މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމިއްޖެ

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 51 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއިގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. Hdh. Nellaidhoo Shore Protection Project is...

އަޙްމަދު ވަހީދު
ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ 📍 ހއ. ކެލާ

ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ

ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައިފިއެވެ. މިކަމާއި ގުޅިގެން އެމްއެންޑިއެފް އިން ވިދާޅުވީ ނޮޅިވަރަންފަރު ނެރުމައްޗަށް “ސަވާރީ” ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެ ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް ވެސް ވިދާޅުވި އެވެ. މި ހާދިސާއާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނޮޅިވަ...

އިބްރާހިމް ޚަލީލް
ށ. އަތޮޅު ކައުންސިލުގެ އެހީ މިފަހަރު އަތޮޅު އަންހެނުން ކޮމެޓީ ތަކަށް، ކޮންމެ ކޮމެޓީ އަކަށް 10 ހާސް ރުފިޔާ

ށ. އަތޮޅު ކައުންސިލުގެ އެހީ މިފަހަރު އަތޮޅު އަންހެނުން ކޮމެޓީ ތަކަށް، ކޮންމެ ކޮމެޓީ އަކަށް 10 ހާސް ރުފިޔާ

ށ. އަތޮޅު ކައުންސިލުން އެ އަތޮޅު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމް (ޝިޔާންޓޭ) ‘’ތިލަދުން’’ އަށް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ކޮމެޓީއަކަށް 10 ހާސް ރުފިޔާގެ އެހީ ދީފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި އެހީތެރިކަމަކީ އެ ކޮމެޓީތަކުން ރަށްތަކުގެ އިޖުތިމާއީ އަދި އެހެނިހ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ދަމަނަވެށި އިމާރާތް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީ ދަމަނަވެށި އިމާރާތް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީ ދަމަނަވެށި އިމާރާތް އަޅަން މިއަދު ހަވާލު ކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ހަވާލުކުރީ ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. ‏މި މަސައްކަތުގެ އަގަކީ 26،693،380.23( ސައްބީސް މިލިއަން ހަލައްކަ ނުވަދިހަތިންހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ތޭވީސް ލާރި) އެވެ. މި މަސައްކަތް ނިންމަން ދީފައި ވަނީ 420 ދުވަހެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގެ ރަސްމިއްޔާތުގައި އެސިޓީ އަށް ނިސްބަތްވާ ދެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކަމާއި ގުޅިގެން ކުޅުދުއ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްލަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން މި މަސައްކަތް ފެށީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ހޯރަފުށީ އެއާަޕޯޓުގެ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ

ކުޅުދުއްފުށި ސިޓީގެ ކުނިކޮށި ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީއާ ކުންފުންނާއެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ކުނިކޮށީގެ ވަށާ ފާރު ރޭނުމެވެ. އެގޮތުން ފާރުރާނާ ސިމެންތިޖަހާ ކުލަލުން، ސެކިއުރިޓީ ހަޓް، ފާހާނާ، 2 ގޭޓް، ކެމެރާ ޕޯލް އަދި ލައިޓް ޕޯލްތައް ހެދުމާއި ލައިޓް ހަރުކޮށް ކަރަންޓް ވަޔަރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 97 ދުވަސް ތެރޭގައި ނިންމާގޮ...

ޝިއުނާ އާދަމް
އާރުޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

އާރުޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ށ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ މިދިޔަ މަހުގެ 30 ގައި މި ހިދުމަތް ށ އަތޮޅުގައި ފަށާފައެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މި ޚިދުމަތް ދެމުން އައީ ޓެސްޓް ދަތުރުތަކުގެ ގޮތުގައެވެ. މިއީ އެމްޓީސީސީން ހިލޭ ކުރި ދަތުރުތަކެވެ. ނަމަވެސް ރަސްމީކޮށް ދަތުރު ފެށުމާއެކު އަގު ނަގާނެއެވެ. އެ ކުންފުނިން އާރްޓީއެލްގެ ހުރިހާ ޚިދުމަތެއްވެސް […]

އަޙްމަދު ވަހީދު
މަންޓާއިން ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފި 📍 ހއ. ހޯރަފުށި

މަންޓާއިން ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފި

މަންޓާ އެއާއިން ހއ. ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުން މި ދަތުރުތައް ފެށީ މިއަދުއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބީޗް ކްރާފްޓް 1900ޑީ ކަމަށް މަންޓާއިން ބުންޏެވެ. މަންޓާ އިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަދި މަންޓާ އެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މަންޓާ އެއާއިން ހޯރަފުއްޓަށް ދުވާލަކު ދެ ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަންޓާއިން […]

އަޙްމަދު ވަހީދު
ނޭކުރެންދޫ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހިމެނެނީ ދެ ކުޅިވަރެކެވެ. އެއީ ފުޓްސަލްއާއި ހޭންޑްބޯޅައެވެ. ނޭކުރެންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް...

އިބްރާހިމް ޚަލީލް
ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެނޭ: އަމީން

ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެނޭ: އަމީން

ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެންނަކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިފަދައިން ވިދާޅުވީ، “ޔާސިރު އުންމީދުކުރެއްވި ގޮތަށް އޮގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓެއް ނުޖެހުނު!” މިސުރުހީގެ ދަށުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވާ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އަމީން އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ 4 އަހަރު ނިމިދިޔައިރު ކުޅުދުއްފުށީ އެއާރޕޯޓް ލައިޓް ނުޖެހި ހުރުމަކީ މުޅި ބޮޑު...

އަލީ އާދިލް
އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ކުރިއަށް، ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކުރި

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ކުރިއަށް، ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކުރި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމަށް ށ. އަތޮޅުގައި ފެށި ދަތުރުތައް ކުރިއަށް ދާއިރު ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފެށީ ނިމުނު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވީ، އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލ...

މުޙައްމަދު ވަސީމް
އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަންފަރު

އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް

އެމްއެންޑީއެފުން ހދ. ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 62 ދަރިވަރުންނާއި އެ ރަށުގެ 70 އަންހެން ބޭކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ވަނީ އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން...

ޔުމްނާ ޢަލީ
ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި

ހދ. ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް 1444 ނިންމާލައި، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިއަދުއެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ އޮޕިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގޮތްޕަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮފިތަކަކީ،  ބަލައިގެން ކިޔުމުގެ ގޮތްޕާއި، ނުބަލާ ކިޔުމުގެ […]

ޔުމްނާ ޢަލީ
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑަށް

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑުން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލު މެޗުގައި ޝީލްޑާއި އަހުލީ ބައްދަލު ކޮށްފައިވާއިރު، ޝީލްޑުން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން އަހުލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަހުލީންނެވެ. މި ލަނޑު މެޗުގެ […]

އިބްރާހިމް ޚަލީލް
ހދ. އަތޮޅުގައި ބޭއްވި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހދ. އަތޮޅުގައި ބޭއްވި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހދ. އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައި، ބައިވެރިވެެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިއެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ހދ. އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު އަޙްމަދު ޒާހިރު ޢަލީއެވެ. މި ރަސްމިއްޔާތު...

ޔުމްނާ ޢަލީ