ހިމެނޭ ހުރިހާ ޖަމިއްޔާތައް ހިމެނޭހެން ކުރިއަށްގެންދާ މި ފޯރަމް ބާއްވަނީ އިހަވަންދޫގައެވެ. މި ފޯރަމުގައި ބައިވެރިވާ އެންޖީއޯތަކުގެ ބޭފުޅުން އިއްޔެ އިހަވަންދުއަށް ވަޑައިގެންފައެވެ. ބައިވެރިންނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ތިލަދުންމަތީގެ ހުރިހާ ޖަމިއްޔާއެއް އެއް ޕްލެޓްފޯމެއްގައި ބައްދަލުވެ ގުޅުން ބަދަހި ކުރުމަށް ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތެކެވެ. މުޖުތަމަ...

އަޙްމަދު ވަހީދު
ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ށ. ނަރުދޫ

ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް

ށ. ނަރުދޫގެ 30 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށް އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. ނަރުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަކީ 1 މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް އެ ކޮމިޓީއިން މައުލޫމާތު ދެއްވައެވެ. އެގޮތުން އެ ކޮމިޓީއިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން […]

އައިޝަތު ނަސާޔާ
އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ހިންގަމުން އަންނަ އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ހަތަރު ކެޓަގަރީއަކުން ކުދިންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ކެޓަގަރީ ތަކަކީ ގްރޭޑް 1، ގްރޭޑް 2، ގްރޭޑް 3، ގެ އިތުރުން ގްރޭޑް 5 އެވެ. އޮކްޓޯބަރ އިންޓޭކްގައި ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ކޮންމެ ކެޓަގަރީއަކުން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 10 ކުދިންނަށެވެ. […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި 850 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އ...

އަޙްމަދު ވަހީދު
ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ 📍 ހއ. ދިއްދޫ

ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ

ހއ. ދިއްދޫ ބަނދަރުގެ އުތުރު ތޮށީގައި ބޭނުން ނުކޮށް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަނދަރު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެ ރަށުގެ ބަނދަރުގެ އުތުރު ތޮށީގައި [...

އިބްރާހިމް ޚަލީލް
ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި 📍 ހއ. އިހަވަންދޫ

ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ހއ. އިހަވަންދޫގައި ރޭ ފަށައިފިއެވެ. ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ރޭ ފެށި މި މަހާސިންތާ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިންނާއެކު ކުރިއަށް ގެންދާ މަހާސިންތާ ރޭ ފެށިއިރު އިއްޔެ ހެނދުނު […]

ޔުމްނާ ޢަލީ
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހދ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހދ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) ތަމްސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މިގޮތުން މި މުބާރާތުގައި ހދ. އަތޮޅު ތަމްސީލް ކުރުމަށް ބައިވެރިން ހޮވުމަށް ކުރިއަށް ގެންދެވުނު އަތޮޅު ޤުރުއާން އޮޑިޝަންގައި ހދ. އަތޮޅުގެ 10 ރަށަކުންނާއި، ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް މިއަހަރު 6 އުމުރުފުރާއަކުން ޖުމްލަ 131 ބައިވެރިން ވާދަކޮށްފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އެ ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު އޮންލައިން ކޮ...

އަޒްފާ ރަޝީދު
ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދުއެވެ. އެކަން އަންގާ އެޗްޕީއޭއިން ފުނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށް މޮނީޓަރިން ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މިގޮތުން އެޗްޕީއޭގެ ހުއްދަނެތި ރަށުން ފޭބުމާއި، އެރަށަށް އެރުން މަނާކޮށްފައިވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ. ފުނަދޫ ބަންދުކޮށްފައި މިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކ...

ޔުމްނާ ޢަލީ
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ޔޫތު އެވޯޑް އުލިގަމު އަރުޝަދަށް

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ޔޫތު އެވޯޑް އުލިގަމު އަރުޝަދަށް

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން މިއަހަރުގެ ޔޫތު އެވޯޑް ހއ. އުލިގަމު، ފަހިވާ އަރުޝަދު އަޙްމާދުއަށް ލިބިއްޖެއެވެ. މި އެވޯޑް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާއިން، އަރުޝަދު އަހުމާދު (ފަހިވާ، ހއ. އުލިގަން) ވިޔަފާރީގެ ގޮތުން ސޮފްޓްވެއާ ޑިވެލޮޕް ކުރުމުގެ ދާއިރާއަށް އަރުޝަދު ވަދެފައި ވަނީ 2013 ވަނަ އަހަރު އޭ […]

ޙުސައިން ޝަހުދީ
ޔޫތު އެވޯޑް 2021: ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، މަކުނުދޫ އިއްޒަތު އަހުމަދަށް 📍 ހދ. މަކުނުދޫ

ޔޫތު އެވޯޑް 2021: ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، މަކުނުދޫ އިއްޒަތު އަހުމަދަށް

ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން މިއަހަރުގެ ޔޫތު އެވޯޑް ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދަށް ލިބިއްޖެއެވެ. މި އެވޯޑް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. އާޓްސް، ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން، އިއްޒަތު އަހުމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ) އަދަބީ ހުނަރުވެރިކަމުގެ ތެރެއިން އިއްޒަ އެންމެ ފާހަގަވަނީ ޅެން...

ޙުސައިން ޝަހުދީ