މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ބާރަށުގައި ވައްކަން އިތުރުވާތީ ކައުންސިލުން ކޮމާންޑަރުގެ އަރިހަށް 📍 ހއ. ބާރަށް

ބާރަށުގައި ވައްކަން އިތުރުވާތީ ކައުންސިލުން ކޮމާންޑަރުގެ އަރިހަށް

ހއ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވެ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުން ލިބެމުންދާތީ އެކަން ހުއްޓުވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރުމަށް އެ ކައުންސިލުން ހއ. އަތޮޅު ޕޮލިސް ކޮމާންޑަރާއި ބައްދަލު ކޮށްފިއެވެ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އައުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ އެ ރަށުގައި ޒަމާންވީ މައްސަލައެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރެއް، ދޮޅު އަހަރެ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ހުންނަ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މަރާމާތު ކުރަނީ މަސްޖިދުލް ޙަޟާރަތު މިސްކިތެވެ. އެ މަސައްކަތް ހަވާލުކުރީ ގިބްސް ޕްރައިވެޓް ލިމިޓެޑާއެވެ. 45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) ކަމަށް އެ ކައުންސިލުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން...

ޝިއުނާ އާދަމް
ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް

ހއ. ފިއްލަދޫ އާއި ހދ. ކުރިންބަށް ވެސް ބުދެއް ލައްގައިފި އެވެ. ކުރިނބީ ކައުންސުލްގެ ރައީސް އަބްދުﷲ އަސްލަމް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށު ގޮނޑުދޮށުން 1 ފޫޓު ހުންނަވަރުގެ ބުދެއް ހޮވާފައިވާ ކަމަށެވެ. އެބުދު މިހާރު އޮތީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. ފިއްލަދޫއިން ބުދެއް ފެނިފައިވަނީ އިއްޔެއެވެ. އެހެން ރަށްރަށް ލައްގަމުން އަންނަ ބުދުތަކާއި ހިލާފަށް މިބުދު އޮތީ ކަޅުކުލައިގަ އެވެ. ފިއްލަދޫ ކައުންސިލް މެންބަރު މުޙައްމަދު މޫސާ ވިދާޅުވީ […]

އަލީ އާދިލް
ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ

ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްގެން ހދ. ވައިކަރަމުރައިދޫއަށް ގެންދިޔަ ދެ މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން ހދ. ވައިކަރަމުރައިދޫއަށް އެ ލޯންޗް ގެންދިޔައީ ހދ. މަކުނުދޫ އުނިމާގޭ މުހައްމަދު ނާއިފު އާއި އެރަށު ގުލްއަލާގޭ މުހައްމަދު ޔާސިރެވެ. އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާއަށް އެ ދެ […]

އަލީ އާދިލް
ނޮޅިވަރަންފަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ސަރުކާރުގެ އިސްވެރިންނާއި ހިއްސާކޮށްފިން: މޮސްޓާ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ސަރުކާރުގެ އިސްވެރިންނާއި ހިއްސާކޮށްފިން: މޮސްޓާ

ހދ. ނޮޅިވަރަންފަރު ބަނދަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ވަޒީރުންނާއި ހިއްސާކޮށްފައިވާކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ. މިހާރު ލ ގަމުގައި ކުރިޔަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސް ގައި ހުންނަވާ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “ނޮޅިވަރަންފަރު ބަނދަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ފޮޓޯތައް ދައްކާ ހިއްސާ ކޮށްފައިވާކަމަށެވެ. “އިރާދަ ކުރެއްވިއ...

އަލީ އާދިލް
މަކުނުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ހދ. މަކުނުދޫގައި ކުރިއަށް ގެންދިޔަ 87 ވަނަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ދިޔަ މި ޕްރޮގުރާމްގައި މަކުނުދޫ ސްކޫލްގެ 103 ދަރިވަރުންނާއި ށ. ގޮއިދޫ ސްކޫލުގެ 23 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި މަހު 8 އިން 10 އަށް މަކުނުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް […]

އިބްރާހިމް އަސްވާޤް
ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ ކުރިއަށް އޮތް އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ދާރުލް ޤުރުއާން ގުޅިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާއަކު (ބްރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ކިޔަވައި ދިނުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑް ކޮޕ...

އިބްރާހިމް ޚަލީލް
ކަނޑިތީމު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރި 6 ޖަނަރޭޓަރު ނީލަން ކިޔަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރި 6 ޖަނަރޭޓަރު ނީލަން ކިޔަނީ

ށ، ކަނޑިތީމުގައި ރައްޔިތުންގެ އިންޖީނުގެ ހިންގި ދުވަސްވަރު ބޭނުންކޮށްފައި ހުރި 6 ޖަނަރޭޓަރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލްގެ މިއަހަރުގެ 12 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާކަމަށެވެ. ނީލަން ކިޔަން ނިންމާފައިވަނީ ޕާކިންސް ބްރޭނޑްގެ 80ކިލޯ ވޯޓް 02 ޖަނަރޭޓަރާއި ކަމިންސް ބްރޭންޑްގެ 80 ކިލޯވޯޓް 02 ޖަނަރޭޓަރު އަދި ޑޮއިޓްސް ބުރޭންޑުގެ 40 ކިލޯވޯޓް 01 ޖަނަރޭޓަރެވެ. މި ފަސް ޖަނަރޭޓަރުވެސް ހުރީ […]

އަލީ އާދިލް
މި މަހުގެ ފަހު ހަފްތާގައި ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށަނީ 📍 ހއ. ހޯރަފުށި

މި މަހުގެ ފަހު ހަފްތާގައި ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށަނީ

ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މި މަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށީ މަގުތަކުގައި ތާރުއަޅަން މިއަހަރު ޖުލައި މަހު ތައްޔާރުވި ނަމަވެސް މަސައްކަތް ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. ހޯރަފުށީ މަގުތައް ތަަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ....

އަޙްމަދު ވަހީދު
ލަކުޑިން ހަދާފައިވާ ބުދެއް ހަނިމާދޫއަށްވެސް ލައްގައިފި 📍 ހދ. ހަނިމާދޫ

ލަކުޑިން ހަދާފައިވާ ބުދެއް ހަނިމާދޫއަށްވެސް ލައްގައިފި

ލަކުޑިން ހަދާފައިވާ ބުދެއް ހދ.ހަނިމާދޫއަށްވެސް ލައްގައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުން މިރޭ ފެނިފައިވާ އެ ބުދުގައި ތިން ފޫޓުވަރު ހުންނާނެއެވެ. ހަރު ލަކުޑިއަކުން ހަދާފައިވާ އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައިވާއިރު، ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ. މީގެ އިތުރުން ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ވެސް ބައެއްވަނީ ކަނޑާ ނަގާފައެވެ. މި ބުދު ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން، ކަނޑު ރިނދަ...

އިބްރާހިމް ޚަލީލް
ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި 📍 ށ. ފޭދޫ

ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި

ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މިދިޔަ ބުރާސްފަތި ދުވަ...

މުޙައްމަދު ވަސީމް
ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ 📍 ހދ. ކުމުންދޫ

ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ

ގަވާއިދާ ހިލާފަށް ހދ. ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން އެރަށު ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ. ކުމުންދޫ ކައުންސިލުން ކުރެއްވި ޢާންމު ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެރަށު ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ފާހަގަ ކުރެވިފަވާ ކަމަށެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު އަދި ކުމުންދޫ ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގެ ދަށުން މަ...

ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ހދ. އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ. ހަތަރު ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރ 5 އިން 8 އަށް ކުޅުދުއްފުށީ ސިޓީގައެވެ. މި ތަމްރީން ޕްރޮގްރާމް ނިންމާލައި، ބުރާސްފަތި ދުވަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުގެ ޕްރޮކިއ...

ޔުމްނާ ޢަލީ
ސަވާރީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް، ނޮޅިވަރަންފަރުން ދައްކަނީ ނަމޫނާއެއް 📍 ހދ. ނޮޅިވަރަންފަރު

ސަވާރީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް، ނޮޅިވަރަންފަރުން ދައްކަނީ ނަމޫނާއެއް

އިއްޔެ ހަވީރު ހދ. ނޮޅިވަރަންފަރު ފަރުމައްޗަށް އުރުނު ހއ. ކެލާ ސަވާރީ ބޯޓު ފުން ކުރުމުގެ މަސައްކަތް މިއަދު ހެނދުނުއްސުރެ ފަށައިގެން ކުރިއަށް އެބަދެއެވެ. ސަވާރީ ބޯޓު އަޑިއަށް ދިޔައީ އިއްޔެ ހަވީރު އެ ބޯޓު ނޮޅިވަރަންފަރު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު މައްޗަށްވާގޮތަށް ހުރި ބޮޑެތި ގާތަކުން ގަލަކަށް އަރައި ހިނގި ހާދިސާގައެވެ. އެ ބޯޓު ނޮޅިވަރަން ފަރަށް ދިޔައީ މާލެ އިން މުދާ ބަރުކޮށްގެންނެވެ. މާލެ އިން ފުރަތަމަ ބޯޓު […]

ތިލަދުން
ހަނިމާދޫ ހަސަނަކީ "ކުރިން ކަނާއަތްތެރިއެއް" ދިރިއުޅުމަށް ބިންދާލި ރާޅާއެކު، ފަތަން ޖެހިފައިވަނީ އެއްއަތުން! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ހަސަނަކީ "ކުރިން ކަނާއަތްތެރިއެއް" ދިރިއުޅުމަށް ބިންދާލި ރާޅާއެކު، ފަތަން ޖެހިފައިވަނީ އެއްއަތުން!

ހދ.ހަނިމާދޫ ޝަބްނަމްގެ ހަސަން މުޙައްމަދަކީ ކުރިން ކަނާއަތްތެރިއެކެވެ. ކުޑަކުޑަ ތަދާއި އެކު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއި އެކު ފަތަން ޖެހިފައިވަނީ އެއްއަތުންނެވެ. މިއީ، އެއްވެސް ބައްޔެއްގެ އިހުސާސެއް ނެތި ފުރިހަމަ ސިއްހަތަކާއި އެކުގައި މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ޒުވާނެއްގެ ވާހަކަ އެވެ. މިއީ އުމުރުން ޒުވާން ދުވަސްވަރު ހަސަންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވި ގޮތުގެވާހަކައެވެ. ކަނާއަތްތެރިއަކަށް އެ އަތ...

އިބްރާހިމް ޚަލީލް