ހއ. އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީގައި ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ
ހއ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތް އަންނަ މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމުގައި އެ އެކަޑަމީން ހާމަކޮށްފިއެވެ. ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކަށެވެ. އެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގަ ވަނީ ހޯރަފުށިން ތިން ޓީމްގެ އިތުރު...