ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ.
އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް އޭނާ ބެއްލެވިއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އާޒިމްވަނީ އެ ކުންފުނީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށް ތަމްރީން ވަމުން އަންނަ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.
CEO @adamazim and team has inspected the progress of the establishment of Hdh. Kulhudhuffushi ferry terminal. #MTCCSpeedferry #RayyithungeKunfuni pic.twitter.com/k6ukk4zs92
— MTCC Plc (@MTCCPlc) November 1, 2021
އެމްޓީސީސީން ގިނަ ރަށްތަކެއްގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނައިރު އާޒިން އަންނަނީ މި މަސައްކަތްތައް ވަރަށް ކައިރިން ބައްލަވަމުންނެވެ. އެގޮތުން ޕްރޮޖެކްޓުތައް ހިންގާ ރަށްތަކަށް ވަޑައިގެން އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!