މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރަށްރަށުގެ ވިޔަފާރިއަށް ބޮޑު ދިރުމެއް އަންނާނެ: ރައީސް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރަށްރަށުގެ ވިޔަފާރިއަށް ބޮޑު ދިރުމެއް އަންނާނެ: ރައީސް

ހދ. ކުޅުދުއްފުށީ ސިޓީ އާއި، އައްޑޫ ސިޓީގެ ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ގދ. ތިނަދޫގައި ވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. ވެރިރަށް މާލޭ...

މުޙައްމަދު އަފްރާޙް
ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި 📍 ހދ. ވައިކަރަދޫ

ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނ...

އިބްރާހިމް އަސްވާޤް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް

އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ  ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާގެ ދަތުރު އެ ޖަމިއްޔާއިން މިއަދު ހއ. އިހަވަންދޫއަށް ކޮށްފިއެވެ. މި ދަތުރުގައި އެ ޖަމިއްޔާއިން ހަނިމާދޫގައި ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލުގެ ހަތަރު މުދައްރިސުންނާއި އެ ސްކޫލުގެ ޕީޓީއޭ ހަތް މެމްބަރުންގެ އިތުރުން ޖަމިއްޔާގެ ހަ މެމްބަރުންނާއިއެކު ޖުމްލަ 17 މީހުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި އިހަވަންދޫގައި ގައި ފަށާ ތަޢުލީމް ފޯރުކޮށް ދިނުމުގެ ގޮތުން އަމިއްލަ...

އިބްރާހިމް ޚަލީލް
އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ކުޅުއްފުށީ އަފީފުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަަށް ޒިޔާރަތްކޮށްފި އެވެ. މިއަދު ހެނދުނު ކުރި ޒިޔާރަތުގައި، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަން ހުށަހަޅައިދީފައި ވެއެވެ. އަދި އަލިފާނުގެ...

މުޙައްމަދު އަފްރާޙް
ހއ. އަތޮޅު ޤުރްއާން މުބާރާތް ފަށައިފި

ހއ. އަތޮޅު ޤުރްއާން މުބާރާތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތުގެ ސިލްސިލާގެ ތެރެއިން މިއަހަރުގެ ޤުރްއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ހއ. ގެ ވެރިރަށް ދިއްދޫގައި ފެށި މި މުބާރާތުގައި އެ އަތޮޅުގެ 12 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެ ސްކޫލްތަކަކީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، މުރައިދޫ ސްކޫލް، މޮޅަދޫ ސްކޫލް، ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ، އިހަވަންދޫ ސްކޫލް، ކެލާ ސެއިޚް އިބްރާޙީމް ސްކޫލް، ދިއްދޫގައި ހުންނަ ހއ. […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި "ރަށްމަތިފަންނު" މައިޒާން ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި "ރަށްމަތިފަންނު" މައިޒާން ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށު ހުޅަނގުފަރާތުގައި ތަރައްގީކުރި “ރަށްމަތިފަންނު” މައިޒާން ހުޅުވައިފި އެވެ. އެކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މައިޒާން ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، މިފަދަ މައިޒާނެއް ކުޅުދުއްފުށި ސިޓީގައި ޤާއިމް ކުރުމުގެ މައިގަނޑު އެއް މަޤުސަދަކީ، ރައްޔިތުން ހިތްހަމަޖައްސާލާ މުޖުތަމަ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއިކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއިކުރަނީ

ހދ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑ...

އަލީ އާދިލް
ށ. އަތޮޅު ކައުންސިލުން ބާއްވާ ''އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތް'' ފަށައިފި

ށ. އަތޮޅު ކައުންސިލުން ބާއްވާ ''އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތް'' ފަށައިފި

ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”އެސް.ޓީ.އޯ ވިަޔަވަތި ޤުރުއާން މުބާރާތް” މިއަދު ފަށައިފިއެވެ. މިއަދު މެންދުރުފަހު ފެށި މި މުބާރާތުގައި އެ އަތޮޅުގެ 10 ސްކޫލަކުން 85 ކުދިން ބައިވެރިވެއެވެ. މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ށ. އަތޮޅުގެ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު، ށ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެން، […]

ޔުމްނާ ޢަލީ
ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތް، އަހަރެއްގެ ތެރޭގައި ނިންމަން ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތް، އަހަރެއްގެ ތެރޭގައި ނިންމަން ހަވާލުކޮށްފި

ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަށް ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 8,982,616.00ރ އަށް ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ އެވެ. 12 ކުލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރީގައި ކުރިއަށް ގެންގޮސްފަ އެވެ. މިއީ PSIP 2021ގެ ދަށުން ކުރިއަށްދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކް...

ޝިއުނާ އާދަމް
މިފްކޯއިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި، އިހަވަންދޫ ވެސް ހިމެނޭ 📍 ހއ. އިހަވަންދޫ

މިފްކޯއިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި، އިހަވަންދޫ ވެސް ހިމެނޭ

މިފްކޯގެ ދަށުން ހިންގަމުން އައި 13 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ. ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމާއެކު އެތަންތަނު...

އަޙްމަދު ވަހީދު
ކުނިނެގުމަށް ރަޖިސްޓަރީ ކުރި މިލަންދޫގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިނެއް 📍 ށ. މިލަންދޫ

ކުނިނެގުމަށް ރަޖިސްޓަރީ ކުރި މިލަންދޫގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިނެއް

ށ. މިލަންދޫ ކައުންސިލުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގެ ދަށުން ކުނިނެގުމަށް ރަޖިސްޓަރަރީ ކުރި އެރަށުގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިން ހަދިޔާކޮށްފިއެވެ. މިލަންދޫ ކައުންސިލް ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެ ޑަސްބިންތައް ގޭބިސީތަކަށް ހަދިޔާ ކުރުމަށް ކައުންސިލްގެ ބަޖެޓުން 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މި ހުރިހާ ޑަސްބިންތަކެއް ދީފައި ވަނީ ހިލެއެވެ. މިގޮތުން ގޭބިސީތަކަށް ވަނީ 20 ލިޓަރުގެ 500 ޑަސްބިން ހަދިޔާކޮށްފައެވެ. އަދި […]

ޙުސައިން ޝަހުދީ
އުލިގަމު ކުނިކޮށި މެނޭޖުކުރަން، ފާރަ އިންވެސްޓްމެންޓާއި ހަވާލުކޮށްފި

އުލިގަމު ކުނިކޮށި މެނޭޖުކުރަން، ފާރަ އިންވެސްޓްމެންޓާއި ހަވާލުކޮށްފި

ހއ. އުލިގަމު ކުނިކޮށި މެނޭޖުކުރުން އެރަށު ފާރަ އިންވެސްޓްމެންޓާ ހަވާލުކޮށްފި އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު މުޢާޛް މުޙައްމަދެވެ. ފާރަ އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެރަށު ފަޒާ މުޙައްމަދު ސިރާޖެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަސައްކަތް ކުރުމަށް އެއްބަސް ވެފައިވާއިރު، ކުރިއެކޭވެސް އެއްގޮތަށް ކުނި އުކުމަށް އޮންނަ ދުވަސްތަކާއި ވަގުތުތަކުގައި ރައްޔިތުންނަށް ކުނި އުކަމުން ގެންދެ...

މުޙައްމަދު އަފްރާޙް
ތިލަފުށީގައި ރޯވި އަލިފާންގަނޑުން، ބޯކޮށް ދުން އަރާފާނެތީ ސަމާލުވުމަށް އަންގައިފި

ތިލަފުށީގައި ރޯވި އަލިފާންގަނޑުން، ބޯކޮށް ދުން އަރާފާނެތީ ސަމާލުވުމަށް އަންގައިފި

ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލިނަމަވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރާފާނެތީ ސަމާލުވުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންގައިފި އެވެ. ވެމްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވަގުތީގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި މިއަދުމެންދުރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. ވެމްކޯ އިން ބުނީ އެމްއެންޑީއެފްގެ ފަޔަރ ޑިޕާޓްމެންޓާއި ވެމްކޯގެ މުވައްޒަފުންގެ މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. “ނަމަވެސް އެ ސަރަހައްދުން ދުން އަރާކަން ފ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް، ޕްލޭ ސްކޫލެއް ހިންގަން 20 އަހަރަށް ކުއްޔަށްދީފި

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް، ޕްލޭ ސްކޫލެއް ހިންގަން 20 އަހަރަށް ކުއްޔަށްދީފި

ކުޅުދުއްފުށީ ގައި ކުރިން ހިންގި ޕްލޭ ސްކޫލެއް ކަމަށްވާ، އަމީރު އަމީން ސްކޫލް އަލުން ހިންގުމަށް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ހެޔޮއަގުގައި ޕްލޭ ސްކޫލްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްޤީ ކުރުމަށް، އަމީރު އަމީން ސްކޫލުގެ ބިމާއި އިމާރާތްތައް ކުއްޔަށްދިނުމަށް ނިންމައި ބަޔަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަމީރު އަމީން ސްކޫލް އަލުން ހިންގަން ކުޅުދުއްފ...

ޔުމްނާ ޢަލީ
500 މީޓަރު ކަނޑު އަޑިން، ވައިކަރަދޫ ޝިމާލްގެ މެސެޖެއް! 📍 ހދ. ވައިކަރަދޫ

500 މީޓަރު ކަނޑު އަޑިން، ވައިކަރަދޫ ޝިމާލްގެ މެސެޖެއް!

ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދާ އެންމެ ބޮޑު ކަނޑު އަޑީގެ ދިރާސާ ކުރަން ފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މި ދިރާސާ ހިންގަނީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓެއް ކަމުގައިވާ ”ނެކްޓަން” އާއި ގުޅިގެންނެވެ. މި ދިރާސާ ހާއްސަވެ، ތާރީހީ ކަމަކަށް ވަނީ ކަނޑު އަޑީގެ 1،000 މީޓަރު އަޑިއަށް ގޮސްގެން ތަފާތު މައުލޫމާތުތަކެއް އެއްކުރުމަށް ހަމަޖެހިފައިވާތީ އެވެ. މިފަދަ ތާރީހީ މަސައްކަތެއްގައި ރާއްޖޭގެ ބައިވެރިވުމާއި އެކު ލިބޭ އެންމެ ބޮޑު ޝަރަފާއި […]

މުޙައްމަދު ވަސީމް