މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. މިމަސައްކ...

މުޙައްމަދު އަފްރާޙް
"ބަޑިއެެއް އޮވެދާނެ" ކަމަށް ބުނެގެން ހައްޔަރުކުރި ހަނިމާދޫ އެއާޕޯޓު މުވައްޒަފު ދޫކޮށްލައިފި 📍 ހދ. ހަނިމާދޫ

"ބަޑިއެެއް އޮވެދާނެ" ކަމަށް ބުނެގެން ހައްޔަރުކުރި ހަނިމާދޫ އެއާޕޯޓު މުވައްޒަފު ދޫކޮށްލައިފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދައްކައިގެން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެތަނުގެ މުވައްޒަފަކު އިއްޔެ ދޫކޮށްލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހަނިމާދޫއަށް ޖައްސަން ކައިރިވެފައިވަނިކޮށް އެ ފްލައިޓަށް ޚިދުމަތްދޭ މުވައްޒަފުންގެ ބޮޑީ ސެކިއުރިޓީން ޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮ...

ޔުމްނާ ޢަލީ
ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 1 ވަނަ ފުޓްބޯޅަ މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި އާންމު ފަރުދުންނަށް ވެސް ޓީމްތައް ބައިވެރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ […]

އިބްރާހިމް ޚަލީލް
ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް 📍 ހދ. ނައިވާދޫ

ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް

ހދ. ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ނައިވާދޫ އަށް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި ކަންތައްތަކެއް ކޮށްދިނުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން، އެރަށު ފެނުގެ ނިޒާމް އިފްތުތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ނުފެށި...

މުޙައްމަދު އަފްރާޙް
"ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގަ" 📍 ހދ. ފިނޭ

"ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގަ"

ހދ. ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ފިނޭ...

މުޙައްމަދު އަފްރާޙް
ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...

މުޙައްމަދު އަފްރާޙް
ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ރަސްމީކޮށް ފަށައިފި 📍 ހދ. ފިނޭ

ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ރަސްމީކޮށް ފަށައިފި

ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގަ އެވެ. މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ...

މުޙައްމަދު އަފްރާޙް
ނައިވާދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ކައުންސިލުގެ ޝުކުރު، ރައީސަށް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ކައުންސިލުގެ ޝުކުރު، ރައީސަށް

ހދ. ނައިވާދޫ ގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެރަށު ކައުންސިލުން ޝުކުރު އަދާކުރައްވަފި އެވެ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެްވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތ...

މުޙައްމަދު އަފްރާޙް
ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި

ހދ. ނައިވާދޫ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައިވަނީ އެމަނިކުފާނު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ. ސާސޭ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމުމާއެކު އެރަށުގެ 198 ގޭބީސީ އަށް މިހާރުއަންނަނީ ސާފުބޯފެން ފޯރުކޮށްދެމުން ނެވެ. މީގެ އިތުރުން ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތ...

މުޙައްމަދު އަފްރާޙް
އިހަވަންދޫގައި 60 ދަރިވަރުންނާއެކު "ދަރުމަ" ގުރްއާން ހަރަކާތް އިފްތިތާހު ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި 60 ދަރިވަރުންނާއެކު "ދަރުމަ" ގުރްއާން ހަރަކާތް އިފްތިތާހު ކޮށްފި

60 ދަރިވަރުންނާއެކު “ދަރުމަ” ގުރްއާން ހަރަކާތް ހއ. އިހަވަންދޫގައި އިފްތިތާހު ކޮށްފި އެވެ. ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތް އިފްތިތާޙްކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން އިހަވަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ ޙަފްލާގަ އެވެ. އިހަވަންދޫ ހޯރަ އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް މޫސާ ވަނީ މި ހަރަކާތަކީ އަދި ފެށުމ...

މުޙައްމަދު އަފްރާޙް
ރައީސް، ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި 📍 ހއ. ދިއްދޫ

ރައީސް، ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި

ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފި އެވެ. މިއަދު ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަ...

މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ އުންމީދުތަކާއި ގުޅިފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ހަނިމާދޫ

ތިލަދުންމަތީގެ އުންމީދުތަކާއި ގުޅިފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އެގޮތުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީއެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭ އެސް ރެޑީއެވެ. މި ރަސްމިއްޔާތުގެ ދައުލަތުގެ ވ...

އަޙްމަދު ވަހީދު
ކޭއެޗްއާރް ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޭއެޗްއާރް ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ހަވާލުކޮށްފި

ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ކޭއާރުއެޗުގެ ފަރާތުން ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދު މި އެއްބަސްވުމުގެ ސޮއިކުރެއްވި އިރު، ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރ...

މުޙައްމަދު އަފްރާޙް
ނެެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ނެެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގެސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 66 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައ...

އަޙްމަދު ވަހީދު
ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ 📍 ށ. ފޭދޫ

ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ

ށ. ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، މި އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައި މި ދިޔަ ހަފްތާ ބަންދުގައި މާލޭ ރޮޓަރީ ކުލަބްގެ ފަރާތުން އެރަށަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބާއެކުގައި ކަމަށެވެ. މާލޭ ރޮޓަރީ ކުލަބާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނެތެމުންދާ އެރަށުގެ ކަނޑޫފަލުގައި ކަނޑޫ ގަސް އާލާ ކުރުމަށް ނާސާރީއެއް ހެދުމުގެ އިތުރުން ރަށުގެ […]

ޙުސައިން ޝަހުދީ