މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މާލިއްޔަތަށް ލުއި ކުރަން ށ. އަތޮޅު ކައުންސިލް ދަތުރުތައް އާރުޓީއެލް ފެރީން

މާލިއްޔަތަށް ލުއި ކުރަން ށ. އަތޮޅު ކައުންސިލް ދަތުރުތައް އާރުޓީއެލް ފެރީން

ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ މެދުވެރިކޮށް ކުރަން ނިންމައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރަސްމީ ދަތުރުތައް އާރުޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެކައުންސިލްގެ ޖަލްސާގައި މެންބަރުންގެ އިއްތިފާގުންނެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ”ތިލަދުން” އަށް ވިދާޅުވީ، ށ. އަ...

ތިލަދުން
އުރީދޫ ސުޕަނެޓް ހިދުމަތް ހަނިމާދުއަށް

އުރީދޫ ސުޕަނެޓް ހިދުމަތް ހަނިމާދުއަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. ހަނިމާދުއަށް ތައާރަފްކޮށްފިއެވެ. އުރީދޫ އިން ބުނީ ހަނިމާދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މިޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ […]

އަޙްމަދު ވަހީދު
ގޮއިދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ށ. ގޮއިދޫ ފެރީ ސްޓޮޕްގައި ގާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކުރާނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. އަތޮޅުގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް […]

އަޙްމަދު ވަހީދު
މަގަށް ގެއްލުން ވަމުންދާތީ ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހިތިގަސްތައް ނަގަނީ 📍 ހދ. ކުޅުދުއްފުށި

މަގަށް ގެއްލުން ވަމުންދާތީ ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހިތިގަސްތައް ނަގަނީ

ހދ.ކުޅުދުއްފުށީ ސިޓީގައި ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވާ އަމީނީމަގުގެ ދެ ފަރާތުގައި އިންދާފައިވާ ހިތިގަސްތައް ބޮޑެތިވެ، އެ ގަސްތަކުގެ ސަބަބުން މަގަށް ގެއްލުން ލިބެމުން އަންނާތީ ގަސްތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ވިދާޅުވެފައި ވަނީ އަމީނީ މަގުގައި އިންދާފައިވާ ބައެއް ބޮޑެތި ހިތި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އެ ގަސްތައް ނަގަން ނިންމާފައ...

އިބްރާހިމް ޚަލީލް
ސަރުކާރުން އުންމީދުކުރަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށް 📍 ހދ. ހަނިމާދޫ

ސަރުކާރުން އުންމީދުކުރަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރަނީ، 2024 ވަނަ އަހަރު ނިމެންވާއިރަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިޢުވާން މިހެން ވިދާޅުވީ، ފާއިތުވެ ދިޔަ ހަފްތާގައި ކުރެވުނު މުހިއްމުކަންކަމާއި ކުރިޔަށްއޮތް ހަފްތާގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި “ތިލަދުން” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިއ...

އަލީ އާދިލް
ހއ. ދިއްދޫ އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ހއ. ދިއްދޫ އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ބޭރުތޮށި ލުމާއި، 185 މީޓަރުގެ […]

އަޙްމަދު ވަހީދު
ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް

ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް

ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް އަތުވެއްޖެ އެވެ. މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް ކުރާ މިދަތުރަކީ އެކައުންސިލް އިންތިހާބުވި ފަހުން ހުރިހާ މެންބަރުންނާއި އެކު މާލެއަށް ކުރާ ފުރަތަމަ ދަތުރެވެ. އިއްޔެ އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އެވެ. މި ބައްދަލު ވުމުގައި ހދ. އަތޮޅު ރަށްރަށުގެ ސިވިލްސަރވަންޓުންނާއި ގުޅުންހުރި މައްސަލަތައް ހިއްސާކުރެވުނުކަމަށާއި ކައުންސިލްތަކަށް ކު...

އަލީ އާދިލް
ކުޅުދުއްފުށީގައި މަސްކައްކައި ހިއްކުމާއި ލޮނުމަސް އެޅުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަސްކައްކައި ހިއްކުމާއި ލޮނުމަސް އެޅުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމަށާއި ލޮނުއެޅުމުގެ މަސައްކަތުގެ އިތުރުން ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން އިއްޔެ ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދުގެ (ޤަވައިދު ނަންބަރު: (2018/R-69 8 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައ...

އިބްރާހިމް ޚަލީލް
ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 42.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގަ...

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިކަމަށް ނޮޅިވަރަންފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެރަށު ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ މަސްވެރިކަމާ، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަންއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އެވެ. މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދު ﷲ ވެސް ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޝައުނާ ދެއްކެވި ވާހަކާގައި މޫސުމަށް އަންނަ ބަ...

ޔުމްނާ ޢަލީ
މޮޅަދޫ އާއި ކުރެންދޫގެ އާ އިންޖީނުގެތައް ބޭނުން ކުރަން ފަށައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ އާއި ކުރެންދޫގެ އާ އިންޖީނުގެތައް ބޭނުން ކުރަން ފަށައިފި

ހއ. މޮޅަދޫ އާއި ޅ. ކުރެންދޫގައި ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ އާ އިންޖީނުގެތައް ހުޅުވައި ޙިދުމަތް ދޭން ފަށައިފިއެވެ. މޮޅަދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައި މިވަނީ އެ ރަށުގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އާ އިންޖީނުގެއިން ހިސުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 5:28 އިން ފެށިގެންނެވެ. ޅ. ކުރެންދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ އެ ރަށުގެ 18 […]

އަޙްމަދު ވަހީދު
ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ދަޢުވަތާއި އެކު، ރާޢީގެ ސުވާލެއް ސަރުކާރަށް 

ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ދަޢުވަތާއި އެކު، ރާޢީގެ ސުވާލެއް ސަރުކާރަށް 

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު، ހދ. އަތޮޅު ރައްޔިތުންނާއި މެންބަރުންގެ އިހުސާސްތައް ހުރިގޮތް ކަމާބެހޭ މުވައްސަސާތަކުގެ ވެރިންނާއި ސަރުކާރަށް އިހުސާސް ވޭތޯ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސުވާލު އުފައްދައިފި އެވެ. މިމަހުގެ 29 ވަނަ ދުވަހު ކްރޮސްރޯޑްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ޓޫރިޒަމް އިންޑަސްޓްރީ އަށް 50 އަހަރުފުރުމާއި ގުޅިގެން ބާއްވާ ހަރަކާތުގެ ދައުވަތުކާޑުގެ ފޮޓޯ އެއް ހިއްސާ ކުރައްވަމުން، ރާޢީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފ...

އަލީ އާދިލް
ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް

ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް

ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ހުންނަ މި ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމުގައި އެ ސެންޓަރުގެ 14 މުވައްޒަފަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެ...

ޔުމްނާ ޢަލީ
ދިއްދޫގައި ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އަހަރެންގެ ބޭންކް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުގެ ޓީ...

އިބްރާހިމް ޚަލީލް
''ނޫނު އަތޮޅު ކޮމެޓީ'' ތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

''ނޫނު އަތޮޅު ކޮމެޓީ'' ތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނޫނު އަތޮޅު ކޮމެޓީ ތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކްލަބް، ޖަމިއްޔާތަކަށް މިއަދު ހުޅުވާލައިފިއެވެ. ނ. އަތޮޅު ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ނޫނު އަތޮޅު ކައުންސިލް ހަތަރުވަނަ ދައުރުގައި ފާސްކޮށްފައިވާ އައު ހިންގާ ގަވާއިދުގައިވާގޮތުން އެ އަތޮޅު އެއްރަށާ އަނެއްރަށާގުޅުވާ ހިންގާދޭ އަތޮޅު ފެންވަރުގެ ކޮމިޓީތަކެއް އެކުލަވާ ހިންގަންޖެހޭ ކަމަށެވެ. އެހެންކަމުން ތަފާތު ދާއިރާތަކުގެ ކޮމިޓީތަކުގައި އެދާއިރާތަކާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭގޮތަށް ހިންގުމަށް ޝައުގުވެރިވާ ޖަމުއިއ...

ޙުސައިން ޝަހުދީ