ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކެއް ތަރައްޤީ ކުރުމަށް ނިންމައި އަންދާޒީ ހިސާބު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ބުނެފައިވަނީ ހޯރަފުށީގައި ސްވިމިން ޓްރަކެއް، ބީލަން ފޮތުގައި ދެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތާއި އެއްގޮތަށް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަން ފޮތް ގެޒެޓް ގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން އެ ކައުންސިލްއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ބީލަން ހުށަހެޅުން މިއަދުން ފެށިގެން މި ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި procurement@hoarafushi.gov.m އީމެއިލް މެދުވެރިކޮށާއި ހޯރަފުށީ ކައުންސިލްގެ އިދާރާ އަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.
އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ރަޖިސްޓްރީ ނަންބަރާއި އީމެއިލް އެޑްރެސް އަދި ގުޅޭނެ މޯބައިލް ނަންބަރު ލިޔުމުން ހުށަހަޅަންވާނެ ކަމަށް ހޯރަފުށި ކައުންސިލު އިދާރާ އިން ބުނެ އެވެ.
ހޯރަފުށި ކައުންސިލު އިދާރާ އިން ބުނީ މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކައުންސިލްގެ އިދާރާއަށް ލިބިގެންވާ ކަމަށާއި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު ވެސް ކައުންސިލްގެ އިދާރާއަށް ލިބިގެންވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!